އަވައްޓެރި ސްރީލަންކާ އަށް މިއަދު ދިން ވަރުގަދަ ބޮމުގެ ހަމަލާ އާއި ގުޅިގެން އަވައްޓެރި ސްރީލަންކާގެ ރައްޔިތުންނާއި، އަދި ދިވެހި ރައްޔިތުން ވެސް ވަރަށް ބޮޑު ހިތާމައެއްގައި ތިއްބާ ރައީސުލްްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކްރިކެޓް މެޗެއް ބައްލަވަން އިންޑިއާ އަށް ފުރައިވަޑައިގެންފިއެވެ.

އިންޑިއާގައި މިރޭ ކުޅޭ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް ޞާލިހް އިންޑިއާ އަށް ފުރައިވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރިންނެވެ.

ބޮޑު ހިތާމައެއް ލިބިއްޖެނަމަ، ކުޅިވަރު ހަރަކާތްތައް ކެންސަލް ކުރުމާއި، ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިނުވުމަކީ ގައުމުތަކުގެ ވެރިން ވެސް ކުރައްވާ ކަމެކެވެ. ނަމަވެސް ރައީސް ޞާލިހް މިވަނީ ލަންކާ އަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވަޑައިނުގެން ކްރިކެޗް މެޗަށް އިސްކަން ދެއްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، އެދަތުރުފުޅަކީ އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ހޫދު ވިދާޅުވީ، މި ދަތުރުފުޅަކީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި އެވެ. މި ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. އަހުމަދު ހުސައިން އަލީ

  އިންޑިއާގެ ޕަޕެޓެއްވީމާ އެހެން ޗޮއިސްއެއް ނޯންނާނެނު. ރާއްޖެއަށް ސަލާމަތް ނުވެވޭވަރަށް އޮތީ 3 މަސދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ލޯނުނަގާފަ. ރިޔާސީ އަދި ޢާއްމު އިންތިޚާބަށް އޮތީ ރިޝްވަތަށް އެމްޑީޕީއަށް އެތައް ބިލިޔަން ޑޮލަރެއްދީފަ. އިންޑިއާ ސިފައިން އައްޑުއާ ލ. އަތޮޅުގައި އެބަތިބި ސަރުކާރުގެ ހަރަކާތްތައް މޮނިޓަރ ކުރަން. ސޯ ނޯ ޗޮއިސް. ޕުއަރ ގައި. 🙁

  50
  27
 2. ސދފ

  އެރައީސް ލައްވައި ތިހުރިހާ ހަޑިއެއް ހާވާނީ އަންނި.
  އެއީ ބޮޑުވަޒީރުކަމަށް އަންނަން އެހެންނޫނީ ދެން އޮންނަ ދައުރަކަށް ކުރިމަތިލާން.

  31
  24
 3. ދުމައިން

  އެހެންތާވާނީ! މިއީކީ އަސްލު ކުރިކެޓުބަލާލަން ދާ ދަތުރެއް ނޫނިއްޔަ. މިއީ "ދެން ކަންކުރަންވީ ގޮތް އޮޅުންފިލުވާ އަސްލު ރައީސް ރާއްޖޭގަ ހުންނަވާ ރައީސަށް ދެއްވާ އިރުޝާދު ލިބިގަތުމަށް" އިންތިޚާބަށްފަހު ކުރައްވަން ޖެހިވަޑައިގަންނަވާ ދަތުރެއް. ރާއްޖޭގަ ހުންނަވާ ރައީސް އަށް ކުރިން ލިބިލައްވައިފާ އިރުޝާދުގެ ތެރެއިން ހާސިލުވީ މިންވަރު އިއްވުމާއި އޭގެ އުޖޫރަ ލިބިގަތުންވެސް ހިމެނޭ!

  37
  16
 4. ރައްޔިތުން

  ވަގުތުޓީމުވެސް ތިތިބީނޫންތޯ ހިތާމާގާ ބާވެރިނުވެ.

