ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން ރެހެންދި ފްލެޓުން ދެ އެޕާޓުމެންޓުން ބައްލަވައިގެންނެވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ބަލަމުންދަނީ އޭސީސީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން ކަމަށާއި މިއީ ބަލަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެވެން ނެތް ކަމަށް އެފަރާތުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭގެ ދެކަނބަލުން ބައްލަވައިގަންނަވާފައިވަނީ އެފް ޑަބްލިއު ކޮންސްޓްރަކްޝަންއިން އަޅާފައިވާ ރެހެންދި 6 ގެ ދެ އެޕާޓުމެންޓެވެ. އަދި އެ ދެ އެޕާޓުމެންޓު އަބްދުއްރަހީމްގެ ދެކަނބަލުންގެ ނަމަށް ބަދަލުކޮށް ދިނުން އެދި އެފް ޑަބްލިއު ކޮންސްޓްރަކްޝަންއިން ފޮނުވާފައިވާ ސިޓީ ވަނީ ލީކުކޮށްލާފައެވެ.

އަދުރޭ ވަނީ އޭނާ މަޖިލީހުގެ މެންބަރުކަން ކުރާތާ ދެ ދައުރުވެފައިވާއިރު ފޮރުވާފައި އޮތް އެޖެންޑާއެއް ނެތް ކަމަށާއި ހުރިހާ މައުލޫމާތެއް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅަބޭ

    ތިކިޔާ އަދުރޭއަކާ އޭސީސީއަކާ ފުލުސް އޮފީހަކާ އޮޑިޓު އޮފީހަކާ ރައީސް އޮފީހަކާ ހިއުމަން ރައިޓްސް ކޮމިޝަނަކީ ހަމަ އެކައްޗެއް.

  2. ޙަސީނާ

    ރަގަޅުކަމެއް! އަޅުގަނޑުމެންގެ ރައީސް ޔާމީން ވެސް އެ ވިދާޅުވަނީ ތަކުރާރުކޮށް މިސަރުކާރުގެ މިފަދަ ޝައްކެއް އޮތްނަމަ އެކަން ބެލުމަށް މުއައްސަސާތަކަށް ގޮސް ބަލާށޭ! ސާބިތުނެތި ގޮވާ ނުހަދާށޭ! ހަމަތިގޮތަށް ޢަލީވަޙީދު ރާއްޖެއިންނާ ރާއްޖެއިންބޭރުން ފްލެޓްތައް ގަތްގޮތެއްވެސް ބައްލަވާދެއްވާ!

  3. މީޒްލީ

    ތިމައްސަލަ އޭސީސީން ނުބެލިއްޔާ ރަގަޅުވާނީ ، ކޮންމެހެން މަތިމަތިން ބަލާފަ ކޮރޮޕްޝަންގެ އަމަލެއްނުހިމެނޭ ކިޔާ ނިންމަން ބެލުމުގެ މާނައެއްނެތް