އިދިކޮޅު ޕީޕީއެމް/ޕީއެންސީ ސަރުކާރެއް އައިސްގެން މެނުވީ ރައްޔިތުންނަށް އަދި ގައުމަށް ފައިދާހުރި ކަމެއް ނުވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ޤައުމު އޮތް ހާލަތާއި، ކުރިއައް ދާންވީ ގޮތާއި، އޮތް ހާލަތު އެންމެ ރަނގަޅަށް އެގިވަޑައިގެން ތިބީ ރައްޔިތުން ކަމަށެވެ. ދުވާފަރަށް އަރައިގެން ދިޔަވަގުތު ފެނިގެން ދިޔައީ ދެ މަންޒަރެއް ކަމަށް ވިދާޅުވިއެވެ.

އެއީ އެއްފަރާތުން ފެނިގެން ދިޔައީ ދިވެހި ގައުމީ ލޮތްބާއި ޖޯޝުން ފުރިގެންވާ ހާލަތުން އުތުރި އަރަމުން ދިޔަ ރައްޔިތުން ތަކަކާއި، އަނެއް ފަރާތުން ފެނިގެން ދިޔައީ މާޔޫސް ކަމާއެކު މަޑުމަޑުން ތިބި ރައްޔިތުން ތަކެއް ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އަދުރޭ ފާހަގަކުރެއްވިގޮތުގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒަކީ ކުޑަކުޑަ ޕާޓީއަކުން ނިކުމެ ވަޑައިގެން ހުންނެވި ކެނޑިޑޭޓެއް ކަމަށް ބައެއް ބޭފުޅުން މުޢިއްޒުގެ އަގު ވައްޓާލަން ވިދާޅުވި ނަމަވެސް ޑރ.މުޢިއްޒު ނިކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ. އަދި އޭގެ އިތުރުން އަދުރޭ ވިދާޅުވީ މި ޤަޢުމުގައި ތާއީދު އޮތީވެސް ރައީސް ޔާމީނަށް ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ ކެނޑިޑޭޓްގެ އަގު ވައްޓާލުމައްޓަކައި އެއީ ކުޑަކުޑަ ޕާޓީއަކުން ނިކުމެ ހުންނެވި ބޭފުޅެކޭ. އަޅުގަނޑު މިރޭ އެބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ކުޑަ ޕާޓީއެއް ބޮޑު ޕާޓިއެއް ނޫނޭ ޑރ. މުޢިއްޒު ނިކުމެ ވަޑައިގެން ހުންނެވީ ރައީސް ޔާމީންގެ ކެނޑިޑޭޓެއްގެ ގޮތުގައޭ. މި ޤަޢުމުގައި ތާއީދު އޮތި ރައީސް ޔާމީންއަށޭ،".

އިދިކޮޅު ކޯލިޝަނުން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ކަމަށާއި، އެހެން އެވަނީ ކަމެއް ވެގެން ކަމަށް އަދުރެ ވަނީ ވިދާޅުވެފައެވެ.

އަދި ރައްޔިތުން ތަޖުރިބާތަކެއް ކޮށްފި ކަމަށާއި، މަލްޓިޕާޓީއެއް އުފަންވިފަހުން ފަހުން ތިން ވަނަ ނުވަތަ ހަތަރު ވަނަ ސަރުކަރެއް އުފެދުނުއިރު، މި ހަތަރު ސަރުކަރު ރައްޔިތުން މިނެކިރާލުމުން ރައްޔިތުންނަށް އެނގި ހާމަވެގެން ދިޔައީ ޕީޕީއެމް/ޕީއެންސީ ސަރުކާރެއް އައިސްގެން މެނުވީ ރައްޔިތުންނަށް އަދި ޤައުމަށް ފައިދާހުރި ކަމެއް ނުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވިގޮތުގައި ޑރ.މުޢިއްޒު ނިކުމެވަޑައިގެން ހުންނެވީ އެއްވެސް ކެނޑިޑޭޓަކާއި ވާދަކުރައްވަން ނޫނެވެ. ތަފާތު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާއި، ޑރ. މުޢިއްޒުގެ ވާހަކަފުޅެއްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން އެއްވެސް ކެނޑިޑޭޓަކަށް ރައްދު ނުދެއްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ހަމަ ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން ކެނޑިޑޭޓް ވާހަކަފުޅު ދައްކަވާ. އެކަމަކު، ދެން ވާދަކުރައްވާ ކެނޑިޑޭޓުންގެ ވާހަކައެއް އެއްވެސް ސްޕީޗެއްގައި ޑރ.މުޢިއްޒު ދައްކަވާ އަޑެއް އަޅުގަނޑުމެން ނާހަމު،".

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޅާމް

    އަދުރޭމެން ޔާމީނުގެ ދައުރުގަ ހިންގާފަ ހުރި ޖަރީމާތަށް އަލުން ހިންގަންވެގެންތޯ ޕީއެންސީ އަށް ވެރިކަން ދޭން ޖެހެނީ.

    7
    2
    • ރަން ރީނދޫ

      އެއީ ވެންޓިލޭޓަރުން ވައްކަން ކުރަން

  2. ައަހުމަދު

    މިކަލޭގެޔައް ލާރިކެވޭނީ އެއިރުނއ ތާދޯ ، ކުރީފަހަރު ކެވުނުލެއް މަދހުވެގެނ ވިޔއްޔާ އެއުޅެނީ.

    2
    2
    • ރަން ރީނދޫ

      އެއީ ރޯޑް ކޯޕަރޭޝަން 14 މިލިޔަން އަމިއްލަ އެކައުންޓަށް ކަހާލަން

  3. ބޮކި

    ކުރެވުނު ވައްކަން މަދީތަ ؟

    3
    1
    • ރަން ރީނދޫ

      އެއީ އެމްޑީޕީ އެމްޑީއެން އިން ހަދާގޮތަށް 5 އަހަރު އަދީބު އުނގަށް ލައިގެން ގެންގުޅެން. އެންޑީބީ މީހުން އެންމެ ބޮޑަށް ހަޅޭލެވީ ،2018ގައި އަދީބު ވައްކަން ކުރިކަމަށް ބުނެ. މިހާރު އެއީ ގައުމީ ބަތަލެއް. އެހެންވެ ވޯޓަށް ވާގޮތެއް އެނގެންދެން ސިންގަޕޫރުގައި ބަހައްޓާފައި އެހެރީ. އަޅޭ އަނގައަރުވަން އެންޑީބީ މީހުން ލަދެއް ޙަޔާތެއް ވެސް ނުހުންނަނީއޭ ދެން

  4. ލަކްނައު

    މުއިއްޒަކީ ޔާމީނެއްނޫން. ތަފާތު ވާނެ. އެއްބުރުން 4 އިންޝާﷲ

  5. މިހާރު މާ ފައިދާވޭ

    ރައްޔިތުންނަށް ރ. ޞޯލިޙްގެ ސަރުކާރު މާބޮޑަށްވެސް ރަނގަޅެވެ. ކުރަންވީ ކަމަކީ ޙަސަދަވެރި ނުވެ، އަދުރޭމެން ވެސް ރައީސް ޞޯލިޙަށް ތާޢީދު ކުރަންވީ އެވެ.

  6. މަންނާ

    ގާސިމް ނޫނީ ނެތޭ ރައްޔިތުންނަށް ހެޔޮ އެދިގެން ކަންތައް ކުރާނެ މީހެއް ތިޔައިގެތެރޭގަ،