  80
  33
 5. އަލިބެ

  ރައީސް ސޯލިހު ތަފާތުވާނެ. މި ދަނޑިވަޅުގައި އަވަށްޓެރި އެންމެ ބޮޑު ބާރުކަމުގައިވާ އިންޑިއާ އަށް ޒިޔާރަތް ކުރުމަކީ ވަރަށް ވިސްނުންތެރި ހިކުމަތެއް. ޙާއްސަކޮން ދިވެހިންނާ ބައްދަލުކުރާކަމީ އެމަނިކުފާނުގެ އޯގާތެރިކަން. ހަމަ ޔަގީނުންވެސް ސަރުކާރުގެ އިސްމަގާމުތަކާ ބައްދަލުކުރާނެ. އެންޓި ޓެރެރިޒަމްގެ ވާހަކަ އަޑުގަދަކޮން ދައްކަވާނެ. ބަލަންހުރޭ.
  ބައެއްފަހަރު ހާލަތާގުޅިގެން ވިސްނުންވެސްވާނެ ބަދަލުކުރަން. ތިމަންނަޔަކީ ނޫސްވެރިއެކޭ ބުންޏަކަސް އަދި ނުފުދެ.
  މި ކޮމަންޓް ޖަހާލަ ދީބަލަ

  25
  35
 6. ރަސީދު

  ނާގާބިލު މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ

  48
  25
 7. އުތުރު

  ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ހުތުރުނަމެކެވެ
  އަވައްޓެރި ރަހްމަތްތެރި ގައުމެއް ފުން ހިތާމައިގާ
  ވަނިކޮށް އިސްވެރިޔާ އުފާ ފާޅުކޮށް ހެދުމަކީ ވަރަށް ދެރަވަރު ކަމެކެވެ ރާއްޖޭގެ ތަސައްވަރު
  ކިލަނބުވާނެ ކަމެކެވެ ލަފާކުރެވެނީ އިންތިޚާބީ
  އެހީތަކު ބަދަލެއްދިނުމަށް ކުރައްވާ ދަތުރެއްކަމަށެވެ

  57
  48
 8. ބެއްޔާ

  ސްޕަރ ކިންގް މެޗް ބައްލަވާނުލައްވާ ކަމަކުނުދާނެ. އެއިރުންތާ އެކޮޅުން އެއްޗެއްވެސްލިބޭނީ

  31
  9
 9. ބޭރުކުރޭ

  ލަންކާގައި ދިން ބޮމުގެ ހަމަލާއިން ރާއްޖެ ވެސް އިބްރަތެއް ހާސިލް ކުރަން ޖެހޭނެއޭ އެމްޑީޕީ ވެރިކަމަށް އައިސްގެން ރައީސް ޔާމީންގެ ވެރިކަމުގައި ކޮށްފައިވާ ހުރިހާ ކަންކަން ނުކުރާ ކަމަކަށް ހަދާ ރަސްފަންނުގައި ސިންގަޕޯރގެ ކުންފުންނަކުން ކުރަން އޮތް 200 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ވެސް ދުއްވާލީ އެއީ އެއިންވެސްޓްމެންޓްގެ ސަބަބުން ގެއްލުންވާނީ ރަައީސް ޔާމީން އަށް ނޫނޭ އެއިން ގެއްލުންވާނީ މާލޭގައި ދިރިއުޅޭ އެތައް ލައްކަ ރައްޔިތުންނަށޭ ރައީސް އިބޫ ކިއެއްތޭ ކުރަނީ ސަރުކާރުގެ ފައިސާ ގަނޑަށް އެންޖޯއި ކުރުން ނޫން ކަމެއް ރައީސް އިބޫ ނުކުރެއޭ ދެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަމިއްލަ އަށް ފްލެޓްސް ތަކަށް އެދުނު ފޯރމްސް ތައް ނަގާ ބިން މައްޗަށް އުކާލާ އެއިން ފޮޓޯ ތައް ނަގަ ނަގައިގެން މިހާރު ނޫހުގައި ތިބި ކޮރަޕްޓް ނޫސް ވެރިންނަށް އެމައުލޫމާތު ދީގެން އާންމުންގެ މެދުގައި ނަފްރަތު އުފެއްދުން ނޫން ކަމެއް ނުކުރެއޭ މިއާލާތް ގަނޑު ހެޔޮނުވާނެއޭ ރައީސް އޮފީހުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ބޭރުކުރަންވީއޭ މިހާރު އެތަނުން ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ...

  23
  19
 10. ސީސީސީ

  މިދެން ކިހެނެއްވެގެން އުޅޭބަޔެއް ؟ ދައްކާނެވާހަކައެއްނެތިއްޔާ މަޑުންތިބެބަލަ ؟

  39
  24
 11. މިހ

  ތިވެދާނެނޫން ކުރިކެޓު މެޗެއް ބަލަން ނޫންކަމަށްވެސް. ސްރީލަންކާއަށް ކަމެއްކުރިޔަސް އޭނާއަށް ކޮންކަމެއްހޭ ބުނާކަހަލައެއްނޫންތަ؟

  25
  10
 12. Anonymous

  ވާނުވާ ނޭންގޭ މީހަކު އުޅޭނީ އެހެން ދެއްތޯ.

