މާލޭގައި ކުދިކުދި ބިން ކޮޅު އޮންނަ ފަރާތްތައް ބިން ދޫކޮށްލުމުން ހުޅުމާލެއާއި އެހެނިހެން ސަރަަހައްދުން ބިންތައް ދޭ ގޮތަށް ހިންގާ ޕްރޮގްރާމުން ދޫކޮށްލާނެ ތަންކޮޅު ނެތް މީހުންނަށް ވެސް ބިން ދޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެއް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ކުދިކުދި ބިންތައް އޮތް މީހުން އެ ބިންތައް ދޫކޮށްލުމުން ބިން ލިބޭ ޕްރޮގްރާމް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ޕްރޮގްރާމް އަލުން ފަށާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯ،ލިހު މި އަހަރު ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެހެންވެ އެ ޕްރޮގްރާމްގެ ތަފްސީލު ދެއްވަމުން ހަލީމް މިއަދު މިނިސްޓަރުގެ އަރިހުން އެދިވަޑައިގަތެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި އަސްލަމް ވިދާޅުވީ އެ ޕްެރޮގްރާމް ފެށުމަށް މިހާރު ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ޕްރޮގްރާމްގެ ތަފްސީލުތައް ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ފަހަރު އެ ޕްރޮގްރާމް ހިންގާނީ ކުރިން ހިންގި ގޮތާއި ކުޑަކޮށް ތަފާތުކޮށް ކަމަށެވެ.

"އޭގެ ތެރޭގައި ހަމައެކަނި ތަނެއް ދޫކޮށްލާ މީހުންނަށް އެކަންޏެއް އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީކީ އެއް. މާލޭގެ ރައްޔިތުންގެ ތެރޭގައު އެބަހުރި ދޫކޮށްލާނެ ތަނެއް ނެތް ރައްޔިތުން ވެސް. އަދި ވާރުތަވާނެ ތަނެއް ނެތް މީހުން ވެސް. އެމީހުންވެސް ހިމެނޭ ގޮތަށް މިފަހަރު އެ ޕްރޮގްރާމް ހިންގާނީ ހަމައެކަނި ތަންކޮޅެއްް އޮތީމަ އެތަން ދޫކޮށްލީމަ ލިބޭ ވިސްނުމެއް ނޫން." މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު އަންނަނީ މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ވެސް ތައްޔާރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހިމް

    ގައުމުގެ ބައިތުލްމާލުން ހަރަދުކޮށްގެން ހިއްކާ ބިން މިގޮތަށް ވަކި ރަށެއްގެ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ދޫނުކުރެވޭނެ. މާލޭގައި ވިޔަސް ރާއްޖެތެރޭގައި ވިޔަސް. އެރަށެއްގައި ވަކި މުއްދަތަކު ދިރިއުޅެފައިވާ ވަޒަންވެރިންނަށް ކުރިމަތިލެވެންޖެހޭނެ.

    19
    3
    • ރައްޔިތުމީހާ

      ކޮންމެ ރަށެއްގެ ބިން ހިއްކަނީވެސް ބައިތުލްމާލުން ޚަރަދުކޮށްގެން ... ދެން އެތަންތަނުން ބިން ލިބެންޖެހޭނެކަމަށް ވަކާލާތުނުކޮށް ގޯތިގެދޮރުގެ މައްސަލަބޮޑުވެފަވާ ބަޔަކަށް ބިންކޮޅެއް ލިބިދާނެތީ މޭކަރައިގެން ތިއުޅެނީ...

  2. Anonymous

    ރާއްޖެތެރޭ މަާލެޭ ބޭފުޅާ ދިވެހިން ހަމަހަމަ ކަމެއްގަ ކަލެއަކައް ތަފާތުނުކުރެވޭނެ ކަލޭތިއުޅެނީ ދިވެހިންގެ މެދުގަ ނަސްލީ ފިތުނަ އުފއްދަން އިސްތިއުފާދީ

    17
    3
  3. ހައިވަކަރު

    މާލެސަރަހައްދުން ބިން ދޭންޖެހޭނީ މާލޭ މީހުންނަށް އެކަންޏެއްނޫން. ރަށްރަށުމީހުންނަށް ރަށްރަށުން ބިން ދިނެއްކަމަކު ރަށްރަށުގައި އުޅެވޭކަށް ނެތް. ތަޢުލީމުދެވޭކަށްނެތް، ޞިއްޙީ ޚިދުމަތެއްނެތް، ވަޒީފާގެ ފުރުޞަތެއް ނެތް. އެހެންވެ އެންމެން މިޖެހެނީ މާލެސަރަހައްދަށް ހިޖުރަކުރަން. އެހެންވީމާ ރަށްރަށު މީހުންނަށްވެސް މާލެ ސަރަޙައްދުން ބިން ދޭންޖެހޭނެ. މާލޭމީހުންނަށް ބިންބޮޑެތި ރަށްރަށުން ގޯތި ދީބަލަ އެމީހުން އެތަންތަނުގަ ދިރިއުޅެން ދޭތޯ ބަލަން. ނުދާނެ.

