ސިއްޙީ ނިޒާމް އޮތީ ފެއިލް ވެފައި ކަމަށް ހެލްތް މިނިސްޓަރ އެއްބަސްވެ ވަޑައިގެންފިއެވެ.

ހެލްތް މިނިސްޓްރީން މިހެން ބުނެފައިވަނީ މިހާރު އެމިނިސްޓްރީގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، އައިޖީއެމްއެޗްގެ ސިއްޙީ ޚިދުމަތުގެ ހާލަތު ގޯސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގައި ބަލިތަކަށް ޚާއްސަ ޑަކްޓަރުން ނެތުމާއި އެކްސްރޭ މެޝިން ނެތުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ހެލްތް މިނިސްޓްރީއަކީ އައިޖީއެމް އެޗްގެ ތަރައްގީއާއި ވަސީލަތްތަށް ގާއީމު ކުރުމަށް ސީދާ ބައިވެރިވުން އޮތް ތަނެއް ނޫން ކަމަށެވެ.

"އައިޖީއެމްޗެއް ދުވަހުން ދުވަހަށް ހިންގުމުގެ ކަންކަން ހަވާލުކުރެވިފައިވަނީ ހެލްތް މިނިސްޓްރީއަކާއި ނޫން , ރައްޔިތުންގެ އުދާސްތަށް އައިޖީއެމްއެޗާއި ގުޅިގެން އެބަހުރި ރައްޔިތުނަށް ޝަކުވާ ކުރުމުގެ ހައްގު އެބައޮތް " މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަމީން ވިދާޅުވީ ރައްޔިތުންގެ އުދާސްތަކަށް ހައްލު ހޯދުމަށް ސަރުކާރުން ދަނީ ކެނޑި ނޭޅި މައްސަކަތް ކުރެވުން ކަމަށާއި ވޭތުވެދިޔަ ހަމަސްދުވަހު ރައްޔިތުން އެދޭ މިންވަރަށް ސިއްހީ ނިޒާމުގެ ކަންކަން ކުރެވިފައި ނުވެދާނެ ކަމަށެވެ.

"ސިއްހީ ހިދުމަތްތަށް ރައްޔިތުންނަށް ދިނުމުގައި ލަސްތަކެއް ހުރެދާނެ މިހާރު މިދަނީ ރައްރަށުގެ އަދި އައިޖީއެމްއެޗަށް ވަސީލަށްތަށް ހަމަކުރުމުގެ މަސައްކަތް ކުރެވެމުން " އަމީން ވިދާޅުވިއެވެ.

ސިއްހީ ނިޒާމަށް ބަދަލުތަކެއް އަންނަމުން ދާކަމަށާއި އެ ބަދަލުތަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސޭނުބޭ

  ތިއީ ކަންކަން ކުރަން ނޭގޭތީ ޔާމީނު ސަރުކާރުގައިވެސް ބޭރުކޮށްލާފައި ހުރި މީހެއް! މިހާރު އަލުން މިނިސްޓަރކަށް ހަދައިގެން ތި އުޅެނީ!

  49
  4
 2. ކޮބާތަ؟

  ކަން ކުރަންވީގޮތް ނޭގިގެން މުއައްސަސާތައް ބޮއްސުންލަނީ މި އެއްބަޔަކު އެކަމުން ސަލާމަތް ވާންވެގެން ކުރީ ސަރުކާރޭ އޭއްޗެކޭ ކިޔާ ނަގަނީ އަނެއްބަޔަކު ދައްކާނެ ނުދައްކާނެ ވާހަކަ އެއްނޭގިގެން އަމިއްލައަށް ބޭޒާރުވަނީ ދެން އޮތީ މައި ސަރުކާރު އެ މީހުން ކުރާ އެއްކަމެއްވެސް ނެތް ސުވާލެއް ކޮށްލާ އިރަށް އެއީ މިޔަނިމީހެކޭ ކިޔާ ޒިންމާއިން ރެކެނީ އަދި މިއުޅެނީ މިވެރިން ކިޔާ ގޮތުން ނަމަ 100 ދުވަސް ވެސް ނުވެގެން. ހެޔޮނުވާނެ ނުވާވަރުގެ ކަންކަން ކުރަން އެސޮރު އެބުނާ ފޮތިކޮޅުން ފޫނުގަޅަބަލަ.

  9
  1
 3. މަސްވެރިޔާ

  އަމީން ރަގަޅުވާނެ ދިވެހި ޓީޗަރަކަށް. ޑރ.އާންތު ޖަމީލް ހޯދާ....

