އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށާއި މިހެންވުމުން އެމްޑީޕީއަށް ދީނަށް ލޯބިކުރާ ކޮންމެ މީހަކީ ހަރުކަށި ފިކުރުގެ މީހަކަށް ވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މުއިއްޒު ވެރިކަމެއްގައި އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަނެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވަމުންދާ ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި ބާރުގަދަވާނީ ހައްދުފަހަނައަޅާ ގޮސްފައިވާ މީހުންކަމަށާއި މުއިއްޒުގެ ވެރިކަމެއްގައި ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ އޭދަފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އަދުރޭ ވަނީ މާރިޔާ ރައީސް ސޯލިހްގެ ކެމްޕެއިނާ ވެގެން އުޅުމަށް އެދިވަޑައިގެންފައެވެ. އަދި އިދިކޮޅުގެ ކެމްޕެއިންނާ ނޫޅުމަށް އަދުރޭ އަދިވަޑައިގަތެވެ. އެމްޑީޕީ ބޮޑު ތަނުން ބަލިވީމަ ދެން ހަދާނެ ގޮތް ހުސްވެ ރައްޔިތުން ނޫނެކޭ ބުނާނެކަން ޔަގީންވުމުން ކުރާނެ ކަމެއް ނެތިގެން އިދިކޮޅުގެ ކެނޑިޑޭޓްގެ ކަންތައްތަކުގައި މާރިޔާ ވާހަކަ ނުދެއްކު މަށްވެސް އަދުރޭ އެދިވަޑައިގެންނެވިއެވެ.

"އަޖައިބެއް ކަހަލަ ކަމެއް ނޫންތޯ މިއީ. މާރިޔާ ކެނޑިޑޭޓެއް އެބަހުރި. މާރިޔާ އަކީ ރައީސް ސޯލިހްގެ ތަރުޖަމާނު. އެހެންވީމަ ރައީސް ސޯލިހް ދެންނަ އަންނަ ދައުރަަކށް ހޮވިއްޖިއްޔާ ކަންތައްތައް ކުރާނެ ގޮތުގެ ވާހަކަދެއްކިއްޔާ މާރަނގަޅު ނޫންތޯ. މުއިއްޒު ކަންތައް ކުރައްވާނެ ގޮތް ކިހިނެތްތޯ މާރިޔާއަށް އިނގިވަޑައިގަންނަވާނީ." އަދުރޭ ވިދާޅުވިއެވެ.

މުއިއްޒަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް މާރިޔާ ވިދާޅުވާ ކަން ފާހަގަކުރައްވަމުން އަދުރޭ ވަނީ ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުން އެއީ ހަރުކަށި މީހުން ކުރާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

ރޭ އޭދަފުށީގައި ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފު

މުއިއްޒާ އެކުގައި ވަރަށް ގާތުން މަސައްކަތް ކުރާތާ 12 ވަރަކަށް އަހަރުވެދާނެ ކަމަށާއި މުއިއްޒުގެ ފަރާތުން ހަރުކަށި މީހެއްގެ އެއްވެސް ސިފައެއް ނުފެނުނު ކަމަށް އަދުރޭ ވިދާޅުވީއެވެ. ނަމަވެސް އޭނާއަށް ފެނުނީ މެދު މިނުގެ އުސޫލްތަކަށް ލޯބިކުރައްވާ ކަންކަން ކުރައްވަމުން ގެންދަވާތަން ކަމަށް ވިދާޅުވިއެވެ. އަދި ގުރުއާން ކިޔަވާ ނަމާދުކޮށް އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތަށް މީހަކު އުޅުމަކީ އެއީ ހަރުކަށި ފިކުރު ކަމަށްވާނަމަ މަޑުކަށި ފިކުރަކީ ކޮބައިކަން ދަންނަވާކަށް ނޭނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

" އެމްޑީޕީގެ މީހުންނަކީ ލާދީނީ ބައެއް. ލާދީނީ މީހުންނަށް ދީނަށް ލޯބިކުރާ ކޮންމެ މީހަކު ވާނީ ހަރުކަށި ފިކުރުގެ މީހަކަށް. އެމްޑީޕީން ބުނަނީ ރާއްޖޭގައި ރާ ބޮވެން ވާނެއޭ، ނާސިގެ އެޅެންވާނެއޭ، ޖުއާ ކުޅެވެވެން ވާނެއޭ، މިކަންކަމާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް އެމީހުން މި ބުނަނީ."، އަދުރޭ ވިދާޅުވިއެވެ.

