ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މެލޭޝިއާގެ ހެލްތް މިނިސްޓަރާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރ އަމީން މެލޭޝިއާގެ ހެލްތް މިނިސްޓަރ ޑރ. ޒުލްކިފްލީ އަހުމަދާ ބައްދަލު ކުރެއްވީ ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގެ ތެރެއިންނެވެ.

ވޯލްޑް ހެލްތް އެސެމްބްލީ ފެށިފައިވަނީ އިއްޔެއެވެ. އަދި މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މި އެސެމްބްލީ ކުރިއަށް ދާނެއެވެ.

މިނިސްޓަރ އަމީން ވަނީ މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރަން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން ގާބިލުކަން އިތުރު ކުރަން މަޝްވަރާ ވެސް ކޮށްފައެވެ.

މި ބައްދަލު ވުމުގެ ކުރިން ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ބުނެފައިވަނީ އައިޖީއެމްއެޗާއި އެކު އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ ހާލަތު އޮތީ މީޑިއާތަކަށް އަޑު އިވޭ ކަންކަމަށް ވުރެން އަދި މާހާލަތު ދައްކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކިތަންމެ ބައިވަރު ހެލްތު މިނިސްޓަރުންނާ ބައްދަލުކުރިޔަސް ނާޤާބިލި މީހާ ޤާބިލެއްނުވާނެ! ކޮބައި މިހާރި އައިޖީއެމްއެޗް އައިސީޔޫގެ އެއަކޯން ރަގަޅުކުރެވިއްޖެތަ؟