  30
  12
  • އަންނޯން

   ވާނުވާ އިންގޭމީހާތީ

 13. ޜޮޒައިނާ . އެމް ޑީ ޕީ

  ޢިބޫ ކޮއްފީޔާ އޯކޭވާނެ. ޢޭނަނުކުރާނެ އެއްވެސް މީހަކު ދެެރަވާ ކަހަލަ ކަމެއް

  24
  13
 14. ޓަކާ

  ޙުރިހާ ވައުދެއް ވަނީ ފުއްދާދީފަ. ދެން ކޮންކަމެއް އޮތީ.ބަރުލަމާނީވެސް ދެން މާލަހެއްނުވާނެ.ޑިމޮކްރަސީ ބޭނުންވަރަކަށް އޭރުންއޮންނާނެ.ރިލެކްސް.ރިލެކްސް...

  19
  9
 15. ޜޮޒައިނާ އެމްޑީޕީ

  ޢިބޫ ކޮއްފީޔާ މީހަކުމެރިޔަސް އެ ހަމަ އޯކޭ

  21
  14
 16. ދިސްވޭއޭ

  ލަންކާ ބޮމުގެ ހަމަލާގައި މަރުވި އަދަދު 153 އަށް އެރުން މީ ހިތާމަ ކުރަން ޖެހޭނެ ކަމެކޭ މިކަމަކީ މީ ލަންކާގެ ސިޔާސީ ލީޑަރުން ލަންކާގައި ތިބި ބުޑިސްޓުންނާއި މުސްލިމުންނާއި ޖެހޭ ގޮތަށް ސިޔާސީ ލީޑަރުން ވާހަކަ ދައްކަމުންދާއިރު އެކަން ކަން ނުހުއްޓުވުމުން ދިމާވާ މައްސަލަ ތަކޭ މިކަން ކަން ރަނގަޅު ކުރަން ޖެހޭނީ ލަންކާ ސަރުކާރުން އެމްޑީޕީ ސަރުކާރުން ވެސް އެމެން ޕާރޓީ ނޫން މީހުންނަށް ކަންކަން ކޮށް ނުދީ އެއީ ދިވެހި ރައްޔިތުންގެ ގޮތުގައި ނުދެކޭނަމަ ދެން މިރާއްޖޭގައި ވެސް ކަން މިހެން ވެދާނެއޭ މީ ވިސްނަން ޖެހޭނެ ކަމެކޭ ރައީސް އިބޫ ވަރަށް ބޮޑަށް އިންޑިއާ އަށް އެންޖޯއި ކޮށްލަން ކްރިކެޓް މެޗް ބަލަން ދެވުނީމަ ނިމުނީ އެއް ނޫނޭ...

  24
  5
 17. އަހުމަދު687

  އަވަށު ކުރިކެޓު މެޗް ބަލަން އަންނާށޭ ވެރިޔާ މޯދީ ބުނީމަ ދާންދޯ ޖެހޭނީ!
  ދިވެހިން އަޅުވެތިކޮށްފި! އިންޑިޔާގެ މުސީބާތް މުޅި މިރީޖަންއަށް! އަވައްޓެރި ޤައުމުތަކަށް ނުފޫޒު ފޯރުވާ ޖަރީމާ ހިނގަނީ!

  ބަލަގަ ރާއްޖެއަށް އެހަކަށް ދުވަހު 12 އިންޑިޔާ ސިފައިން ރާއްޖޭގެ އެމްބަސީން ދޫކޮށްފަ އޮތް ޓުރެވަލް ޑޮކިއުމަންޓް ބޭނުންކޮއްގެން އެވަނީ! އެހެންވީމަ އިންޑިޔާ ސިފައިން އިންޑިޔާ ޕާސްޕޯރޓުގަ ނުހުންނާނެ ލަންކާއަށް ވަދެ ތިކަން ކޮއްފައެއް! ރާއްޖޭގެ ޓުރެވަލް ޑޮކިއުމެންޓުގަ ދަތުރުކުރި މީހުން ތިކަންކުރާނީ!