    15
    2
    • Anonymous

      ރައްރަށުގަ ލިބޭނެ ބިންކޮޅެއްނެތްނަމަ، ނޫނީ ލިބިފައޮތްތަން ދޫކޮއްލަން އެއްބަސްވާނަމަ ރައްރަށުގެ މީހުނައްވެސް މާލޭންދޭންވީ. މާލޭގެ ރައްވެހިންނައް ގޯއްޔާ ފްލެޓް މާލޭން ދެނީވެސް އެއުސޫލުން. ހަރަދު ނުކުރެޔޭ ނުކިޔެވޭ ބުނެއުޒުރުދައްކަންޔާ، ދައުލަތުގެ ލާރިން ސްކޫލާ ހޮސްޕިޓަލާ އަދި އެތަންތަނައް ހަރަދު ކުރުން ހުއްޓާލާފަ މާލެއައް ހަރަދުކުރޭ، އޭރުން ރައްރަށު މީހުނައްވެސް މާލޭމީހުން ބާކީކޮއްފަ މާލޭން ގެދޮރުދޭންވީ.

  4. ޖަވާދު

    މައިންބަފައިންގެ ފަރާތުން ލިބިފައި އޮންނަ ކުޑަބިންކޮޅު ދޫކޮށްލަން ޖެހޭ ސަބަބެއް ނުވިސްނޭ ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ބޯހިޔާވަހި ކަމުގެ ޙައްޤު ހޯދުމަށް! ސަބަބަކީ، އެއީ ހިލޭ ދެވޭ ބިމަކަށް ވާތީ! މިސާލަކަށް 250 އަކަފޫޓު ބިންކޮޅެއް ލިބޭމީހާ އެތަން ކޮޅެ ހަދަން 2 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން މިހެދެނީ 3 ފްލޯރ، ފްލޯރ އެއްގައި އެއްކޮޓަރި. މިވަރުން ދެމަފިރިންނާއި ދަރިންނަށް އުޅެވޭވަރެއްނުވާނެ! ދެން މިތަން ކޮޅު ދޫކޮށްލާފަ ތިޔަ ދޫކުރާ ބިމެއް ލިބުނީ،މަ އެވަނީ ސަރުކާރުން ހިލޭ ދިންބިމަކަށް ނޫން! އެއީ 2 މިލިއަން ޚަރަދުކޮށްފަ ސަރުކާރުން ގަތްބިމަކަށްވާނީ! ސަބަބަކީ އެ ދޫކުރި ތަން ސަރުކާރުން ކޮންމެސްމީހަކަށް ވިއްކާފަ އެފައިސާ ވަންނަނީ ސަރުކާރަށް! މިފައިސާ އެ ދޫކޮށްލާ މީހާއަށް ދޭނަމަވެސް އެންމެ ރަގަޅު، އޭރުން އެބިން ޢިމާރާތް ކުރަން އަނެއްކާ ބެންކަށް ނުދަރާ ވާނެ! މީ އެއްގޮތަކަށްވެސް ހަމަޖެހޭ އުޞޫލެއް ނޫން
    ދެން މިއުޞޫލު ކަމުނުދާ އަނެއް ކަމަކީ، މީގެ ކުރިން އެކި މަޝަރޫޢުތަކުން ފްލެޓް ލިބިފައި ހުއްޓާ އޮފީސްތަކަށް ޚާއްޞަ ކުރި ފްލެޓްތަކުން ވަރަށް ގިނަބަޔަކަށް ފްލެޓް އަނެއްކާ ލިބުނު އިރު ކުރިން ލިބިފައި ހުރި ފްލެޓް ދޫކޮށްލާކަށް ނުޖެހޭ! އެހެންވީމާ ދިވެހި ރައްޔިތުންނަކީ ޤާނޫނުގައި ހަމަހަމަ ބަޔަކަށް ވާއިރު އެކި މީހުންނަށް އެކިގޮތަށް ޢަމަލު ކުރުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫން!

