ކޮއްކޮފުޅުގެ ވެރިކަން ވައްޓާލަން އުޅުމުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތުން އެމަނިކުފާނުގެ އަނބިކަނބަލުން މެސެޖެއް ދެއްވައިފިއެވެ.

"ސަންގް ޓީވީ" މެދުވެރިކުރައްވާ ރައީސް މައުމޫންގެ އަނބިކަނބަލުން ނަަސްރީނާ އިބްރާހިމް ވިދާޅުވީ ޝަރީއަތް ނިމެންދެން ރައީސް މައުމޫން ޖަލުގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން މައުމޫން ދެރަފުޅުވާ ކަމަށާއި އެކަމަކު ހިތްވަރުފުޅަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ދެރަފުޅު ވިޔަސް އޭގެ މާނަ އަކީ ހިތްވަރުފުޅު ދިޔައީކީ ނޫނޭ. ހުންނެވި ގޮތުގައި ހިތްވަރުފުޅާ އެކީގައި (މައުމޫން) ހުންނަވާނީ އިސްލާހީ މަސައްކަތްޕުޅު ކުރިއަށް ގެންދަވަން،" ނަސްރީނާ ވިދާޅުވިއެވެ.

ނަސްރީނާ ވިދާޅުވީ މައުމޫން އިސްލާހީ މަސައްކަތްޕުޅު ކުރައްވަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އަދި އެ މަސައްކަތްޕުޅުގައި އުޅުއްވީ ރަނގަޅު ގޮތުގައި ކަމަށެވެ.

ނަސްރީނާ ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ވެސް މަސައްކަތް ކުރެއްވީ ރާއްޖެ އަކީ ސާދާ އަދި ރަނގަޅު ބަޔަކު އުޅޭ ގައުމެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަގުސަދުގައި ކަމަށެވެ.

"އެއް ފަހަރު (މައުމޫން) ވިދާޅުވި ގިނި ކަންޏާ ނަމަވެސް ގެންދަވާނަމޭ އެ ހިސާބަށް އިރާދަކުރެއްވިއްޔާ. އެހެންވީމާ މިހާރު އެބަފެނޭ މުޅި ގައުމު އެދަނީ އެގޮތަށް ކަން. އެހާ ގިނަ ބަޔަކު އެބަދޭ އިސްލާހަށް އެދި. މިއީ އެންމެންގެ ގައުމު ދެއްތޯ. އަޅުގަނޑުމެން ބޭނުންވަނީ ރީތިކޮށް، ސާދާކޮށް އޮވެގެން އަޅުގަނޑުމެންގެ މާމަ ދަރިންނާ ހަމައަށް (ގައުމު) ވާސިލް ކުރަން،" ނަސްރީނާ ވިދާޅުވި އެވެ.

ނަސްރީނާ ވިދާޅުވީ "މައު (މައުމޫން) އަކީ ގައުމު ދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް" ކަމަށެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ މިހާރު އުފުލާފައެވެ. އެދައުވާ ސާބިތުވެއްޖަނަމަ އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބުއްޅަަަަބޭ

  ނޮޓް އިންޓަރެސްޓިންގ އެނީމޯ!

 2. ޢަލީ

  ހިއްވަރު ހުންނާނެނު، މިބޭފުޅުން ހައްޔަރުކުރުމެކޭ ފަސްތަރީގެ ހޮޓަލަކުން އެކޮމޮޑޭޝަން ހަމަޖެހުމެކޭ މާބޮޑު ތަފާތެއްނެތްވިއްޔާ.

 3. ްްވާދީ

  ތިޔަބުނާ ހިތްވަރަކީ ބަގާވާތް ކުރުން ކަމުގައި ވާނަމަ އެއީ ރަށްޔިތުން ވިސްނަންވީ ކަމެއް. 30 އަހަރުގެ ހިތްވަރުން މިގައުމުގެ ޒުވާންޖީލެއް ފަނާކޮށްފައި ވަނީ އިތުރަށް ތިޔަކަހަލަ ހިތްވަރު ނުކުރުމަށް ގޮވާލަން.

