ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މާލެ، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓުގެ އެއް ވިއުގަޔަކުން ގުޅާލުމަށް ޗައިނާގެ މަޝްހޫރު ޑޮންފެން އިލެކްޓްރިކް ކޮމްޕެނީ އާއި ހަވާލުކޮށްފިއެވެ.

Error, group does not exist! Check your syntax! (ID: 115)

"ގްރޭޓަރ މާލެ ގްރިޑް ޕްރޮޖެކްޓު"ގެ އެއްވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ހާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަޙްމަދު ޒުހޫރު ސޮއި ކުރެއްވިއިރު، ޑޮންފެން އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ވެން އެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ހުޅުމާލޭގައި މިހާރު ޤާއިމްކުރަމުންދާ 50 މެގަވޯޓުގެ ޕަވަރ ސްޓޭޝަނާއި މާލެ ޕަވަރ ސްޓޭޝަން އަދި ހުޅުލެ އެއް ވިއުގަޔަކުން ގުޅާލެވިގެންދާނެއެވެ.

ޖުމްލަ 44.46 މިލިއަން ޑޮލަރަށް ޗައިނާގެ މަޝްހޫރު އިލެކްޓްރިކް ކުންފުނި ޑޮންފެން އިލެކްޓްރިކް ކޮމްޕެނީ އައި މިއަދު ހަވާލުކުރެވުނު މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ހުޅުމާލޭގައި ހަމަ އެ ކުންފުންޏާ ހަވާލުކޮށްގެން މިހާރު ޤާއިމްކުރަމުންދާ ފިފްތް ޕަވަރ ޕްރޮޖެކްޓްވެސް މި ޕްރޮޖެކްޓާ އެކުއެކީގައި ނިމިގެންދާނެކަމަށް މި ރަސްމިއްޔާތުގައި ސްޓެލްކޯގެ ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވިއެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު ހަވާލުކުރެވިގެންދިޔަ ޕްރޮޖެކްޓުގެ ތެރެއިން ހުޅުމާލެ، ހުޅުލެ އަދި މާލެއަށް ދެ ކޭބަލެއް އެޅިގެންދަނީ ދުރު ރާސްޓާއަށް އަމާޒު ކުރައްވައިގެން ކަމަށާއި، މިއިން ކޮންމެ ކޭބަލަކީވެސް 100 މެގަވޮޓްގެ ކަރަންޓް ޓްރާންސްފަރ ކުރުމުގެ ޤާބިލުކަން ލިބިފައިވާ ދެ ކޭބަލް ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ޗައިނާގެ ޑޮންފެން އިލެކްޓްރިކް ކޮމްޕެނީ (ޑީއީސީ) އާއި ހަވާލުކުރެއްވީ، އެންމެ ހެޔޮ އަގެއް އަދި ރަނގަޅު ޓަރމްސްތައް ހުށަހަޅާފައިވަނީ އަދި ހުޅުމާލޭގައި ފިފްތް ޕަވަރ ޕްރޮޖެކްޓް ކުރިއަށް ގެންދަނީވެސް ޑޮންފެން އިން ކަމަށްވާތީ، އެފަރާތާ ހަވާލު ކޮށްގެން މި ޕްރިޖެކްޓް ކުރިއަށް ގެންދަން ގަސްތު ކޮށްފިނަމަ، އަގާއި ވަގުތުގެ ގޮތުން ރަނގަޅުވާނެކަމަށް ކަމަށް ސްޓެލްކޯގެ މެނޭޖްމަންޓަށް ފެންނާތީކަމަށްވެސް ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވިއެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް ބޮޑު ހައްލެއް ލިބި، ސީދާ ރައްޔިތުންނަށް މަންފާ ކުރުވަނިވި މުހިންމު އަދި ސްޓެލްކޯގެ ތަސައްވުރާއި ގުޅިފައިވާ މި ޕްރޮޖެކްޓަށް ޑޮންފެން އިލެކްޓްރިކް ކޮމްޕެނީން ފައިނޭންސް ކޮށްފައިވަނީ ދިވެހި ސަރުކާރުން ގެރެންޓީ ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗައިނާ ކުންފުންޏަކަށް ލިބެންޏަ އެއީ ކޮރަޕްޓް ޑީލް އެއް. ކިތައްމެ އަގޫބޮޑަސް ދޮން މީހުންގެ ކުންފުޏަކަށް ލިބެންޏާ ރަގަޅު. ޙެހެހެ