ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ހަދާފައިވާ ރަސްފަންނަށް ފަސް އަޅާ، އެތަން ބީޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ފަށައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ރަސްފަންނު ބަންދުކުުރުމަށްފަހު މިހާރުގެ ސަރުކާރުން އެތަނުގައި ތަރައްގީ ކުރާނީ ސްވިމިން ޕޫލެކެވެ. ރަސްފަންނަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކުރަމުންދާކަން ސަރުކާރުގެ އޮފިޝަލަކު ވަނީ "ވަގުތު"އަށް ޔަގީން ކޮށްދީފައެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

މާލޭގައި ހިތްފަސޭހަ މާހައުލެއް ގާއިމް ކުރުމަށާއި، މޫދަށް އެރުމަށް ހާއްސަތަނެއް ތައްޔާރު ކުރުމަށް ރަސް ފަންނަ ހަދާ ހުޅުވާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. އޭގެފަހުން އެތަން އަންނަނީ ގިނަ ބަޔަކު ބޭނުން ކުރަމުންނެވެ. ރަސްފަންނަކީ 40 މިލިއަން ރުފިޔާ ހަަރަދުކޮށްގެން ގާއިމްކުރި ތަނެކެވެ. އެތަނުގައި ހިމެނޭ ޕެވެލިއަންގައި މިހާރުވެސް ގިނަ ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ވަނީ ހުޅުވިފައެވެ.

ރަސްފަންނަކީ މާލޭގެ ހަލަބޮލިކަމުގައި ދިރިއުޅޭ އެތައް ބަޔަކަށް ހިތްފަސޭހަ ކޮށްލުމަށް ޒިޔާރަތް ކުރާ ހިތްގައުމު މާހައުލެކެވެ. އެގޮތުން ރަސްފަންނަކީ އެ ސަރަހައްދުގައި އާއިލީ ބާބަކިއުތަކަށްވެސް ތަނަސްކޮށްދެވިފައިވާ ސަރަހައްދެކެވެ.

ސްވިމިން ޕޫލެއް މާލޭގައި އެޅުމަކީ ސަރުކާރުގެ ވައުދެކެވެ. އޮލިމްޕިކް ފެންވަރުގެ ޕޫލެއް ރާއްޖޭގައި ނެތުމުން އެތައް ބަޔަކު ޝަކުވާވެސް ކުރެވެމުންދާ އިރު، ހުޅުމާލޭގައިވާ ޕޫލު ދާދިފަހުން އާންމުންނަށް ހުޅުވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. އެޖެންޑާ 19

  ކިތަންމެ ހިތް ދަތިވިޔަސް ޔާމީނު ގެނައި ތަރައްގީ ނުގެނެވޭނެ. ހަމަ ކުރާނީ އަސަރު. ބްރިޖް ތަޅާލާފަ އެދޭތެރޭ ކަނދުފަތި ކަނބާ ގޮތަށް ހަދައި ޖަޒީރާވަންތަ ކޮށްދީބަލަ. ކެރޭނެތަ؟

  187
  20
 2. ރަހޫ

  ރަސް ޕޫލް ???

  57
  8
  • މނ

   19 ދިވެހިންގެ ލޭބޯލި ބާޤީ ބޮޑުސިއްކަ ގެ ފަޒުނާ އިނދެގެން އުޅޭ ބާޤީ. ސިއްކަ ޕޫލް

   31
   4
 3. ދދދދދދ

  ތިކަމުން އެނގެނީ ޔާމީނު ވަނީ ދައުލަތަށް ލާރި ހޯދަދީފަކަން. ތިމީހުންގަނޑު ކައިފަވެސް ސްވިމިންގޕޫލްވެސް ހެދޭވަރަށް ލާރި ހުރިކަން.

  130
  12
 4. ކިނބޫ

  ހިއެއްނުވޭ ސްވިމިންގޕޫލެއް ހަދާނެ ހެނެއް. އެވާނީ އެތަން ނައްތާލާތީ ނުރުހޭ ބަޔަކު އުޅޭނެތީ އެކަން ކުރުމަށް މަގުފަހި ކުރުމަށް ކިޔާ އެއްޗަކަށް. ޚަޒާނާގަ ލާރިއެއް އޮތިއްޔާ "ފޭރިގަނެގެން" ބޭބޭފުޅުގެ ބޭރު އެކައުންޓަށް ޖަމާ ކުރަމުން އެދަނީ. އެވަރު ބަޔަކަށް މި ގައުމުގަ ކަމެއް ކުރަން ޚަރަދެއް ކުރަން ކެރޭނެތަ؟ ނުކެރޭނެ

  115
  6
 5. ރޫހު

  ﷲ ގަންދީ ބުނަން! ބުރިޖުވެސް ނައްތާލުން އެއީ އެމްޑީޕީގެ ޕްލޭނެއް. ވަގުތު އައިސް ޖެހުނީމަ ވަރަށް ރީއްޗަށް ކިޔައިދޭނަން.. މިހާރު ތިޔަ ފެންނަނީ އޭގެ ކޮޅުމަތި! ބަލަންތިބޭ.. އަހަރެމެން މިތިބީ އަމިއްލަ އަށް ފައިން އެރިގެން... ދެން ހަމަ ފެލި ފެލި ތިބެންށޯ ޖެހޭނީ ...