 4. ފައިޒް

  ކޮން ހިތްވަރެއް ކުރެވޭނި 30 އަހަރުގެ ހުދު މުޚުތާރުކަން ރައްޔިތުންގެ ހިތުން ފިލާގެން ނުދޭ ތީ މިހާރު އެއްވެސް މީހަކު ބަލާ ގަންނަ މީހެއް ނޫން...

 5. Anonymous

  ސާބިތުވެސް ވާނެ. މިރާއްޖޭގައި މިހާރު ތިބީ ޔަމީނު ބުނިގޮތަކަށް ހުކުމް ކުރާ ގާޒީން

 6. ޟަމީރަތު

  ބަދުރު ހަނގުރާމައިގައި އަބޫޖަހުލު ޤަތުލު ވީއިރުވެސް އޭނާވެސް ހިތްވަރު ދުލެއް ނުކުރޭ!

 7. ދޮންބެ

  30 އަހަރު ގަޑު ވަރުގަ ވެސް ހިތް ވަރުފުލާއެކު

 8. އެންމެން

  އަޅުގަޑަށް މައުމޫނު އެޅުއްވި ފިޔަވަޅުތަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ. އެކަމަކު މައުމޫނުގެ ހިތްވަރު ފުޅަށް އައްސަރިބަހާއި ސާބަސް ދެން. ގޭގެ ނުތުބެވި ތެޅިބާލަނިކޮށް މައުމޫނު ފިޔަވާ ޖަލަށް ގެންދުވުނު ޒުވާން ބައިގަނޑުގާ ތިބި އަންނި، ބޮރޯ، އަދި އިމްރާން މެން ފަދަ އެއްމެން ޖަލަށް ވެއްދުމާ އެކު، ބޮލުގަ، ބަނޑުގަ، ލޮލުގަ، ކިޑްނީގެ އަދިވެސް އެތަން މިތާ ރިއްސާވަރުން ޑޮކްޓަރަށް ދައްކަން އެތަން މިތަނަށް މުދިވިގެން ހީވަނީ ދެންމެ ދެންމެ ވަޅުލާން ޖެހިދާނެހެން. އެކަމަކު އުމުރުން އަށްޑިހައިގެ އަހަރުތަށް ގުނަމުން ގެންދަވާ މައުމޫނު ގެ ބުރަކަށިފުޅަށް ތަދުވާތީވެސް ނުއުޅުއްވާ. އެކަމަކު މައުމޫނާ ވާދަކުރަން ދެން މިނިކުތް މީހުންގެ އެތަށް މިތަށް ތަދުވެގެން ރިޕޯޓް އަންނަވަރުން ބިރުހީވާވަރުން ނިދަން ކެރޭވަރެއްވެސް ނޫން. މައުމޫނުގެ ހިތްވަރުފުޅަށް ހަމަ ސާބަސް. މި ބައިގަނޑުގައި މައުމޫނާ ވާދަކުރެވޭ ވަރުގެ އިތްވަރެއް ލަޔާގަތެއް ހުރިއެކަކުވެސް އަދިވެސް ނެތްކަމަށް ގަބޫލު ކުރަން މިޖެހުނީ.

 9. ރަންގޭ

  މައްސަލައަކީ މިބޭފުޅުން މަސްމާރުކޭޓަށް ދާތީ.ހިތާމަކުރިޔަސް މީދެން ބޮޑުވަރު

 10. ވަނުވާ

  މާމަވެސް މިހާރު މަގުމަތީގައި ...ވާހަކަވެސް ރަނގަޅަށްނުދެއްކޭ .އެއީދޯހިތަވަރަކީ

 11. މާމޫ

  އެހާވަރެއް ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ 80 އަހަރަށް ގޮސްފައިވާއިރު، އަނބި ކަނބަލުން އެހެން ބުނަޏަސް މާބޮޑު ހިއްވަރެއް ނުހުންނާނެ، އެކަމަކު އަނބިކަބަލުންނަށް އެގޭނެތާ، ރާއްޖޭގައި އެހެން ދީނެއް އޮތުމާއި އެއްޖިންސުން ކައިވެނި ކުރުމަށް މަށެއް ތާއީދެއް ނުކުރާނަން، މައުމޫނު ކައިރީ އެހެން ބުނެލަދީ ނަސްރީނާ