ޖަޕާނުގެ ބައިސްކަލް ޕާކިންގ ފެސިލިޓީޒް ޕްރޮވިޜަން ފައުންޑޭޝަންގެ ފަރާތުން ބައިކް މޯލްޑިވްސް އަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ކެއިނޯ ޔަނާއި ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ އަރިހަށް އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިއްޔެ ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ގާއިމުވެފައިވާ ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުން ވަނީ އަލިއަޅުއްވާލާފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި، ޖަޕާނުގެ "ބައިސިކަލް ޕާކިންގ ފެސިލިޓީޒް ޕްރޮވިޜަން ފައުންޑޭޝަން" ގެ ފަރާތުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ހާމަކުރެއްވިއެވެ.

ޖަޕާނު ސަރުކާރުގެ ހުށަހެޅުއްވުން ތަކަށް މަރުހަބާ ކިޔުއްވަމުން ފަޒްނާ ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެކަމަށެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި ސްކޫލް ދަރިވަރުން ކުޅިވަރާއެކު ކުރިއަށް ދިއުމަކީ އިޖުތިމާއީ މުހިންމު ސިފަތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަކީމް

  ތިވެސް އުޅޭނީ ބަހާނެ ގޮތެއް ނޭގިގެން ކަންނޭގެ. އަތޮޅު ތެރޭ ކުދިން މަށަށް މަށަށް ގޮވަން ފަށާނެ، އެމީހުންނަށް ދީފައި ބަހައްޓާ

  4
  2
 2. ހާނިމް

  މާތް ރަސްކާލާކޮ، އަނެއްކާ މަމެންގެ ރަށަށް ނުލިބިގެން ހުރިހާ ކައުންސިލްތަކުން ތެޅި ފޮޅޭނެ ކަމެއްތިޔަ ވަނީ . 200 ބައިސްކަލު ނުވާނެ ހުވަނދަކަށް ވެސް.
  ތިވެސް މާލޭގެ ވެހިކަލްތަކުން ދޫކުރާ ވިހަގޭސް މަދުކުރަން ރައްޔިތުންނަށް ބާރުއެޅުމުގެ ގޮތުން ދޭ އެއްޗަކަށް ވާނީ ، އާހިރުގައި އެއްބައި ދާނީ ރާއްޖެ ތެރެއަށް.
  ރަށުގައި އަމިއްލަގެ ގެސްޓުހައުސް ހަދާފައި އައިސް ހުޅުމާލެއިން ފްލެޓް ލިބޭ ގޮތަށް އޮންނަ އޮތުން އެބަޖެހޭ ހުއްޓުވަން ، މާލޭ ރައްޔިތުން ބިކަހާލުގައި

 3. މިގޭ

  މިފަހަރު ގެނައި ކަދުރުން ރަހަވެސް ނުލިބުނު . ކުރިންވިއްޔާ ކައިފަވެސް 1 ޕަކެޓް ލިބުނު. ތިބައިސްކަލްތަކަށް ދެންވާނީ ކިހިނެއްކަން އެނެގޭ މީހަކު ނުހުންނާނެ. މިހާރުވެސް 1.8 ބިލިޔަން ރުފިޔާ ވީގޮތެއް ނޭގޭ ޖަމަލު ފޮޑި ސަރުކާރު.

  7
  2
 4. ހޯހޯ

  އަނެއް އުނދަގޫތިޖެހުނީ........މިހާރުވެސް މަގުތަކުގައި ދުއްވާ އެއްޗިއްސާހެދި ހިނގާބިނގާވެ ނޫޅެވޭ....އިތުރަށް މަގުމަތަށް ބްލޮކް ވުންނޫންކަމެއް ނުވާނެ...މިހާރުވެސް ބައިސްކަލުގައި އުޅޭ މީހުންގެ ސަބަބުން އޮފީސް ގަޑިތަކުގައި މަގުތައް ބްލޮކްވޭ ވަރަށް ބޮޑަށް.........ކާރެއް ފަދަ އުޅަދަކަށް ކުރިއަށް އެރޭނެ ގޮތެއްނޯވޭ..އެ ފިރުކިފަދާ ބައިސްކަލު އެހެން ގޯޅިއެއް އެޅުމުންނޫނީ....

  2
  5