ހަނގުރާމައިގެ މައިދާނުގައި ހަމަނުޖެހުން ބޮޑު ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ދިވެހި ކުޑަކުދިންގެ މައުލޫމާތު މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި މައުލޫމާތު މީސްމީޑިއާގައި އާންމުކޮށްފައި ވަނީ ރައީސް ނަޝީދު ގެންގުޅުއްވާ "ފޭކް" ޓްވީޓާ އެކައުންޓެއްގެ ގޮތުގައި އަޑު ފެތުރިފައި އޮންނަ "އެލެކްސް އަހުމަދު" އެކައުންޓުންނެވެ. އެ އެކައުންޓުން، ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ދިވެހި 33 ކުއްޖެއްގެ ނަމާއި އެހެނިހެން ބައެއް މައުލޫމާތު ލީކުކޮށްލާފައިވާއިރު އޭގެތެރެއިން ގިނަ ކުދިންނަކީ ސީރިޔާގައި ވިހާފައިވާ ކުދިން ކަން ބަޔާންކޮށްފައި ވެއެވެ.

އުމުރުން އެއް މަހާއި 10 އަހަރާއި ދެމެދުގެ އެ ކުދިންގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމުކުރި އެކައުންޓުން ކުރި ޓްވީޓުގައި ބުނެފައި ވަނީ އެ ލިސްޓުގައި ވަނީ ސީރިޔާގައި ތިބި ބައެއް ދިވެހިން ކަމަށް ބެލެވޭ މީހުން ކަމަށެވެ. އަދި އޭގެތެރެއިން ސީރިޔާގައި ވިހެއި ކުދިންގެ ބަފާ ކަށަވަރު ނުވާކަމަށް ބުނެފައި ވެއެވެ.

އެ އެކައުންޓުން އިތުރަށް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިއެސް) އާއި ގުޅުމަށް 350 އަށްވުރެ ގިނަ ދިވެހިން ސީރިޔާއަށް ގޮސްފައިވާއިރު 150 އަށްވުރެ ގިނަ މީހުން އޭގެތެރެއިން މަރުވެފައިވާ ކަމަށެވެ.

ސީރިޔާގައި ހަނގުރާމައަށް ދާ ގިނަ އަދަދެއްގެ މީހުން، ހަނގުރާމައިގެ މައިދާނަށް އެމީހުންގެ ދަރިން ޔަތީމު ހާލުގައި ދޫކޮށް ދާއިރު، އެފަދަ ގިނަ އަދަދެއްގެ ކުދިން ހާލުގައި ޖެހި އެ ބިރުވެރި މާހައުލުގައި އަނިޔާތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އަދި އެ ގައުމަށް ޖިހާދުގެ ނަމުގައިދާ އަންހެނުން ޖާރިޔާއިންގެ ނަމުގައި ގަނެވިއްކާ ހަދާކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފުރަން އުޅުނު ގިނަ އަދަދެއްގެ ދިވެހިން މީގެ ކުރިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުންވެސް ހިފަހައްޓާފައި ވެއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ. ސީރިޔާގެ އެކި ކޭމްޕުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ހާޅުގައި ޖެހިފައި ތިބިއިރު، މީގެ ކުރިން ދިވެހި އަންހެނަކު ސީރިޔާގެ ޖަލަކަށްވެސް ލާފައި ވެއެވެ.

އޮޅުވާލައިގެން އިސްލާމިކް ސްޓޭޓްސް އާއި ގުޅުމަށް ޤައުމުތަކުން ސީރިޔާއަށް ގެންދާ މީހުން، އެ ޖަމާއަތުން ބާރު ފޯރުވާ ސަރަޙައްދުތަކަށް ވަދެވުމާއި އެކު ޕާސްޕޯޓާއި އެނޫންވެސް މުޙިންމު ލިޔެކިޔުންތައް އަތުލައި ނައްތާލާ ކަމަށް ވެއެވެ. އަދި ތަފާތު އެކި އިންޒާރުދީ، ދެން އިތުރަށް އެބިމުން ފައިބައިގެން ދެވުނަ ނުދިނުމަށް ބިރުދައްކައި އަދަބު ދޭކަމަށް ވެއެވެ. މި ސަބަބަށްޓަކައި ގިނަ މީހުން ތިބީ، ޖެހިލުމެއް ނެތި މީހުން މަރަމުންދާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްވެ އެނބުރި ޤައުމަށް އަންނާނޭ މަގު ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Iyaa

  ސުވާލަކީ ތިކަހަލަ އިންޓެލިޖެންސް މައުލޫމާތު އެލެކްސް އަކަސް އެހެންމީހަކަސް އެނގެންވީ ކީއްވެގެންތޯއެެވެ. ކުރީގެ ވެރިޔަކަސް އަދި އެމް.ޕީ އަކަސް ތި ކަހަލަ އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދިނީތީ ރާއްޖޭގެ އެފަދަ ކަމާއިގުޅޭ އިދާރާ ތަކުގެ އިތުބާރު ތިވަނީ ގެއްލިފައެވެ. އަދި ތި ލިސްޓެއް ތިޔަ ލީކް ކޮށްލި ފަރާތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅެން ޖެހޭނެ ނޫންތޯއެވެ. ޤަޢުމީ އިދާރާއެއްގައި ސިއްރު ކުރެވިފައިހުރި މައުލޫމާތެއް ލީކު ކުރެވުނީ ކިހިނެއްތޯ ބަލަންޖެހޭނެ ނޫންތޯއެވެ.