އޭދަފުށީގައި ރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އަދުރޭ ވިދާޅުވީ ނަމަވެސް ރައްޔިތުން ބުނަކީ ރާއްޖޭގައި ނާސިގެ އެޅިގެން ނުވާނެ ކަމަށާއި ޖުއާ ކުޅެވިގެން ނުވާނެ ކަމަށާއި ރާ ހުއްދަ ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ވާނީ ސައްތައިން ސައްތަ އިސްލާމް ދީން ކަމަށާއި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ޖާގަ ދެވިގެނެއް ނުވާނެ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގައި އުޅޭ ބައެއް މީހުނަށް މިގޮތް ކަމު ނުދާ ކަމަށް ވިދާޅުވިއެވެ.

އަދި މުއިއްޒަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް އެ މީހުން ބުނާ ސަބަބަކީ އެއީ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުއާން

    ސްޓޭޖްތަކަށްއަރާފަ ކަލަގޮވުމާ، އަނެއްމީހާގެ މަސްކެއުމާ، ދޮގުވާހަކަ ފެތުރުމާ، ބޭޒާރުކުރުމާ، ކޮރަޕްސަންއާ، ދުފާފަ މުޅިތަނަށް ރަތްކުޅުޖެހުންމީ ލާދީނީއެއްނޫން؟

    10
    4
  2. އަބްދޫ

    މިގައުމުގަ ހުރި އެންމެ ފިކުރު ހަރުކަށި މީހަކީ ގ.ކެނެރީގެ މުހަންމަދު ނަސީދު . ދެން ފިކުރު ހަރަުކަށި ބަޔަކުނެތް .ދިވެހިގައުމުގަ ހަމަނުޖެހުންހިނަގަންރާވާ އަދި އަފްރާސިމާއި ރިޒްވާނުގެ މައްސަލާގަ އަަލުގަނޑު ތުހުމަތުކުރާ މީހަކީވެސް އެއީ.އިސްލާމްދީނާއެއް ގޮތަށް އުޅޭކަންފެންނަ ކޮންމެ މިހަކީ ހަރުކަށި މީހެއްގެގޮތުގަ ޔަހުދީންނާއި ނަސާރާއިން ގެ ހައދުފހަނެޅިމީހުން ކުރާތުހުމަތް ކޮޕީކޮށް ވާހަކަ ފަތުރައިގެން އެމީހުންގެ ސަޕޯޓް ހޯދަން އުޅޭ މީހެއް ނަސީދަކީ.މުސްލިމުންގެތެރޭ ހައްދުފަހަނެޅި ހަރުކަށި ބަޔަކު ނޫޅޭނެ.

    5
    1
  3. ހަސަނު

    ތިހެން ހަމަ މަވެސްމި ކިޔަނީ..އެވަރުންވެސް އެއްބއިވާން ތިއުޅުނީިދޯ؟؟
    އެވާނީ އެޔަށް..

