އޫދު އަލް ސަބާޔާއިން ފޭސްބުކްގައި ކުރިއަށް ގެންދިޔަ ލައިކް ޝެއާ އެންޑް ކޮމެންޓްގެ ދެ ނަސީބުވެރިން މިރޭ ހޮވައިފިއެވެ.

ވީއާ ވިތް އޫދް އަލް ސަބާޔާގެ ނަމުގައި ކުރިއަށްގެންދިޔަ މި ލައިކް އެންޑް ޝެއާ ޕްރޮމޯޝަން ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިއީ އެ ފިހާރާގެ ބޭރު ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެ ގިވްއަވޭ ޕޯސްޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓް ކުރިއިރު، އޭގެ ތެރެއިން އެންމެ ގިނަ ލައިކް ހޯދި ދެ މީހުންނަށް ސެންޓްފުޅިއެއް ވަނީ ދީފައެވެ.

މި ގިވްއަވޭ ޕޯސްޓަށް ކޮމެންޓް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ލައިކް ލިބުނީ ސައުސަން މުހައްމަދުއަށެވެ. ދެވަނައަށް ދިޔައީ މުހައްމަދު އައްފާންއެވެ.

އޫދު އަލް ސަބާޔާގެ ގިވްއަވޭ ލިބުނު ދެ މީހުން

އޫދް އަލް ސަބާޔާ ބްރޭންޑަކީ ދިވެހިން ވަރަށް ގަޔާވާ އަތަރު ބްރޭންޑެކެވެ. އެ ބްރޭންޑްގެ އެކި ވައްތަރުގެ އަތަރާއި، ޕާފިއުމްވެސް ލިބެން ހުންނާނެއެވެ.