  ރާއްޖޭގެ ޓޫރިޒަމް ފުނޑާލަން ދިވެހި މުޖުތަމަޢުގަވެސް ތިފަދަ ކަމެއް ހިނގާ މީހުންގެ ބޮލުގަ އަޅުން އުޅެނީ!
  ޑރ، އަފުރާށީމު މެރި ބަޔަކު ފުރި ވާހަކަވެސް އަންނި ކީ! އަދި ދެން މިނިވަން ފިކުރޭ އިކިޔާ ދެމީހަކައްވެސް ބަޔަކު ހެދި އެއްޗެއް ނޭންގޭ! އިނގޭކަމަށް ބުނާ މީހަކުވެސް ވާހަކައެއް ނުދައްކާ! މީ ހަމަ ބޭރުގެ ބަޔަކު ވަދެގެން ކޮއްފަހުރި ކަންކަން! އެކަންކަން ވައިގަ ހިފާވަރު ބޮޑުވާނެ! އެކަމު އެހެން މީހަކު ގެއްލުނަސް އެވާހަކަ އެއް ނުދައްކާނެ! ޝިމާ ގެއްލިގެންވެސް އެކަން ކަމަކަށްވި ޖަމާޢަތެއް ނެތް! ހޯދާކަށް ވެސް ނޫޅޭ! ކޮމިޝަނެތްވެސް ނުހަދާ!

  17
  9
 18. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  އޭނަ އެކަންޏެއްނޫން ދާނީ.. ދާއިރު ދާނީ ދައުލަތުގެ ބަޖެޓުން ވަކިބަޔެއްގެ އުފަލަށް ބޮޑު ފައުޖެއްވެސް ގޮވައިގެން.. އޭނަގެ ފަހަތުން ގެންދިޔައީ ކިތައްމީހުންތޯ ބަލާބަލަ!

  19
  9
 19. ޒާ

  ލަންކާއެކަންޏެއްނޫން ލ. އަތޮޅަށް ދިމާވި ހިތާމަވެރިހާދިސާގެ ވާހަކަ ދައްކަނީ ކާކުތޯ؟ ކިތައް އާޢިލާތޯ ލިބުނު ގެއްލުން ތަހައްމަލް ކުރަނީ. އެކަމަކު ގައުމުގެ ވެރިމީހާ އުފަލާއި މަޖާނެގުމުގަ. ކީއްވެފާ ހުރި މީހެއްބާއޭ ހިތަށް އަރާ.

  22
  9
 20. އެކާކު.

  ލަންކާގެ ބޮމުގެ ހަމަލާއަށް އިންޑިޔާއިން ކަންބޮޑެއްނުވާނެ. ޢެއީ އިންޑިޔާއިން ބޭނުންވާނީ ލަންކާގެވެސް އަދި ދިވެހިރާއްޖޭގެވެސް އިޤުތިސާދު ފުޑުފުޑުވެ ރައްޔަތުން ނިކަމެތިވެ. ޢަބަދުވެސް އިންޑިޔާއަށް ސަލާންޖަހާބައެއްގެ ގޮތުގަ މި ޤައުމުތައް އޮތުން. މިހާރު އަނެއްކާވެއް ޗައެނާއާގުޅުން ރަގަޅުކޮއް ލަންކާ އަށް ކުރިއެރުން އަތުވެދާނެހެންހީވަންފެށީމަ. ކަންތައްގަޑެއްހިންގަންފެށީ. ދިވެހިރާއްޖެ މިއޮތީ އަޅުވެތިކޮށްފަ. ސިރިސޭނާ ގައުމަށް ރަގަރަގަޅުގޮތްބޭނުންވަނީ. އެހެންވެ އިންޑިޔާއަށް އަޅުވެތިވާންބޭނުންނުވީ.

  7
  1
 21. ެއެވަގުތު

  އަޅުގަޑުމެންގެ ރައީސުލްޖުމްހޫރިޔާ އަށް ކުރިކެޓް މެޗެއްވެސް ބަލާލަން ގޮސްގެން ޕޫޕު ކުދިން ކޮޅަށް ހާދަވަރެއް ވެއްޖޭ ދޯ

  8
  4
 22. Anonymous

  ކައޭމެން ކޯއްޗެއް ކިޔާކަށް ހަމަ ކަޑަވަނީތަ؟ ރައީސް އިބޫ ސޯލިހް އާއި އަބަދު ޖައްސާލާފަ

  14
  16
  • ބޮޑުކޯމަސް

   ތިޔަބައިމީހުންވެސް ޔާމީނުވެރިކަމުގައި އަބަދު ޔާމީނާ ޖައްސާލާފާ.

 23. ބޮކި

  ޖޭވަނީ ދޯ......

