މ. ވޭވަށު ކައުންސިލް އިދާރާގެ ފަރާތުން ރޯދަ މަހަށް ހާއްސަކޮށް އެ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ކަރަންޓް ބިލުގެ 80 އިންސައްތަ ދައްކައިދިނުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށް މިއަދު އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ރަމަޟާން މަހު ވޭވަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކުގެ ކަރަންޓް ބިލުން 80 އިންސައްތަ ވޭވަށު ކައުންސިލް އިދާރާާއިން ދައްކާފޮތަށް ނިންމާާފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގެ ކައުންސިލްތަކުން ރޯދަ ހަދިޔާގެ ގޮތުގައި، އެކި ތަކެތި ބެހުމާާއި، ހިލޭ ކުނި އުކައި ދިނުމާއި، ކަރަންޓްބިލް ދެއްކުން ފަދަ ކަންކަން ކުރަމުން އެބަދެއެވެ.

އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ރޯދަ އާއި ދިމާކޮށް އެއްވެސް އެއްޗެއް ނުދޭތީ އެކަމުގެ ޝަކުވާތައްވެސް މީސް މީޑިއާއަށް ބަންޑުން ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މީހާ

    އުމުރުން 22.
    އަދިކިރިޔާ މި އިގުނީ ތިނަންކިޔާ ރަށެއް ރާއްޖޭގަ އިންނަންވެސް..

    1
    3
  2. ޙަސަން

    ތީ ތިބޭފުޅާގެ ކިބައިގައި މައުލޫމާތު ނެތްކަން،

  3. އެހީއެއް ވެދީބާ

    މާލެގައި އުޅޭ ރައްޔިތުންނަށް ވެސް އެހީއެއްވެދެއްވާ

  4. އަހްމަދު

    މީހައަށް،

    ތިވެސް ރާއްޖޭ މީހެއް، އެކަމު ނޭންގުނު، ދެން މިހާރު ސުވާލު އުފެދޭ އެބަ ސަރުކާރު އުޅޭ ބޭފުޅުންނަށް މިރަށަކީ އޮންނަ ރަށެއްކަން އެނގޭނެ ކަމާމެދުވެސް.

    މީހާއަށް ދަޢުވަތު އަރުވަން މިރަށް ބަލާލާން ޖައްސާލުމަށް،