ބ.ގޮއިދޫ އަކީ ރާއްޖޭގެ ނިޞްބަތުން އާބާދީ ކުޑަ ރަށެކެވެ. ސުކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދަނީ 150 ދަރިވަރުންނެވެ.

މިދިޔަ އަހަރުން ފެށިގެން، އެ ސުކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ކުދިންނަކީ އައިޓީ ދާއިރާއަށް އަހުލުވެރި ކުދިންނަށް ހެދުމަށްޓަކައި ސައިންސް ފެއަރ އެއް އަންނަނީ ބާއްވަމުންނެވެ. މިދިޔަ އަހަރު އެ ސުކޫލުގެ ދަރިވަރުން ޓެސްޓް ކުރި ރޮކެޓަކީ މި ސައިންސް ފެއަރ އާއި ގުޅިގެން ޓެސްޓް ކުރި ރޮކެޓެކެވެ.

އިއްޔެ ބޭއްވި މި އަހަރުގެ ސައިންސް ފެއަރގައިވެސް އެ ސުކޫލުގެ ދަރިވަރުން މި ވަނީ ކޮމްޕިއުޓަރ އެޕްލިކޭޝަން ބޭނުންކޮށްގެން ތަފާތު ފަސް ބާވަތެއްގެ އެއްޗެއް ދައްކާލާފައެވެ. އެގޮތުން އޮޓޮމެޓިކުން ގޭގެ ބޮކިތައް ނިވި ދިއްލޭގޮތް ހެދުމާއި، ރިމޯޓު ބޭނުންކޮށްގެން ގޭގެ ބޮކިތައް ދިއްލާ، ދޮރު ހުޅުވޭގޮތް ހެދުމާއި، އަޑާއި އެއްވަރަށް ބޮކި ދިއްލޭގޮތް ހެދުމާއި، ބެޓެރި ބޭނުންކޮށްގެން ކާރު ދުއްވާއިރު، ވަކި ވަރަކަށް އެއްޗަކާއި ކައިރިވުމުން، އަމިއްލަ އަށް ކާރު މަޑުކޮށް، އޮންނަ ހުސް މަގަށް އަނބުރާލާނެގޮތް ހެދުންފަދަ ތަފާތު އެތައް ކަމެއް މި ފެއަރގައިވަނީ ދައްކާލާފައެވެ.

ގޮއިދޫ ސުކޫލުގެ ސައިންސް ފެއަރގެ ތެރެއިން

ގޮއިދޫ ސުކޫލުގެ ގުރޭޑް 7،8،9 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި މި ފެއަރއާއި ގުޅޭ ރޮބޮޓިލްސް ކުލާސްތައް ނަންގަވައިދެއްވީ، ސްރީލަންކާގައި އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ، އެ ރަށު، މީނާޒް، ޢަލީ ނިޔާޒެވެ.

ގޮއިދޫ ސުކޫލުގައި ބޭއްވި މި ސައިންސް ފެއަރ އާއި ގުޅޭގޮތުން “ވަގުތު“ އަށް މަޢުލޫމާތު ދެއްވަމުން އެ ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމު ވިދާޅުވީ، އައިޓީ ދާއިރާއަށް ކުދިން އަހުލުވެރިކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް މިފަދަ ތަފާތު މަަސައްކަތްތައް ރޭވިފައިހުރި ކަމަށެވެ.

ގޮއިދޫ ސުކޫލުގެ ސައިންސް ފެއަރގެ ތެރެއިން

”މިދިޔަ އަހަރުވެސް މި ސުކޫލު ކުދިންގެ ތަފާތު މަސައްކަތެއް ފެނިގެން ދިޔަ. މިއަހަރުވެސް އެކި ކަހަލަ ޕްރޮގްރާމު ބޭނުންކޮށްގެން ވަރަށް ތަފާތު ކަންކަން މި ވަނީ ދައްކާލާފަ. މީގެ ބޭނުމަކީ ގޮއިދޫ ކުދިންނަކީ ޒަމާނީ ދުނިޔެއަށް ލޯހުޅުވިފައިތިބި ބަޔަކަށް ހެދުން“ ނިޒާމު ވިދާޅުވިއެވެ.

ގޮއިދޫ ސުކޫލަކީ އަކީ އާބާދީ ކުޑަ، ވަޞީލަތްތައް މަދު ސުކޫލެއް ނަމަވެސް، އަބަދުވެސް ތަފާތު ހުނަރުތަކެއް ކުދިންގެ ގައިގައި އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރަަމުން އަންނަ ސުކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. DHONA

    ޔޫ ޓިއުބް ގެ ހެއު އެދުންތަކާއެކު.....

    12
    2
  2. ޕާޓޭ ގެ ޑެޑީ

    ވަރައް ރަންގަޅުކަމެއް ސާބަސްދޭ ވަރުވޭ ސަރުކާރުން މިކަހަލަ ކަންތައް ބަލައިގަނެ އިތުރަައް މިކަންތައް ފުޅާ ކުރުމައްފެނޭ

    10
    7
  3. ޔަންގް މޭން

    ތިބުނާ ޔޫޓިއުބް އޮވޭ،އެކަމް ހުނަރަކީ ފައްކާ ކުރެވޭ އެއްޗެއް. ޙިތްވަރު، ތައުލީމް އަދި ނުގުޑާ އަޒުމް. މި ކަންކަން ހުރެއްޖެނަމަ ވާނެ.

    11
    3
  4. ރަށުމީހާ

    ރަށުގެ ދަރިން ކިޔަވައިގެން އައިސް ރަށަށް ޚިދުމަތް ކުރާތަން ފެނުނީމަ ހާދަހާ އުފާވެޔޭ.

    9
    2
  5. ކަޅޭ

    ދޮނާ ކަލޭ ކީއްވެތަ ޔޫޓިއުބާ ނުކުޅެނީ

  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީ ބޮޑެތިމީހުން ހަދާދީފަ.. މިހެން މިހެން ބަޓަނަށް ފިއްތާށޭ ބުނީމަ ކޮންމެމީހަކަށްވެސް އެކަން ކުރެވޭނެ.. ނަމުގަ ކުދިން ހަދާފަ..

    1
    1