ށ. ޅައިމަގުގައި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޅައިމަގުގެ ބޯޓެއް ކަމަށްވާ "ކުރިމަގު" ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ އެމީހާ ގެއްލިގެން ރަށުގެ ރައްޔިތުން މިއަދު ހޯދަން ފެށީ، ބޯޓު ފުރަން ވެގެން ބެލި އިރު، އޭނާ ފެންނަން ނެތިގެންނެވެ.

ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލް ޣަނީ "ވަގުތު"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ބިދޭސީ މީހާ އެންމެފަހުން ފެނުނީ ބޯޓުންނެވެ. އެއީ ރޭ 10:30 ކަން ހާއިރުއެވެ. އަދި އޭނާއަކީ ބޯޓުގައި ކައިބޮއެ، ނިދާ ހަދާ މީހެކެވެ. އެހެން ނަމަވެސް ރޭ ފަތިހު ފުރަން ބެލި އިރު، ބޯޓުގައި ބިދޭސީ މީހާ ނެތެވެ.

ގެއްލުނު ބަންގުލަދޭޝް މީހާ އާއި އެ ބޯޓުގައި އުޅޭ އެ ޤައުމުގެ އެހެން މީހަކާ ރޭގެ ވަގުތެއްގައި މައްސަލަތަކެއް ޖެހިގެން އުޅުނުކަމަށް އެ ރަށުގެ ބައެއް ފަރާތްތަކުން މަޢުލޫމާތު ދެއްވިއެވެ. އަދި އޭނާ ނެތްކަން އެނގުނު އިރުވެސް އޭނަ ހޯދުމުގެ މަސައްކަތް ނުކޮށް، އެ ބޯޓު ވަނީ މާލެދިއުމަށް ފުރާފައެވެ.

ކައުންސިލް ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމީހާއަކީ ގާތްގަނޑަކަށް 40 އަހަރުގެ ފިރިހެނެކެވެ. އާންމުކޮށް ކިޔާ އުޅޭ ނަމަކީ ލުތުފަރުއެވެ. ލުތުފަރަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ލުތުފަރު ހޯދުމަށް އެރަށު މީހުން މިހާރު ވަނީ މަގުތަކަށް ނުކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. DHONA

    އޮޑިވެރިޔާ އަންހެނުންގެ ކޮޓަރި ރަނގަޅަށް ބަލާ....ފެންނާނެ.....

    7
    10
    • އަލީ އަލީ

      ދޮނާ ބޭފުޅާގެ އަންހެނުންގެ ކައިރީ އޮތްތޯ ބަލާލަދީބަލަ!

      7
      4
      • ޖަވީ

        ހަމަ ރަނގަޅު ރައްދެއް

        1
        3
  2. ާަަ....

    މީހަކަށްވާގޮތެއް ތިޔަމީހުން ނުބަލާނެ. އަމިއްލަ އެދުމުން ފޯވެފަ. ކޮންޓެއިނާ ބޯޓް ކައްޕި ސައިޒައް ކަނޑާލަންވީ

  3. ކަަަަޑަ

    ެސޮރު މަޖަލަކަަައް ކޮައްލިކަމެއް

  4. ކަރުނަމުތި

    ސަމާލުކަން ހޯދަން