  31
  2
 6. މުބީނު މާރނީ

  ފުރަތަމަ ކަމަކަށް ކޮން "ރަސް" އެއް ހުރިހާ ތަން ތަނަކަށް ކިޔާކަށް. މިޢީ އއ. ރަސްދޫ އަށް ނިސްބަތްވާ ތަންތަނެއް ނޫނޭ. ދެވަނަ ކަމަކަށް ޔާމިނު ހީފުޅު ކުރެއްވީ 2 ޓާރމް އަށް ރައީސް ކަން ކޮށްފައި 3 ވަނަ ޓާރމް ގައި ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލު ކުރަން ދެއްތޯ ؟ގުދުރަދުގެ ނިޔާ އައިސް ޖެހުނީމަކާ ކުރާނެ ކަމެއް ނޯންނާނެ.

  3
  48
 7. ޣުލި

  ތިތަނަށް ފަތިހު އޮށްއޮށަށް ލައްގަނީ ކޯއްޗެއްތޯ އީޕީއޭ އިންތެސްޓެއް ނަހަދާތަ. 300000 އެއްހާ މީހުން ލާ ސީ އެއްވެސް ވަރަކަށް ޓްރީޓް ނުކޮށް ބޭރުކުރާތަނެއްގައި ހިތްފަސޭހާ ރީތި ބީޗެއް އޮވެދާނެކަމަށް ގަބޫލެއް ނުކުރެވޭ. ތިތަން އަވަހަށް ބަންދުކޮށް ފެންފިލްޓަރ ކުރެވޭނެ ނިޒާމެއް ޤާއިމްކޮށް ހުޅުވަން ފެނޭ

  6
  28
 8. ސަންގޫރު

  ރަސްފަންނައް ފަސް އަޅާފަ އިންޑިޔާގަ އޮންނަ ޗާލާބާޒާރު ތިތާހަދާލާ..އޭރުން ޗާލާ ޖަޒީރާ އޮންނާނީ ހެދިފާ..

  31
  3
 9. ކިހާދެރަކަމެއް

  ތީ އެތަކެއް މީހުން ބޭސްފަރުވާއަށް ކަސްރަތުކުރަން ދާތަނެއް، ތިތަން ބަންދުކޮށްފިއްޔާ ކަލޭމެންނަށް ދޭ ތާއީދެއް ދެންނޯންނާނެ.
  ކޮންމެހެން ކުރާނެ ކަމެއް ނެތިގެން ތިޔަތަން ބަންދުކުރާނެ ކަމެއްނެތް-

  29
  1
 10. ކޮޔާ

  ވަށައިގެން މޫދު އޮންނަ ރަށްރަށް ﷲ ދެއްވާފައިވާއިރު ކޮން ސުވިމިންގ ޕޫލެއް ނުހެދިގެންތަ މިއުޅެނީ؟ މޮޔަވެގެން އުޅޭބައެއް މި މޑޕ މީހުނަނަކީ!!

  54
  1
 11. Anonymous

  ރަސްފަންނަށް ފަސްއަޅައިގެން ޖުވާނެ. ތިމާ މީހުނަށް ކަމެއް ނުކުރެވޭތާނގަ އެހެން މީހުން ރައްޔިތުންނަށް ކޮށްދީފަ ހުރި ކަންކަން ހަލާކު ކުރަންޖެހޭތަ.

  47
  1
 12. Anonymous

  ރައްޔިތޔންގެ ފައިސާއިން ރައްޔިތުންމަށް ރައްޔިތުން ހޮވި ވެރިން ކޮށްދީފަ ހުރި ކަންކަން ހަލާކު ކުރަން މިސަރުކާރުން މިދިމާކުރަނީ ކުރާނެ އެހެން ކަމެއް ނެތީތަ.؟

  49
 13. Anonymous

  މިވަރުގެ ވެރިން ދިވެހިން މިހޮވަނީ.ބރައްޔޮތުންނަށް ކަމެއް ކޮށްނުދޭތާނގަ އެހެން މީހަކުވެސް ރައްޔޮތުންނަށް ކަމެއްކޮށްދޯފަ ހުރެގެން ނުވޭ.

