ލ. ފޮނަދުއަށް ބޮޑު ނަގޫރޯޅިއެއް އަރާ، ރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައިި ފޮނަދުއަށް އެރި ނަގޫރޯޅީގައި ގިނަ ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ރޭގެ ފަތިހުގެ ވަގުތެއްގައި އެރި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު، ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ހާއްސަކޮށް އެރަށުގެ ބަރާސިލް އަވަށުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާ އިރު، އެއަވަށު ހުންނަ ބައްރު ޕްރީ ސްކޫލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ނަގޫރޯޅީގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން ފުލުހުންވެސް ދަނީ ހަރަހާތްތެރިވަމުންނެވެ.

ފަސްވަރަކަށް ގޭގެ ފުރާޅުވެސް އެއްކޮށް އެއްލާލާ، ގޭގެ ބަހައްޓާފައިވާ ވެހިކަލް ފަދަތަކެއްޗަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އެއާއެކު ބައެއް ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ، ނަގޫރޯޅީގައި ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. ނަގޫރޯޅީގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ގޭގެއަށް ގެއްލުންވެ ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން ރިޔާޒް ވިދާޅުވީ، ރަށުގެ ހެޔޮ އެދޭ ފަރާތްތަކުގެ އިތުރުން، އެމްއެންޑީއެފްއާއި ފުލުހުންވެސް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާއި، ގެއްލުންތައް ލިބުނު ގޭގޭގެ މީހުން، އެމީހުންގެ އާއިލާގެ އެހެން މީހުންގެ ގޭގެއަށް ބަދަލުކުރުންވެސް ކުރިއަށްދާ ކަމަށެވެ. އަދި ގެއްލުންތަކުގެ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާވެސް ހިއްސާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރިޔާޒު މައުލޫމާތު ދެއްވިއެވެ.

ބައްރު ޕްރީ ސްކޫލަށް ލިބުނު ބައެއް ގެއްލުންތައް --- ވަގުތު އިމޭޖްސް

މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެފައިވާ އިރު، ރޭ އިރާކޮޅުން ފެށިގެންވެސް ފޮނަދޫގެ އިތުރުން ލ. އަތޮޅަށް ދަނީ ވިއްސާރަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮޅުކެހި

    ކޮބާ؟ އަދުރޭ 4ގުނަކުރޭ 200 އާ!

    3
    36
  2. އިބްރާ

    ނަގޫރޯޅި ފަދަ މުސީބާތްތަކަކީ މީސްތަކުންގެ ޢަމަލްތަށް ގޯސްވުމުން އެކަން ރަނގަޅުކުރުމަށް ﷲ ޞވޢ ދެއްވާ އިތުރު ފުރުޞަތެކެވެ.

    55
  3. ޖަހުލު

    އެކުދީން އަޅާ ބުރުގާގެ ގޮތުން ކަމަށް ވެދާނެ

    2
    18
  4. މުހައްމަދު

    މިއޮތީ ދެވަނަ ނަގޫ އަސްލު ރޯޅިއެއްއަރާފަ ފުރަތަމަ އެރީ ނޫން ނޫން ރައްޔިތުން އެރުވީ ނަގޫރޯޅެއް އެއީ އެޖެންޑާ 19ގެ ދަށުން ވަގުންގެ ބޮޑު ނަގޫރޯޅި އެރީމާ އެންމެން އުފަލުން މާފަތިގަތައިގެން ސެލްފީނަގަމުން ދުވީ އޭގެފަހުގަ އުފަލާމަޖަލުގަ ރެޔާދުވާލު އިބިއިރު ހިތަކަށްނާރާ ތިމާމެން މިކުރަނީ ނުބައި ނުލަފާކަމެއްކަން އެކަމުގެ ހިތިކަން ފެނިދާނެކަމަކަށް މިހާރު މިއޮތީ ކުޅަދުންވަންތަކަން ދައްކަވާފަ އުރެދޭމީހުންގެ ފަހަތަށްއަރާ ކޮންމެބަޔަކަށް މިތަން ދައްކަވާނެ ދެންވެސް ލާދީނީ ދޮގުހަދާ ނުބައިމީހުން އަދި ސިޔާސީ ކަންކަމުން ދުރުވެ ކުއްތަންވާން ދަސްކުރޭ! ހެޔޮ ނުބައި ވަކިކޮށް އިސްލާހުވޭ ވަގުތެއްނެތް ޤިޔާމަތް ވަރްށްކައިރި ވާކަމަށް މިހިރަ ކަންކަމުން ސާބިތުވަނީ ޤުރުއާނާ ޙަދީޝްއިން

  5. ދިސްވޭ

    ރައީސް ޔާމީންގެ ވެރިކަން ވެސް ވެއްޓުނީ ރައީސް މައުމޫނު ރައީސް ޔާމީންގެ ސިޔާސަތާއި ދެކޮޅުވުމުން ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ގޮތުން ރައީސް ޔާމީން އަމިއްލަ އަށް އިސް ނަގައިގެން ކަންކަން ކުރުމުންނޭ އޭގައި ރައީސް ޔާމީން އަށް ވެސް އެޅުނު ޅަ އެއްޗަކީ ޕީޕީއެމްގެ ވެރިކަމަށް މަމެން ހެޔޮ އެދިގެން ނޫސް ތަކަށް ކުރި ކޮމެންޓްސް ތަކުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ހުޅުމާލެ 2 ހިއްކާލާ ވަގުތުން ބިން ދޫނުކުރުމޭ އެއިރުން ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ ޖުމްލަ މީހުންގެ އަދަދު އުޅެނީ 15 ހާހުގައޭ އެއިރު ރީއްޗަށް 4 ހާސް އަކަފޫޓްގެ 15 ހާސް ގޯތި ހުޅުމާލޭ 2 އިން ދެވޭނެއޭ އަދި ހުޅުމާލެ 1 އިން ދެވޭނެ 4 ހާސް އަކަފޫޓްގެ 10 ހާސް ގޯތި އެހެން ނަމަ މިއަދު ވެސް ރައީސް ޔާމީން ވެރިކަމުގައި ހުރީސް އޭ ރައީސް އިބޫވެސް ރައީސް އޮފީހުގެ މިނިސްޓަރުން އަދި ކެބިނެޓް މިނިސްޓަރުން ބުނާ ގޮތަށް ހަދާނަމަ ވާނީ އިބޫގެ ވެރިކަން ފެއިލްއޭ ޕޮލިސީ ސެކްރެޓަރީ މެންނަށް ނޭގެއޭ ތަނެއް ދޮރެއް ދެން ދެފައި ފިއްތައިގެން ރައީސް އޮފީސް ތެރޭ ބުމަރެއް އެނބުރޭ ގޮތަށް އެނބުރެނީއޭ ތަޖްރިބާ އެއް ހުރި އާލާތް ގަނޑެއް ނޫނޭ އެމެން ރަންރީނދޫ ޓްވިޓަރޭ މެން ގާތު ބުނޭ ގޮސް ޑްރަގް ކާރޓެލްސް އިންގެ ހެބިޓެޓް ކަމަށްވާ ހުޅުދޫ ގައި ތިބެން ފަތްބޯ މީހުންގެ އަދަދު ބަލަން އެއިރުންނޭ ރަނގަޅުވާނީ...

