ބޭނުންވާ ތަކެތި (6 ސާވިންސް)

7 އަލުވި (ތޮށި މެށުމަށްފަހު ފެނު ކައްކާފައި)

ކޮރިއަންޑާ ފަތްކޮޅެއް

4 މޭޒުމަތީ ސަމުސާ މެލްޓެޑް ބަޓަރު

1 ½ މޭޒުމަތީ ސަމުސާ ލޮނު

4 ތޮޅި މިރުސް (ކޮށާފައި)

½ އަސޭ މިރުސް

1 ފިޔާ (ކޮށާފައި)

½ މޭޒުމަތީ ސަމުސާ ގަރަމް މަސާލާ

2 ޖޯޑު ގޮދަން ފުށް

½ ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފެނު ކެއްކި އަލުވިކޮޅު ބޮޑު ތައްޓަކަށް އަޅާށެވެ. އެއަށްފަހު، ތަށި ތެރެއަށް ކޮށާފައި ހުރި ފިޔާ ކޮޅާއި، މިރުސް ކޮޅާއި ކޮރިއަންޑާ ފަތްކޮޅު، އަސޭ މިރުސްކޮޅު އަދި ގަރަމް މަސާލާ އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ.

އޭގެފަހުން، ބޮޑު ތައްޓެއްގެ ތެރެއަށް ގޮދަން ފުށް އަޅާށެވެ. އަދި، އޭގެތެރެއަށް ފެނާއި ބަޓަރު އެޅުމަށްފަހު ރޮށި ފިހަން ފުށްގަނޑު ތައްޔާރުކުރާ ގޮތަށް ފުށްގަނޑު މޮޑޭށެވެ.

ދެން، ފުށް ގުޅައެއް ކުޑަކޮށް ދަމާލުމަށްފަހު، އަލުވި ތަށިން އެތިކޮޅެއް ނެގުމަށްފަހު، ދެމި ފުށްގަނޑުގެ މެދުގައި ބާއްވާށެވެ. އެއަށްފަހު، ފުށްގަނޑުން، އަލުވިކޮޅު ރަނގަޅަށް ފޮރުވާލާށެވެ.

އެއަށްފަހު، މަޑުމަޑުން، ފަހުން ހެދުނު ފުށްގުޅަ ދަމާލާށެވެ. މިހެން ދަމާއިރު އެތެރެއަށް ލީ އަލުވިކޮޅު ނުނިކުންނަ ވަރަށް ދަމަން ސަމާލުކަން ދޭން ވާނެއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، ތަވާގެ މަތީގައި ބާއްވައިގެން، ދެ ފުށް ރަނގަޅަށް ފިހާށެވެ.