އިހަވަންދޫ ސްކޫލުގެ ކޮމްޕިއުޓާ ސައިންސް ކިޔަވައިދެމުންދާ ބިދޭސީ ޓީޗަރަކު އިސްލާމްދީން ގަބޫލުކޮށްފިއެވެ.

"ޓީމް ދައުވާ މޯލްޑިވްސް"ގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އިސްލާމް ވެފައި ވަނީ ގޮކުލަ ކްރިޝްނަން ނަމަކަށް ކިޔާ، ޓަމިލް ނާޑޫ މީހެއް ކަމަށެވެ. އޭނާ އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ ރަމަޟާން މަސް އައުމަށް ހަފްތާއެއް ދުވަސް ކުރިންނެވެ.

ދައުވާ މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، ގޮކުލަ އާއިލާގެ ފަރާތުން އައިސްފައިވާ ދީނަކީ ހިންދޫ ނަމަވެސް، އޭނާ ވަނީ ފަހުން ކްރިސްޓިއަން ދީނަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއާއި ބަންގްލަދޭޝް އަދި އިންޑިއާގެ މުސްލިމުންގެ އަމަލުތައް ފެނި އޭނާ އިސްލާމް ދީނަށް ހިއްޖެހުނު ކަމަށާއި، އެންމެ ބޮޑަށް ހިތްޖެހުނީ އިސްލާމް ދީނުގެ މުސްލިމުން، މުދަލާއި، ފައިސާ އަދި މަސައްކަތްވެސް ހުއްޓާލާ ވަގުތަށް ނަމާދު ކުރާތީ ކަމަށް ގޮކުލަ ބުނެފައިވެއެވެ.

މުސްލިމެއްގެ ގޮތުގައި އަދި މިވީ 10 ދުވަހުގެ ތެރޭގައި އޭނާއަށް މިހާރުވެސް ވުލޫ ކުރުމާއި ނަމާދު ކުރުން އަދި އިސްލާމް ދީނުގެ ފަސް ރުކުންވެސް އެނގިފައިވާ އިރު، އޭގެ އިތުރުން ރަމަޟާން މަހުގެ ރޯދަ ހިފުމާ ޒަކާތުގެ ކަންކަންވެސް ވަނީ އެނގިފައެވެ. އަދި މިހާރުވެސް ބަރާބަރަށް ތަރާވީހް ނަމާދުވެސް ކުރަމުންދާ ކަމަށްވެސް ދައުވާ މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

ދައުވާ ޓީމުން ބުނެފައި ވަނީ ގޮކުލަ އިސްލާމް ދީނަށް ވަނުމަށް އެންމެ ބޮޑަށް ޝައުގުވެރިވި އެއް ވާހަކައަކީ ސަލްމާން ފާރިޝީ ދީން ގަބޫލުކުރި ގޮތުގެ ވާހަކަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހްމަދު

    މާޝާﷲ

    10
  2. ދިދަ ދަނޑި

    އުފާވެރި ހަބަރެއް

    11
    1
  3. Samaaira

    ގިނަފަހަރަށް އިސްލާމްވުމާއެކު ފެންނަނީ ދިވެއްސަކާ ކައިވެނި ކުރާތަން އެހެންވީމަ ހީކުރެވެނީ ރާއްޖޭގަ މުސްލިމަކާ ކާފަރަކާ ކައިވެނި ނުކުރެވޭތީ އިސްލާމްވަނީ ކަމަށް މޮޅަށް ދެނެވޮޑިގެންވާނީ ﷲ

    6
    3
  4. ކެޔޮޅު

    الحمدلله مرحبا مبارك މާތްﷲ އައް އަޅުކަންކުރާ ތަޤްވާވެރި މުސްލިމަކު ކަމުގައި ލައްވާށިއެވެ ،،

    9
    1
  5. ނައިބުތުއްތު

    ރަމަޟާންމަހާއި ދިމާކޮށް މީގެކުރިންވެސް ބައެއް ރަށްރަށުގައި ބިދޭސީޓީޗަރުން އިސްލާމްދީން ޤަބޫލުކޮށްފައިވާ ކަމުގެ އަޑުތައްވަނީ ފެތުރިފައި. ނަމަވެސް އެމީހުން އެކަން ކޮށްފައިވަނީ ރަމަޟާންމަހު ސަރުކާރުން މުވައްޒަފުންނަށްދޭ އިނާޔަތު ފައިސާ ހޯދުމަށް. ފަހުން އެމީހުން އެމީހުންގެ ކުރީގެ ދީނަށް އެނބުރިދޭ. އިޚްލާޞްތެރިކަމާއެކު އިސްލާމްދީން ޤަބޫލުކުރިނަމަ ވަރަށްވެސް ރަނގަޅު. މާޝާﷲ

    5
    2
  6. ވަރުވާ

    އަލްޙަމްދުލިﷲ. މާތްﷲގެ އިރާދަފުޅުން، މާތްވެގެންވާ އިސްލާމް ދީން ވަރުގަދަ ކުރައްވާ، އިސްލާމުންނަށް ނަޞްރާއި ކާމިޔާބު ދެއްވާށި. އާމީން

  7. ހެޔޮބަސް

    އިސްލާމްދީނުގެމާތްކަން ވިސްނާލުމުންއެގޭނެ އެދީނުގައި އިންސާފުވެރިކަމާ ހަމަހަމަކަން އަދި
    އެދީނުގައި ފާޑުކިޔޭނެ ކުށެއްވާއެއްވެސްކަމެއްނުވާކަންއެގި މިހުރިހާދުވަހު އިސްލާމްދީންނޫން
    އެހެންދީކަށްއުޅެފައި މިހާރު އިސްލާމްވުމުންވަރަށްބޮޑަށްއުފާކުރަން އެއީ ﷲދެއްވި ވަރަށްބޮޑު
    ނިއުމަތެއް އިސްލާމްދީނަކީ ﷲ ހުރިހާމީސްތަކުންނަށް ބާވާލެއްވި އެންމެފުރިހަމަދީން ކަންމިހެންވެއުޅެމުންއައި ގައިރުދީންދޫކޮށްލުމަށްފަހު އިސްލާމްދީންގެފުރިހަމަކަންފެނި އެދީންގަބޫލްކުރަމުންދާފަރާތްތައްގިނަވަމުންދާއިރު ހިތާމައަކީ މި މުސްލިމްގައުމުގައި އިސްލާމްދީންއާރަސޫލާއަށްހަޖޫޖަހަމުންދާތީމިއީމުސްލިމްގައުމެއްގައިސްލިމުންގެތެރޭގައިކުރެވޭވަރަށްދަށުދަޖައިގެކަމެއް