މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

މާލެއަށް ވާރޭ ވެހޭއިރު އާންމުކޮށް ފެންބޮޑުވެއެވެ. މިގޮތަށް ފެންބޮޑުވާ މަގުތަކަކީ އަމިނީ މަގާއި އައިޖީއެމްއެޗް ހޮސްޕިޓަލް ހުންނަ މަގާއި މާފަންނާއި ދިމާލުގެ ގިނަ މަގުތަކެވެ.

މި މަގުތަކުގައި ފެންހިންދުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. އެކަމުގައި ހަރަކާތްތެރިވަމުން ދަނީ ސިފައިންނެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އިއްޔެ އާއި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާއިރު، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މާލެއަށް ވާރޭ ވެހުމުން މަގުތަކުގެ ފެންބޮޑުވާ މައްސަލައަކީ މިއީ ކޮންމެ ސަރުކާރެއް އޮތްކަމުގައިވިޔަސް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެކެވެ.