ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަގަށް ނަގާކަން ފުރުސަތެއް ނުދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ބ. އޭދަފުށީގައި ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހްގެ ދައުރު ނިމެން މި އޮތީ ދެ މަހެއްހާ ދުވަސް ކަމަށެވެ. މިހާރު ރަށްތަކަށް ވަޑައިގެން ރައީސް ގެންދަވަނީ ހިތަށް އެރިހާ ވައުދެއް ވަމުން ކަމަށް ވެސް ވިދާޅުވިއެވެ.

"ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި އެ ރަށަށް ގާތްގަނޑަކަށް 30 ވައުދު ވެއްޖެ. މި ހިނގާ ދައުރުގައި ވެފައިވާ ވައުދުގެ ތެރެއިން އެންމެ ވައުދެއްވެސް އަދި ނުފުއްދެ. އެއީ މީގެ މަޖާކަމަކީ. އޭގެން އެއްވެސް ވައުދެއް ނުފުއްދި އޮތްތާ އެ ރައްޔިތުން ކައިރިއަށް ގޮސްފައި މި ބުނަނީ ކަންބޮޑުނުވާށޭ ފޮނަދޫއަކީ ތަރައްގީގެ ގޮތުން ނަމޫނާ ރަށަކަށް ހައްދަވާނަމޭ. މި ވޭތުވެދިޔަ ފަސް އަހަރު ފޮނަދޫގެ ތަރައްގީއަށް ނުކުރެވުނު ކަމެއް އިތުރު ފަސް އަހަރެއް ލިބިގެން ކިހިނެއްތޯ ކުރާނީ. މިހާ ހިސާބަށް ދައުރު ނިމެން އައުމުން ބޮޑެތި ވައުދުތައްވާކަށް ހެޔޮނުވާނެއެއް ނޫންތޯ.". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީއަށް އިންތިހާބު ކާމިޔާބު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެދިވަޑައިގަންނަވާފައެވެ.

ރޭ އިދިކޮޅުން އޭދަފުށީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"ވަރަށް ބިރުވެރި ނުރައްކާތެރި ވާހަކައެއް ވެސް ރައީސް ސޯލިހް ރޭގަ ވިދާޅުވި. ވިދާޅުވީ ރާއްޖޭގެ އޮތް 187 ރަށުގެ ތެރެއިން ޕީޕީއެމްގެ މެޖޯރިޓީ އޮތީ 59 ރަށުގައޭ. ބާކީ ހުރިހާ ރަށެއްގެ މެޖޯރިޓީ އޮތީ ތިމަންނަމެންނަށޭ. އެއީ ވަރަށް ނުރައްކާތެރިވާހަކައެއް." އަދުރޭ ވިދާޅުވިއެވެ.

އޭގެން ދޭހަވަނީ ރައީސް ސޯލިހް ހުންނެވީ ވަރަށް ރަނގަޅަށް އިންތިހާބު ވަގަށް ނެގުމަށް ތައްޔާރުވެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. ހަމަ ހިލާ މި އިންތިހާބު ވަގަށް ނަގާކަށް ނުކުރޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. ރައްޔިތުން ތިބީ އިންތިހާބު ވަގަށް ނެގިޔަ ދޭކަށް ނޫން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ރޭ އިދިކޮޅުން އޭދަފުށީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އަދުރޭ ވިދާޅުވީ ވޯޓުލާ ފޮށިތައް ކައިރީގައި އިދިކޮޅުގެ މޮނިޓަރުން ތިބޭނެ ކަމަށެވެ. އެ މީހުން ތިބޭނީ އެކަންކަމަށް ވިސްނައިގެން ފަރުވާތެރިވެގެން ކަމަށެވެ. ވައްކަން ކުރާކަށް އޮޅުވާލާކަށް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދާކަށް ރައްޔިތުން ބޭނުންނުވާ ކަމަށާއި ރާއްޖޭގެ މިނިވަންކަން ވިއްކާލުމަށ ވެސް ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު

    އެއްކަލަ އަދުރޭ. ހެޔޮނުވާނެ ތި އަނގަ މައިތިރިކޮށްގެން ހުރެބަލަ.. އަދުރޭ ބުނާ އެއްޗެ ދިމާ އިދިކޮޅައް ކަންވަނީ

    9
    6
  2. ޙޮބޭ

    ތިޔަބޭފުޅުންނޭ އިންތިހާބާއި ދައުލަތުގެ މާލިއްޔަތިން ވައްކަންކުރަނީ!

    6
    4
  3. ައަހުމަދު

    މިކަލޭގެ ކަމަކީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުން . ޔާމީންގެ ވެރިކަމުގްއި ކުރީއެކަން ދެން މުއިއްޒު އައިސްފިނަމަވެސް މި ސޮރުކުރާނީ ވައްކަން އެނޫންކަމެއް ނެގޭވިއްޔާ ދޯ...

    8
    4
  4. ދިވެހި ޒުވާނާ

    ވަގު ވަގު ވަގު...ފައިސާ.. ފައިސާ...ފައިސާ... ތަންކޮޅެއް ބޮޅަށް ފަސޭހަ ގޮތަކަށް ވާހަކަ ދައްކަބަލަ. ތިއެއްޗެހި ނުކިޔާވެސް ކެންޕޭން ކުރެވިދާނެ ދޯ؟ އަހަރެމެންގެ ދަރިންވެސް މި އެއްޗެތި ކިޔައޭ! މުޅި މުޖަތަމައުގެ ފޭރާން ހަހާކުކޮށްފި!

    8
    4
  5. ގިސްލު

    ޕީޕީއެމްގެ ހަލާކަކީ މިމީހާ.

    7
    1
  6. މެތްސް

    ވަގުންނަށް ހީވާނީ އެހެންމީހުން ނަކީ ވެސް ވަގުންނޭ؟

  7. ޑފފގހހހ

    ާައަދުރެ ތިހެން ބުނި ކުރިންވެސް ނުކުރެވުނު އެއްވެސް ކަމެއް!!!

  8. ކާޅު ބާޒުު

    ވަރަށް ބޮޑަށް ހޭލައި ނެތިއްޔާ ބޮޑުތަނުން ވަގަށް ނަގާނެ...

  9. ނަމަ

    އަދުރޭ މޮޅެތި ވާހަކަ ނުދައްކާހުރުން ބުއްދިވެރި ކަންނޭގެ މިދަޑިވަލުގައި

  10. ޅާމް

    ޕީޕީއެމް ޖަހައިގަނެގެން ގޮސްފައިވާ ބާޒު ގުރޫޕުގެ މީހުން ފައިސާ ޕަކަޅާކުރުމުގެ ހުވަފެނުގައި.