ހުޅުމާލެއިން ފުޅިއަކަށް ސާފު އަޅައިގެން ގޮއްވާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:30 ހާއިރު ހުޅުމާލެ 16 ނަންބަރު ފްލެޓާއި 18 ނަންބަރު ފްލެޓު ސަަރަހައްދުން އެއްޗެއް ގޮއްވާލި ކަމުގެ އަޑުއިވިގެން އާއްމު ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައުލޫމާތާއި ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު ކުޑަ ފުޅިއަކަށް ސާފު ލިކުއިޑް އަޅައިގެން ގޮއްވާލާފައިވާ ކަމަށެވެ. އަދި މިހާދިސާގެ ތަހްގީގު ފުލުހުން ފަށާފައިވާ ކަމަށާއި އަދި ވަކި ފަރާތަކަށް މިހާދިސާގެ ތުހުމަތު މިހާތަނަށް ނުކުރާކަމަށެވެ.

މިހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްޔިތުމީހާ

    hadaan vanee yaameenu ah jessun kuri hadhaan ?

    27
    12
  2. ISIS

    alhugandumen thikamuge zimmaa nagaifin

    11
    18
  3. basIru

    thiee dhen govumeh noonehnun..mihaaru kokaakoalaa fulhi ah mentos alhaigenves kudhieen sakaraaijahan thikahala govvun govvaa..

    12
    7
  4. Kiyaanu

    Aharemen kuda oru avahtheri ahmadh thi bolah udhagoo vaararah ge ah uki..
    Eyru massala jessunu nama dw.
    Bulhaa..

    8
    1