ތ. ވަންދޫއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖަނަރޭޓަރު ހަލާކުވެ މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.

މިއަދު ހެނދުނުން ފަށައިގެން ވަންދޫއިން ކަރަންޓުގެ ޚިދުމަތް ކެންޑިފައިވާއިރު، އެރަށު ކައުންސިލުންނ ވިދާޅުވެފައި ވަނީ މައްސަލަ ޙައްލުވެ ކަރަންޓުގެ ޚިދުމަތް އެރަށަށް ލިބޭނެ ދުވަހެއް ނުވެސް އެނގޭކަމަށެވެ.

މިކަން މިހާރު ވަންދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިގެ ސަމާލުކަމަށް ގެންގޮސްފައިވާއިރު، ރޯދަ މަހުގެ ކުރިންވެސް އެރަށަށް ކަރަންޓުގެ މައްސަލަ ކުރިމަތުވަމުން އަންނަކަން އެ ކުންފުންޏަށް އަންގާފައި ވެއެވެ. ނަމަވެސް އެކަމަށް ޙައްލެއް ނުގެނެވި ވަނިކޮށް ބޭނުންކުރަމުންދިޔަ ދެ ޖަނަރޭޓަރުތައްވެސް ވަނީ ހަލާކުވެފައެވެ.

ދެ ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން ވަންދޫއަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ އެއްވެސް އިތުރު ގޮތެއް ނެތެވެ. ރޯދަ މަހުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް ނުލިބި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން އެރަށު ރައްޔިތުންނަށް ދަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންނެވެ. ވަންދޫއަކީ 400 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ޖަނަރޭޓަރުތައް ހަލާކުވެގެން ވަންދޫއިން މިއަދު ކަރަންޓުގެ ޚިދުމަތް ކެނޑުނުއިރު، ށ. ފީވަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައްވެސް ހަލާކުވެ މިއަދު ވަނީ މުޅި ރަށުން ކަރަންޓު ކެނޑިފައެވެ.

މީގެ އިތުރުން ތިންހާހެއްހައި މީހުން ދިރިއުޅޭ ދ. ކުޑަހުވަދޫގައި އޮޕަރޭޓް ކުރަމުންދާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއްގެ މައްސަލަ ޖެހި އެރަށަށްވެސް ކަރަންޓު ދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ އާއްމުވެފައެވެ. ގިނަ ރަށްރަށުން ގެންދަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބޫ

    އަހޭ ޔާމިނޫ .... ތަ ކިޔެން ނުންޖާ ކަރަންޓު ދޭން..

    4
    1
  2. އަހްމަދު

    ކުންފުނިތަކަށް ނާގާބިލްމީހުންލައިގެން ކުންފުނިތައްހިންގަން ފެށީމަ މިނާވަތުގެކަންތަކާ ޖުރިމަތިވާނެ މިވެސް 100 ދުވަހުގެ ވަޢުދެއްކަންނޭގެ

    8
    2
  3. ގ ކެނެރީގޭ ގަންޖާބޯ ވަގު

    ޖަޒީރާ ގޮތައް ފުޅިބައްތީގަ

    15
  4. ޒަމީރާ

    ބަދަލުކުރަންވާނީ ގޯސް ޙާލަތަކުން ރަގަޅު ޙާލަތަކަށެވެ. ރަގަޅު ޙާލަތަކުން ގޯސް ޙާލަތަކަށްނޫނެވެ. ދިވެހިންގެ އަތްތަކުން ދިވެހިން އަވަދިކޮށްފޫއެވެ.

    15
  5. ގގގގގ

    ޖަޒީރާ ވަންތަ ދިވެހިރާއްޖެ. ފުޅި ބައްތި އެބަހުރިތަ؟ ސާފު ތެޔޮއަޅާފަ ދިއްލައިގެން ތިބެންވީ. ތަރައްޤީ ބޭނުމެއް ނޫނޭ ގޮވީ. ﷲ ދެއްވާނީ އެބަޔަކު އެދި ގޮވާ އެއްޗެއް. ދޮގުހަދާ މަކަރުވެރި ދީނެއްނެތް ދިވެހި ގައުމުގެ ހާއިނުންނާއި ހާއިނުންގެ ބޮޑު މީހާގެ ދަނބިދަރިއަށް ވެރިކަން ދިނީ ކަރަންޓް އަލިކަންވެސް ބޭނުން ނެތީމަ ނު.

    15
    3
  6. ހަމްޒާ

    ޖަޒީރާ ރާއްޖޭގައި ކަރަންޓެއްބޭނުމެއްނުވާނެ ފުޅިބައްތި' ފާނޫޒްބައްތި' ބިގަރު ރަނގަޅުވާނެކަމައްފެނޭ

    55
    2
  7. ހަސަނު

    ކައުންސިލުން ވެސް އެހާ ބޮޑެތި ދޮގު މިރޯދަމަހު ހަދާކަށް ނުވާނެންނު އަދި މިރޯދަމަހު އެއްމެ ރެއކުވެސް އެއްކޮށް ކަނުއދިރީގައި ތިބޭކަން ނުޖެހޭ ! ބައެއްފަހަރަށް ކަރަންޓް ދޭ ކަރަންޓްލިބޭނެ ދުވަހެއްވެސް ނޭންގޭބުނެ ދޮގުހަދާކަށްނުވާނެ .ކައުންސިލުން ބުނަންވީ އިންޖީނުތައްވަނީ ކުދިވެފައޭ އެއީ ރަށުގައި ބޭނުންކުރާ މަތީ ކަރަންޓް ނަގާތަކެތި މިރޯދަމަހާ ދިމާކޮށް ގިނަވީމައޭ ! އެކަމަސް ހައްލެއްލިބޭނެ ދުވަހެއްނޭންގޭ މިގޮށް އެއްވެސް ހާލެއްގައި ކަރަޓެއް އެއްގޮތަކަށް ނުލިބޭ ލިބޭނެ ދުވަހެއްވެސް ނޭންގޭ ބުނެ ދޮގުހަދާގެން ތަންތަނަށް ަމއުލޫތު ދިނުމަކީ ކޮށްގެންވާނެކަމެއްނޫން!

    1
    1