  11
  13
 24. ގުނބޯ

  ލަންކާގެ ކަންކަން ނިންމަވަންޖެހެނީ އެއިރެއްގަ ރާއްޖޭގަ ހުންނަވާ ރައީސް އެއްތަ؟ގާޒާ ގައި އެތައް ހާސް މުސްލިމުންނަކަށް ކޮންމެ ދުވަހަކު ލިބެމުންދާ އަނިޔާގައި ދިވެހި ސަރުކާރުން ބައިވެރިވެ ހުރިހާ ކުޅިވަރަކާއި ދަތުރުތައް ހުއްޓާލާތަ؟މާކުރިން ލިބިފަ އޮތް ދައުވަތެއް ކެންސަލް ނުކޮށްވެސް ހިތާމައިގަ ދިވެހިންނާއި ދިވެހި ދައުލައުން ބައިވެރިވާކަން އެއޮތީ އިއުލާން ކޮށް މީސްމީޑިޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހާމަކޮށް ޢާއްމުކޮށްފަ.ދެން ކަންތައްކުރައްވާނެ ގޮތެއް ކާކަށް އެގެނީ އެހިތާމައިގަ ދިވެހިން ބައިވެރިވާކަން ހާމަކޮށްދިނުމަށް؟ކީއްވެ މި ޕޭޖް ގައި ކަޅު ބެނާއެއް ނަމަވެސް ނެތީ؟

  7
  4
 25. ނިހާނު ހުސެން

  އިބޫ އެއީ ލަންކާގެ ރައީސްތަ؟ އެހެން ޤަޢުމެއްގެ ހިތާމައިގަ ހަމްދަރުދީގެ މެސެޖު ފޮނުވާނީ. ދެން ދެއަތް އުރާލައިގެން ތިބެންވީތަ؟ ބީތާވިއަސް ތީ ބޮޑުވަރު! ޔާމީނު އޮންނާނީ ދިވެހިރައްޔިތުން ފަސްފަހެތިން ބަލިކޮށްފަ ދެން ފޮނުއަރުވަ އަރުވަ ހަމަ ތިބެންޖެހޭނީ!

  11
  5
 26. ކޮކަޓޫ

  އިލްމުގެ ގަލަމަކީ ފިތުނަ އާ ފަސާދަ އައް ދެވޭ ހިތްވަރެެެެއްގެ ގޮތުގާ ބޭނުން ނުކުރައްވަާ.ތިމާ ފަތުރާ ފިތުނަ އެއްގާ ތިމާ ޖެހޭނެ ކަން ކަށަވަރު.

 27. ފިލާވަޅު

  ދިވެހި ކިތައްރައޔިތުންނައްތޯ ދުވާލަކު ހިތާމަވެރި ހާދިސާދިމާވަނީ މިޔަދު ކިތައް މީހުންތޯ ނިޔާވީ ބޭނުންވާ އެހީތެރިކަން ނުވަތަ ފަރުވާނުލިބި؟ ކިތައް ދިވެހިރައްޔިތު މީހާތޯ ހުރީ ޒަރޫރީކަންކަން ފުރިހަމަނުވެ؟ ކިތައް މީހުންތޯ ތިބީ ވަޒީފާނުލިބި؟ ކިތައް ކުދިންތޯ ތިބީ ޙާއަސަ އެހީއަށް ބޭނުންވާ ކަންކަންނުވެ؟ ކިތައް ޔަތީމުންތޯ ތިބީ ކުޑަކުދިންގެ ހިޔާގަ ކިޔެވުމުގެ ނުވަތަ އެހެނިހެން ކަންކަން ނުވެ؟ ކިތައް ކުދިންތޯ ޖަލުގަ މުޖްތަމަޢްއަށް ބޭނުންވާ ގޮތައް ރިހިބިލިޓޭށަން ނުލިބި މީވެސް ހުސް ހިތާމަ ވެރިކަންކަން ޤަޢުމެއްގެ ހަޔާތުގަ

 28. އިބްރާޖް

  އަސްލުތީ އިންޑިއާއި ރާއްޖެއާއި ދެމެދުވެވުނު އަސްކަރީ އެއްބަސްވުމެއްގަ ސޮއިކުރައް ކުރެއްވި ރަސްމީ ދަތުރުފުޅެއް.

  1
  1
 29. އެމްޑީޕީ

  ބައްލަވާ ވަގުތު ޒާތީވިޔަސް ބޮޑުވަރު. ކިތައްމެ މޭ ކެރިޔަސް ރައީސް އަކީ ސޯލިޙް ހަމަ

  6
  1