  11
  1
 4. ޙައްގުބަސް

  ރައްޔިތުން ހޮވީދޯ މިސަރުކާރު! ޔާމީން ސަރުކާރު ގޯސްވެެން! ދެން މިހާރު ކޮން ކަންބޮޑުވުމެއް ރައްޔިތުން ފާޅުކުރަނީ! ގައިމު ޔާމީންގެ ސަރުކާރުގައި ސިއްޚީ ޚިދުމަތް ފޯރުކޮށް ދެމުން އައިއައުން މިސަރުކާރު ބަދަލުވުމާއެކު މަޑުމަޑުން ދަށަށް ދަމުންގޮސް ނޭވާހޮޅިއަށް މިދަނީ އެޅެމުން! މިހެން ނޫންތޯ ހުރިހާކަމެއްވެސް ދާތަން މިފެންނަނީ! ތަރައްގީގެ ދުވެލި މުޅިންހެން ކަހަލަގޮތަކަށް މަޑުޖެހިއްޖެ! ސަރުކާރު ކުންފުނިތަކުގެ މާލީހާލަތު ދަށަށް ދާން ފަށައިފި! ޔާމީންގެ ސަރުކާރުގައި ރާއްޖެ ގެނަސްފައިވާ މަހާޖައްރާފް ފަދަ އުޅަނދުތަކުގެ ބޭނުން ހިފަން ނޭގި އެތަކެތި އުދަނގުލަގަކަށް ނުވަތަ ބޮލުގެ ރިހުމަކަށް ވެއްޖެކަށް އެކުންފުނީގެ އިސްފަރާތުން ހާމަކުރަން ފަށައިފި! ވަރަށް ދެރަވަރުކޮށް ދާތަން މިފެންނަނީ! ގައުމަށް ހެވަށްއެދިގެން ބަޔަކު ވޯޓްލީނަމަ މިހެން ނުވީސް ކަންނޭގެ! ވަގުތީ ފައިދާއަށާ ސިޔާސީ ގޮތުން ކުފޫ ހަމަނުވާ ހިންގުމުގެ ވައްޓަފާޅިނެތް ރޯނު އެދުރުން ދެއްކި އަވާމެންދުރަށް ރައްޔިތުން ނުހެއްލުނުނަމަ މިހެން ނުވީސް! އަދި އަނެއްކޮޅުން އޮޅުވާލި ވޯޓް! ދެރަކަމެއް! ކޮރަޕްޓް!

  15
  1
 5. ފުނަދޫ މީހާ

  ކެޔޮޅުކިތައްމެމޮޅަސް ފަޅުވެރިންކަމުނުދިޔާމާ ސަމުގާކިތައްމެދަތަސް ފަރުމައްޗައްއަރާއުރުނީމާ ވަގުވޯޓޭ ވަގުވޯޓޭ ވަގުވޯޓޭ ވަގުވޯޓޭ ކެޔޮޅުކިތައްމެ މޮޅަސް

  8
  1
 6. ސިންގ

  ތިޔަނިޒާމު ފޭލި ވީމާ ރަގަޅުތާ ދެން އިންޑިޔާ އޮންނާނެ.

 7. ބުރޯ

  ސއްހީ ނިޒާމް ފެއްިލް ކޮށްލީ 2008 ގަ ވެރިކަމަށް އައި އެމްޑީޕީ ސަރުކާރުން 2008 ގެ ކުރިން އައި ދުވަހެއްދުވަހަކަށް ސިއްހީ ނިޒާމް ކުރި އަރަމުން އަނެއްކާ ފެބްރުއަރީ 7 2012 ގެ ފަހުން އެނިޒާމް އައީ ކުރިއަރަމުން ، އެހެން އަންނަނިކޮށް އެމްޑިޕީ ސަރުކާރު އިއާދަ ވުމުން އެނިޒާމް މިހާރު ފަހަތަށް ދާން އަނެއްކާވެސް ފެށިއްޖެ. ސަބަބކީ ބޭކާރުކަންކަމުގާ ވައުދު ފުއްދުމުގެ ނަމުގާ ދަވްލަތުގެ ފައިސާހޭދަކުރަން ފެށުމުން ،ތަރައްގީ އަށް ބެނުންވާވަރަށް ފައިސާ ދަވްލަތަށް އާމްދަނީ ނުލިބުން. އަދި ތަރައްގީގެ ޕްލޭނެއް މިސަރުކާރުގަ ނެތުން.