    3
    1
  4. ކަމަނަ

    އަދުރޭ ބުންޏަސް ތިޔައީ ވަރަށް ބޮޑު ތެދެއް މިހާރުވެސް ހިންދީ ދީނުގެ ދަރުސް ބާއްވަން ރާވަމުން ދަނީ ފާޅުގައި އިޢުލާން ކުރުމާއެކު އެކަމަކު ސަރުކާރު ބީރު ކަންފަތެއްދިގެން ސަބަބަކި އެއީ އެމީހުން ކުރުވަ ކަމަކަށްވާތީ. އިޔާޒުމެންވެސް ދިނި ތާކިހާ އޅައިގެން ސިޔާސީ ކުޅި ކުޅެނީ ދީނާ ސިޔާސަތާ ވަކި ނުކުރެވެނޭ ކިޔާފަ ބަލަ ރާއްޖޭގައި ހިންދޫ ދީން ފެތުރުމުގެ މަސައްކަތް ކުރަ އިރު ޒައިދު އިޔާޒަ މެން ތިބީ ހޭބަލިވެފަބާ! ޚާއްސަކޮށް ހޯމް މިނިސްޓަރ އިމްރާން ކީއްވެބާ މިކަމާ އަޅާނުލާ ތިބީ އެއްޖިންސުން ގުޅުން ހިންގުން އިއުލާން ކޮށްގެން ކުރިއަށް ގެންދަނީ ހިންދޫ ދީން ފަތުރަން ހަމަފާޅުގައި އެކުރިޔަށް ގެންދަނި . ހަމަ އަޅާވެސް ނުލާ .އެކަމަކު މުއިއްޒު އޭނާގެ އެކްޓިވިސްޓުންނާއެކު އިމާމްވެ ނަމާދު ކުރީމަ މިއާލާތްގަނޑު ހީވީ ފޫކޮޅުގައި މިރުސް އުނގުޅީމަ ތެޅިފޮޅިގަތްހެން.

    3
    4
  5. އަލީ

    ވަރަށް ރަނގޅު ބަސް ކޮޅެއް މައްަަލައަކީ، އަދުރޭ ބުނީމަ

  6. ޔަގޫ

    ދީން ހިމާޔަތް ކުރަން ބޮޑު ވަގު އެއޮތީ ޖަލުގަ. ޕަކާސް.

    1
    1
  7. ކަދުރޭ

    އޭއި ޓިނު އަދުރޭ. ކަލޭ ގަބޫލު ކުރާ ދީނައް ޢުޅޭމީހުން ކުރާނީ ވައްކަން. ކަލޭ ގެ އިރުޝާދުގެ މަތިން ވެރިކަން ކުރީ ތީ ޔާމީން އޮންނަން ޖެހުނީ ޖަލުގަ.ކަލޭ މުއިއްޒު ހަރާބު ގެ މަގައް ގެންދާނެ. ޚަލޭތީ ވަރައް ސުންޕާމީހެއް. ޔާމީން ޖަލައްލާފަ ކަލޭ ތި އުޅެނީ ތިން ހަތަރު ފޮލެޓް ދިރުވާ ލައި ގެން އުފަލުގަ. ޕީޕީ ޢެމް އަދި ޕީއެން ސީ ލިބޭ ލާރި ބޭނުން ކުރަނީ ކަލޭ އަމިއްލަ ފައިދާ އައް. ޔާމީން ޖަލައް ނުލާހުރިނަމަ ކަލެއައް ދެ ޕާޓީ އައް ލިބޭ ފައިސާ ކަލޭގެ އަތައްނާރާނެ. ކަލޭބޭނުން ނުވާނެ ޔާމީން ޖަލުން ނެރެން. މުއިއްޒު އަކީ ކަލޭގެ އެޖެންޓެއް.ކަލޭބޭނުން ވާނީ މުއިއްޒަ ވެރިކަން ހޯދާދީ ގެން ޔާމީން އުމުރައް ޖަލުގައި ބާއްވަން. ކަލޭތީ ވަރައް ނުބައި ހިޔަޅު މީހެއް.

  8. ކަލުބެ

    މާދިނީ ބަޔަކަށް ވެގެން އެއްގަމާއި ކަނޑުަގައި ބުދު ފައްޅި އެޅީ މިވެސް ޕީޕީއެމް ޕީއެން ސީ ހިންގިދީނަށް ފުރައްސާރަ ކުރުމެއް އަދި އަސޭލާ ބޭބެ ގެނެސް ނަސަންދުރައިގައި ބުދު ތަކުގެ ތެޔޮދެމީ