ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1200 ރުފިޔާ އަށް ބޮޑުކޮށްފިއެވެ.

މިއީ ހަފްތާއެއްގެ ތެރޭގައި މި މިރުހުގެ އަގު ބޮޑުކުރި ތިން ވަނަ ފަހަރެވެ. މީގެ ހަޕްތާއެއް ކުދިން ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 800 ރުފިޔާ އަށެވެ. އޭގެ ތިން ދުވަސް ފަހުން، މިއަދު 1000 ރުފިޔާއަށް ބޮޑު ކުރިއެެވެ. އަދި މިހާރު މާރުކޭޓުގެ ހުރިހާ ގޯޅިތަކުންވެސް ކަނޑޫދޫ މިރުސް ލިބެން ހުރީ ކިލޯއެއް 1200 ރުފިޔާ އަށެވެ.

މާރުކޭޓުގައި ގޮޅިތައް ހިންގަމުން އަންނަ ގިނަ މީހުން ބުނާގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިއަގު އިތުރަށް އުފުލިގެން ދާނެއެވެ.

“މިރުސް ލިބުން ދަތިވީމަ މިހާބޮޑަށް އަގު އުފުލިގެން މި ދިޔައީ. ފެން ނުލިބުމުގެ ސަބަބުން ކަމަށް ބޮޑަށް ލަފާކުރެވެނީ މިރުހުގެ އަގު މައްޗަށް މި ދިޔައީ. ކުރިއަށް އޮތް ދުވަަސްތަކުގައި ވާރޭވެހި، ފެން ލިބިއްޖެކަމަށްވާނަމަ، މިރުސް ތިޔާޤިވާނެ. އެހެން ނޫންނަމަ، މިއަގު އަދިވެސް އުފުލޭނެ.” މާރުކޭޓުގައި ގޮޅިއެއް ހިންގަމުން އަންނަ މީހަކު ބުންޏެވެ.

މާރުކޭޓުގައި ގޮޅިއެއް ހިންގާ އިތުރު މީހަކު ބުނީ، ކަނޑޫދޫ މިރުސްގަސްތަކުގައި ފަންޏެއް އެޅުމުގެ ސަބަބުން މިރުސްގަސްތައް ހެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެހެންކަމުން މިރުސްލިބުން ދަތިވެފައިވާ ކަމަށެވެ.

މިދިޔަ ރަމަޟާންމަހާއި އަޅާބަލާއިރު މާރުކޭޓުން ވިއްކާ ހުރިހާ ބާވަތެއްގެ މޭވާ އާއި ތަރުކާރީގެ އަގުތައްވެސް ބޮޑުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަރިޔަމް މޫސާ

    މީ ފަހެ ރަންތަ؟ ހިކިމިރުސް ފޮޅިކޮށްގެން މި ބޭނުންކުރަނީ. ތި އަގަށް މިރުސް ގަންނަހާ ތަނަވަހެއް ނޫން.

    50
    1
  2. ހޯހޯ

    ތީ ދެން ފުކެއް ބޮޑުވަރު.

    45
    1
    • ޢއއ

      ރޯދަމަސް އަށްނަަާތި މީހުން އަތުން ލާރި ނަގަނީ.
      ވިޔަފާރިވެރިންގެ އީދު

      45
  3. އަޑަފި

    ބަޔަކު އަވަދިވެދާނެ ތިޔނޫން މިރުހެއް މިގައުމުގަ ހަމަ ނެތީތަ ތިޔަ މިރުސް ނުގަނެބަލަ ހެޔޮނުވާނެ.

    49
  4. އާޙް

    އެންމެންވެގެން މިމިރުސް ގަތުން ހުއްޓާލީމަ ހުންނާނެ އަގުއިތުރަށް ބޮޑުކުރެވިފަ.މިހާރު ދެން މިކަހަލަ އުކުޅެއް ބޭނުންނުކޮށް ވާކަށް ނެތް.މިމާރުކޭޓުގަތިބޭ ވިޔަފާރިވެރިން މިރޯދަމަހާ ކުރިމަތިލަނީ އެތައްބަޔަކަށް ތަކްލީފްތަކެއް ޖައްސާފަ.އެތައް ބަޔެއްގެ ދުލުން ބަދުދުޢާވެސް ލިބިގަނެގެންކަން މިފުރުސަތުގަ،ފާހަނގަކޮށްލަން.