  53
  6
  • މހގފ

   މި އަކީ އެ ކޭމްޕްގަ ތިބި މީހުން ސަރުކާރަށް ފޮނުވި ލިސްޓެއް. އެހެންވީމަ ސަރުކާރުން މި ލިސްޓް ލީކް ކޮށްލީ. ސަރުކާރުން އެމީހުންނާ ހަވާލުވާނަމޭ ބުނީމަ ތި ލިސްޓް ފޮނުވި ކަމަށް ވަނީ

   19
   4
 2. ބޮލި މުލައް

  މާތްކަލާކޮށްޓަކާ ތި މީހުން ގެންނަން ނޫޅޭ ނަސީދުގެ ބޭނުމަކީ ގައުމު ނާމާންކަމެއްގެތެރެއަށް ވައްޓާލާ ސައްތައިންސައްތައް އިސްލާމީ އުއްމަތެއްގެގޮތުގަ އޮތްއޮތުން ނިމުމަކަށް ގެނައުން.

  57
  8
 3. މާމިގިލީ މީހާ

  ހުރިހާ ތާކަށް ދާނެ. ގޭގައި ތިބިނަމަ ތިހެނެއް ނުވީހެއް ނޮއް. ތިލީކު ތިކުރީ ސީރިޔާއަށް މީހުން ފޮނުވި ފަރާތުން.

  47
  7
 4. ނަސީދު ކާމިނީ

  ސީރިޔާ އަށް ދިޔަ އެކަކުވެސް ގެންނާނެކަމެއްނެތް. އެ އުޅެނީ މިތަނަށް އައިސް މިތަން ވެސް ގޮއްވަން.

  55
  6
 5. ހަތްޕުޑު

  އައްޑޮއެ.....

  3
  7
 6. ޭާލީ

  ތިކުދިން ގެންނަން މަދެކޮޅު ހިތުގައި ހަނގުރާމަ ހިނގާނީ. ރާއްޖެއަށް ނުރެްކާވޢނެ

  44
  7
 7. ޢަނާން

  ތިޔަމީހުން ގެންނާކަށް ނުފެނޭ. ނަމަވެސް ކުދަކުދިންނަކީ އެއްވެސް ކުށެއް ނެތްބައެއް.އެކުދިން ގެނައުން އެއްމެރަގަޅު. ތިޔަ ބައިމީހުން އިލްމު ހޯދައިގެން ޖާހިލުން ނަށް ވަނީ ރޯނުއެދުރުންނަށް ވެފައިތިބީމަ. ޝޭޙުންނަށް ވެގެންތިބެ ޖާހިލު ކަމަށް ބައިއަތު ހިފާމީހުން ގެކަންތަށް ހުރީ ކިހިނެއްތޯ. ތިޔަބައިމީހުން ސީރިޔާފަދަ ގައުމަކަށް ފޮނުވުމުގާ އެފަދަމީހުން އަތެއް ނުވެ ނުދާނެ. ޢިލްމުގެ ނަމުގާ މީހުން މަރަމުން އެދަނީ. ޙުރިނުބައިކަމެއްގެ ބޮޑުކަން.

  14
  3
 8. ހަންމިން

  މުސްލިމުން މަރާ ހަނގުރާމައެއްގަ މުސްލިމަކު ބައިވެރިވާނެ ކަމަކަށްނުދެކެން ތިއީ މުސްލިމުންނަށްވުރެ ޖައްލާދުން ތިމީހުން މިގައުމަށް އަރުވަން ހެޔޮނުވާނެ

  25
  1
 9. ކަހެރުވައް

  ހާލުގަ ޖެހެން ދިޔަ ބަޔަކު ހާލުގަ ޖެހޭނެއެއްނު؟ ކުށެއް ނެތް މައުސޫމު ބައެއްތަ؟

  19
  1
 10. ޖަހަބު

  އައިސިސްއަކީ އިޒްރޭލުމީހުންނޯ. ދެން އެކުން ފޮނުވާލަންވީ އެމީހުންގެ ބަފާގެ އާއިލާއަށް އިޒްރޭލަކަށް ނު؟

  18
  3
 11. DHONA

  އަންނަންވީމަ ސަރުކާރުގެ އެހީ....ދާންވީމަ ފިލައިގެން....

  32
  2
 12. އަންުނި

  ހަމަ މަރުހަބާ..
  އަންނަންވީ ހަމަ..

  6
  25
 13. ބބބސ

  ނަޝީދު އަޑީގައި ހުރެގެން ކުރާ ކަމެއް މިއަކީ

  26
  5
 14. އިރެކްސް

  އަންހެނުންނާއި ކުޑަކުދިންނަށް ރަޙުމެއްނެތި މުސްލިމުންތަކަކަށް ގަޒްފް ކުރުމަކީ މި އެލެކްސްގެ ލާދީނީކަން ސާބިތުވާކަމެއް.

  19
  5
 15. ބުރޯ

  އައިސިނސް އިން ފައިސާ ހޯދާފަ މިގައުމުން މީހުން ފޮނުވަނީ ނަސިދު ނޫންބާ ؟ މިކަމުގާ ނަސީދަށް ސައްކު ކުރެވޭ .އެއީ އެތަނަށް ދިޔަ އަދަދާ ދިޔަ މީހުންގެ ނަމާ ވިހޭ ވަރުވެސް ނަސީދަށް އެގޭ ވީމާ އޭނަޔާމެދު ސައްކު ކުރަން ޖާގަ ނެތްތޯ ؟

  22
  2
 16. ދަތްދޫނި

  ސަލަފު ޖަމިއްޔާ ބުނަނީ ކީކޭބާ! ސަލަފު ޖަމިއްޔާ އަށް މިވެރިންގެ އަޑު އިވޭބާ!

 17. ދަތްދޫނި

  މިކަމާއި ބެހޭ ގޮތުން ސަލަފުގެ ބަހަކީ ކޮބާ!

  6
  1