  37
 14. ތައިމޫރު

  ރަސްފަންނަށް ފަސްއަޅާ، ބުރިޖު ތަޅާލާ، ހުޅުމާލޭ ހައިވޭ ނައްތާލާ، ފްލެޓްތައް ވައްޓާލާ، ހުޅުމާލޭ ހިއްކިބިން އަލުންކޮނެފަ މޫދަށް ހަދާ، އާރަންވޭ ނަގާ އެއްލާލާ، ހުޅުލޭ ހިއްކި ސަރަހައްދުވެސް ފުންކުރޭ. ޢަދި އަތޮޅު ތެރޭގަ ހަދާފަ ހުރި ބަނދަރުތަކާ، ޢިމާރާތްތަކާ ނަރުދަމާތަކާ، ފުޓްސެލް ދަނޑުތަކާ ތަރައްޤީގެ ހުރިހާކަމެއް ފުނޑުފުނޑު ކޮށްލާ. ސަލްމާން ރަސްގެފާނުގެ މިސްކިތްވެސް ތަޅާލާ އެތަނާ ހެދި އާނިޔާއަށް ބޯޓް ޖައްސާތަން ނުފެނޭ ދެކޮޅަށް ތިބޭއިރު. ވެހިން ޔާމީންގެ ވަސްވެސް ފޮހެލަންވާނެ.

  46
  3
 15. ހުސޭނުބޭ

  ބަލަގަ ތިއީ ޖަޒީރާގޮތެއް ނޫނެއްނު! ރަސްފަންނުގައި ބޮނބި ފާލެއް ޤާއިމްކުރަންވީނު! ދެން ކެނބިނެޓް މިނިސްޓަރުން ކޮންމެ ދުވަހަކު ބޮނބިތަޅާ ރޯނުވެށީމާ ރައްޔިތުންނަށް އެނގޭނެ ޖަޒީރާވެއްޖެކަން!

  46
  3
 16. ނަމަނަމަ

  ކަރަންޓާއި ފެނުގެ ހިދުމަތްވެސް ކަޑާލަން ފެނޭ

  31
  1
 17. ސޭކްސްތާން

  މި މީހުން ގެންނަން މިއުޅޭ ތަރައްގީއަކީ ފަނާ ކުރުމުގެ ސަގާފަތެއް. ބަލަ ކަމެއް ކުރަންޏާ އެތަން އޮތްގޮތަށް ބާއްވާފަ ތަރައްގީ ކޮށްބަލަ. ކަލޭމެންގެ ހުންނަނީ ކުރަފި ސިކުނޑިތަ؟

  41
  1
  • ޙނ

   ކަލޭ ކުރަފި ވިސްނުން. ނުބައި ކޮށް އެއްޗެއް ރަނގަޅު އެ ކުރަނީ.

   1
   7
 18. ހަލީމާ

  މީ އަޅެ ކުރާނެ ކަމެއް ނެތިގެން ހޭދެބައިވެގެން އުޅޭ ބައެއްތަ.

 19. ނަޖިސްފަންނު

  ޕޫލެއް ހެދުން މާ ސަޅިވާނެ ޕަވަލިއަން ވަށައިގެން. ނަޖިސްފަންނު ބޭނުމެއް ނުވޭ

  1
  7
 20. ގާދިރު

  ރަނގަޅު ނިންމުމެއް

  2
  13
  • ހހހހހހ

   ހަސަދަވެރި ނިންމުމެއް. ރައީސް ޔާމީންއާ ހަސަދަމިވަނީ ދެން މާވަރަކަށް. މިވެރިން އުމުރު ދުވަހު ވެރިކަމުގައި ތިބިނަމަވެސް ނުކުރެވޭނެ ވަރަށް ރައީސް ޔާމީން ދިވެހިންނަށް ކަންކަން ކޮށްދެއްވާފަ ހުރީމަ އެކަމުގެ ހަސަދަ ދޯ މިބާލަނީ؟

   10
   2
 21. ގާރީ

  ތިމާވެއްޓޭ ކިޔައިގެން ބަނދަރުހެދުމާ ބިންހިއްކުން ހުއްޓާލީވެސް އެކަން ނުކުރާން. ތިކަންވެސް ނުކުރާނެ. ޚަރަދުކޮއްގެން ކުރާ ކަމެއް އެމްޑީޕީން ނުކުރާނެ. ބަަލަ މީހުންވެސް މަރުވޭ. ދެން މަރުވާތީއޭ ކިޔައިގެން އާސަންދަވެސް ނުދޭން ވީނު.

  7
  1
 22. ގަމާރު ސަރުކާރު

  ހަދާފައި ރައްޔިތުން އޭގެ ފައިދާ ނަގަމުން އަންނަ ތަންތަނަށް އިތުރަށް ބޮޑެތި ޚަރަދުތައް ކޮށް މިއޮތް ގަމާރު ސަރުކާރުން ބޭކާރު ޚަރަދު ނުކުރުމަށް ގޮވާލަން.. ދިވެހިންގެ ފައިސާ ހިތުހުރި ގޮތަކަށް ހަދައިގެން ނުވާނެ ތިޔައީ ކެނެރީގޭ ތިޖޫރީގައި ހުރި ފައިސާއެއް ނޫން ހިތަށް އެރި ގޮތަކަށް ޚަރަދުކުރާކަށް ބޭކާރު ޚަރަދުކުރުން ހުއްޓާލާ... އަދި މިވީހާތަނަށް ރައްޔިތުންނަށް ފައިދާ ވެ ރައްޔިތުންނަށް ކަމެއް ކޮށްދެވިފައެއްނެތް.