    49
  5. ނިކަމެތި މީހާ

    ކަޑޫދޫ މިރުސް ދަޑަށް ރޯދަމަސް ނޫޫނިއްޔާ ފެން ވެހި ވެހި އޮތްނަނީތަ؟ ރޯދަ މަހަށް އަބަދުވެސް މިރުހުގެ އަގު ބޮޑު ކުރަން ކިޔާ ލަވައެތްތީ

    43
  6. ސްމާރޓް

    ސަރުކާރުން އެޅިފިޔަވަޅުކޮބާތަ

    27
    1
  7. ކަަނޑޫ ފާ

    ބޭރުން މިރުސް ގަންނަންވީ. އެވެސް ހަމަ ދިރޭނެ

    32
    1
  8. ލާސާނީ

    ކޮބާތޯ ސިޓީކައުންސިލް..ރަތްޔިތުން ހަނާވަނީ

    16
  9. މޮޔަސޮރު

    އުގަންޑާ ކުޅި މިރުސް ލިބޭ 400 ރުފިޔާ އަށް ކިލޯއެއް. އެއް ރަހައެއް ދެނީ . އިންޑިޔާ ކުޅި މިރުސް 200 ރުފިޔާއަށް ލިބޭ. ދެން ކޮން ގަނޑޫދޫ މިރުހެކޭ ތިކިޔަނީ. މާކެޓިން އުކުޅެއް ދެއްތޯ. ފެންނުވެހޭތީޔޯ. ފެން އެއީ ކަނޑޫދޫ މީހުން ހާދާއެއްޗެއްތަ. ފުވައްމުލަކު މީހުން 100 ރުހިޔާއަށް 6 އަނބު ވިއްކަނީ ވެސް ފެން ނުލިބޭތީ ތޯއްޗެކެ. ﷲ ދެއްވި ރިޒުޤު ހަތުން ފައިން މަސައްކަތެއް ނުކޮށް މޭވާ އައުމުން، އެ ޢާންމުންނަށް ކުނިވާއިރުވެސް ބޮޑު އަގު ހޯދަން އުޅޭ މީހުން ސަމާލުވޭ.

    19
  10. ދިޔަމިގިލި

    ޙަނދާނައް އަންނަނީ މިދިޔަ އަހަރު ރޯދަމަހު އަންނި ބުނި އެއްޗެއް. ޜޯދަމަހު ތަކެތީގެ އަގު ބޮޑުވަނީ ޔާމީން ސަރުކާރުގެ ދޯހަޅި ސިޔާސަތިގެ ސަބަބުންނޭ. އެހެންވީމަ މިފަހަރު މި އަގުބޮޑުވީ އިބޫގެ ދޯހަޅި ސިޔާސަތުގެ ސަބަބަުން

    18
    2
  11. އަހުމަދު

    އެއްވެސްމީހަކު ތިމިރުސް ނުކައިބަލަ އެރުން ހުންނާނި 1200 ރުފިޔާއަށް މިރުސް ވިއްކިފަ.

    22
    1
  12. ކަނޑޫދޫ

    އަހަރެން ގަތީ އިންޑިޔާ މިރުސް ކިލޯ ލިބޭ 150 ރުފިޔާ އަށް.މިރުސް ގަންނަނީ ކުޅިރަހަ ލައްވަންދޯ

  13. ޅިލީ

    ކަނޑޫދޫ މިރުސް ބޮއެކޮޓް ކުރުމަށް އެންމެހާ ދިވެހިންނަށް ގޮވާލަން

  14. What

    ކީއްކުރަންތަ ގަންނަނީ. ނުގަނެ ތިބެބަލަ އެންމެން.

    10
  15. ހެޔޮއެެދޭ މީހެއް

    ކޮހޮނެއްތޯ އިނގޭނީ ނިކަމެތިމިހާގެ އިހްސާސް މިރޭވެސް ތިހުރިހާ މިރުހެއް ފީވެ ބޭނުން މިކުރެވޭ ވަރު ވުން ގާތް ، ހެޔޮނުވާނެ މީހުންގެ ބަދު ދުއާއެއީ ވަރަސް ވެސް ނުރައެްކާ ބަރުގަދަ އެއްޗެއްް ވިސްނާލުން މުހިއްމު

  16. އަސްލު

    އެންމެން އެއްބަސް ކިޔާފާ ކަނޑޫދޫ މިރުސް ނުގަންނަމާ އެހެންމ މިރުސް އެބަހުރި މާރކޭޓްގައި ދިވެހިން ގަޅިވީމާ މިހެން ވަނީ އަމިއްލަ އަށް ގަޅި ނުހެދި ކަނޑޫދޫ މިރިސް ހައްދާ ހުރިހާ ފަރާތް ތަކެއް ބޮއިކޮޓް ކޮށްލާ ،
    މީހުން ތި މިރުސް ނިގަންނަ ހިތް ޖައްސަވަން ދޭން