  6. ނެކްސްޓް

    ރައީސް އިބޫ އަކީ އެއީ ރަމްޒީ ބޭފުޅެކޭ ދެން ވާނެ ގޮތް މަމެންގެ ރަމަލު ތަކުން ދައްކަނީ އެއީ ފުރަތަމަ ދުއްވާލާނީ ނައިބް ރައީސް ކަމުގައި ހުރި ފުވައްމުލަކު ފައިސަލްއޭ އެމަގާމަށް ދެން ކެނެރީގެ ނަޝީދު ގެންނާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއޭ ދެން އެއަށް ފަހު މަޖްލީހުން ފާސް ކުރާނެއޭ ގަރާރެއް މަޖްލީހުގެ ބޮޑު އަގްލަބިއްޔަތުން އޭގައި އޮންނާނީ ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ ބަރުލަމާނީ ނިޒާމަކަށް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ތިން ބައި ކުޅަ ދެބަޔަށް ވުރެން ބޮޑު އަދަދަކުން ވޯޓް ލިބިފާސްކޮށްފައިވާ ގަރާރެއް މަޖްލީހުން ރައީސް އޮފީހަށް ފޮނުވުމުން ދެން ރައީސް އަށް ލަފާއަރުވާނީ ކެބިނެޓް ބައްދަލުވުމުގައި ވެސް ރައީސް އޮފީހުގެ ހުރިހާ މިނިސްޓަރުން ވެސް މަޖްލީސް އިން އެދުނުގޮތަށް އެކަން ކުރަން ދެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްބާއްވާނެއޭ އެވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރަން ފާސްވާނެއޭ އެމައްސަލަ ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ސްޕްރީމް ކޯޓަށް ހުށައެޅުމުން ވެސް ދީލާލާނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރަން ލިބުނު ވޯޓް އަކީ އެއީ ސައްހަ ވޯޓެއް ކަމަށް ސަބަބަކީ އެމެން ބަރުލަމާނީ އާއި ދެކޮޅަށް ހުކުމް ނެރެފިނަމަ އެމެންގެ މަގާމް ގެއްލޭނެއޭ އެއިރު ސްޕްރީމް ކޯޓުގެ ޖަޖުންގެ ގޮތުގައި މިހާރު ހުރި އެކަކު ވެސް ނުހުންނާނެއޭ މުޅިން ތިބޭނީ އެމްޑީޕީގެ އެކްޓިވިސްޓުންނޭ މާރިޔާ ހުންނާނީ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް އިލެކްޝަންސް ކަމިޝަން ގައި މިހާރު ތިބި މެމްބަރުންގެ ތެރޭން އެކަކު ވެސް ނުހުންނާނެއޭ އެއެންމެންގެ ޕާރސްޕޯރޓް އޮންނާނީ ހިފަހައްޓާފައޭ އެމެމްބަރުންގެ ކޮރަޕްޝަން މައްސަލަ ތައް ބަލަމުން ދާތީވެ މީ ދެން ވާނެ ގޮތް މިއަހަރު ތެރޭގައި...

  7. އިނގޭތޭ

    ރައީސް އިބޫ އަކީ އެއީ ރަމްޒީ ބޭފުޅަކަށް ހެދުމަށް ޓަކައި މިހާރު ކުރަން ޖެހޭ ހުރިހާ ކަންކަން ކުރަން ހަވާލު ކޮށް ފައިވަނީ ކެނެރީގެ ނަޝީދު ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާއި އޭ އޭނާ އަބަދުވެސް ޕޮލިސީ ސެކްރެޓަރީ އާއި ވަޓްސް އެޕްއިން ގުޅައިގެން ރައީސް އާއި ކެބިނެޓް އާއި ދެމެދު ދެކެވޭ ވާހަކަ ތަކާއި އަދި ރާއްޖެ އަށް ޗައިނާ މެދުވެރިކޮށް އަންނަ އިންވެސްޓްމެންޓްސް ތަކާއި ހިލޭ އެހީތެ ތަފްސީލް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން ރައީސް އިބޫ އަށް އެންގުމުގެ ކުރިން އެކަން އަންގަނީ ކެނެރީގެ ނަޝީދަށޭ ދެން އަވަސް އަރުވާލާފައި ކެނެރީގެ ނަޝީދު އޭނާ އެފަދަ ކަންކަމަށް ހުރަސް އެޅޭ ގޮތަށް ރައީސް އިބޫ ހާޒިރުވާ ޖަލްސާ ތަކުގައި ވާހަކަ ދައްކަނީއޭ އެގޮތުން އޭނާ ދެއްކިވާހަކަ އެކޭ އެއީ އިންޑިއާ ފަސްޓް ޕޮލިސީ ވެސް އެދުވަހު ޗައިނާ އިން ރާއްޖެ އަށް 20 ބިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން އެއްބަސްވިއޭ ޝަރުތަކީ އެފައިސާ ޚަރަދު ކުރަން ޖެހޭނީ މާލެ ސަރަހައްދުން ބިން ތައް ހިއްކުމަށޭ އެކަމަކު ރައީސް އިބޫ އަށް ނާންގާ ޗައިނާ އިން ހުށައެޅި ޕްރޮޕޯސަލް އޮޅާލާ ރަންރީނދޫ ޓްވިޓަރޭ ބެކަށޭ ޖެހީ އައި ޕްރޮމިސް އެގޮތަށް ކަން މިކަން ހިނގީ އިނގޭތޭ އައި ސްވެއަރ ދިސް އިޒް ޓްރޫ އިނގޭތޭ ހަމަ ރިއަލް ޓްރޫ އިނގޭތޭ...