ވެމްކޯގެ ކުނި އުފުލަން ގެންގުޅޭ ބާޖަކާއި، ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދޯންޏަށް ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 6:30 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ވެމްކޯ ކުނި ބާޖުތައް ގާތް ކުރާ ޖެޓީގައި އަޅާފައި އޮތް ދޯންޏެއްގައި ބާޖު ޖެހިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ބާޖު ޖެހުނީ އެ ދޯނީގެ ކުރީކޮޅައެވެ. އަދި އެ ދޯނީގެ ކުރީކޮޅު ބިންދައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ވެމްކޯގެ އުޅަނދު ފަހަރު އެއްގަމުގައިވެސް ބާރަށްދުއްވަނީ. ކަނޑުގައިވެސް ބާރަށް ދުއްވަނީ.