    12
    2
  5. އައިމޯ

    ބިންކޮޅެއްނެތް ހާދަގިނަބަޔަކު އުޅޭ ، ކިހިނެއްބާ ބިންތައްދޭނީ

    11
  6. ހަސަނު

    ކަންކުރާނެ ގޮތުގެ ތަފްޞީލް ދިނުމުގައި 5 އަހަރުގެ ދައުރެއް މިއޮއް ނިމިގެންދަނީ . ލަދުގަންނަންޖެހޭ ދޯ އަސްލަމް މެން

    12
    1
  7. ރަދީފް ހުސެން

    އެންމެނައްވެސް ފްލެޓްވެސް ބިންވެސްދެޔޭ އެކަމު ހަމަދެނީ އެއްތާކުގަ އެނބުރާ އެއްބަޔަކަށޭ. އެންމެންވެސް ސަރުތު ހަމަވެޔޭ، އެކަމު ލިބެނީ އެއްބަޔަކަށޭ. ކުރިން ފްލެޓް ލިބުން ދެމަފިރިންތެރޭން ފްލެޓްކުރިން ލިބުނުމީހާ ނޫންދެންހުރިމީހާޔައް މިފަހަރުވެސް ހިޔާ ފްލެޓުންވެސް ދިނޭ އަދި ނައިފަރުންވެސް ހަމައެމީހުނައް ލިބުނޭ. ނުލިބޭ ބަޔަކައް ހަމަލިބޭނެ އެއްގޮތްވެސް ނެތޭ

    16
  8. ނަސީމާ

    މާލެ މާލެ މާލެ ބޮޑު ކަމެއްނުން މިއަި. ކޮބާ އެހެން ރައްރަށުމީހުން. ގދ. ތިނަދަުގައި ބިން ހިއްކާފަ އޮންނަތާ 7 އަހަރު ވީއެވެ. ގޯތި ނުދެވިގެން ތިއުޅެނީ ކީއްވެހެއްޔެވެ

    15
  9. Anonymous

    ތީ ތިމީހުންގެ އާއިލީ މީހުންނަށް ބިން ދޭންވެގެން ކުރާ މަކަރުވެރި ކަންކަން.

    17
  10. ޛަމަލް

    ވެށިފަހި މާލެ ފުރޮގްރާމްގެ ދަށުން ހިންގި ޖަރީމާ ފެންނާނެ ހުޅުމާލެ ނެބައިރހުޑް 2 ބަލާލީމަ

    13
  11. ހަސަނާ

    ތިރައްޔިތުން ހައްދަން ދެނެއް ވޯޓެއް ނުލިބޭނެ.ބާކީ ބައި އަހަރު އޮތީ.ދެން ހޯހޯ ރައްޔިތުންނަށް އޮޅުވާނުލާ އެމްޑީޕީއަކަށް ވޯޓެއް ނުދެއްވާތި ރައްޔިތުންނޭ.އެމްޑީޕީ އައުޓް

    13
    1
  12. ޙަބީބު

    ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން: އަސްލަމް
    https://vaguthu.mv/news/732433

  13. ނަސްފާ ކާމިލް

    މާލެއަށް އުފަންވުމަކީ ދުނިޔެމަތީ ލެއްވި ބޮޑު ނިއުމަތަކަށްވެފައި މިވަނީ. ބިލިއަން ރުފިޔާގެ އަގުބޮޑުބިން ހިލޭ މިލިބެނީ ހަމައެކަނި މާލޭ މީހުންނަށް. ދުނިޔޭގެ ނިސްބަތުންވެސް އަގުބޮޑު ބިން މާލޭމީހުންނަށް ހިލޭ ލިބުމަކީ ތަފާތުކުރުމުގެ އިންތިހާ. ރަށްރަށުގެ މީހާއަށް ލިބޭ ބިމުގެ އަގެއްނޯވޭ. ދެލައްކައަށްވެސް 3000 އަކަފޫޓު ވިއްކާނުލެވޭ، ކުއްޔައްވެސް ނުދެވޭ. މާލެއިން ބިން ހިލޭ ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. މުޅިދައުލަތުގައި އޮތް އެންމެއަގުބޮޑު ހަރުމުދާ ޕޮރޮޕަޓީ ހިލޭ މީހުންނަށް ދިނުމަކީ ވަރަށް ދެރަކަމެއް. ބިންޖެހޭނީ ވިއްކަން. އެކި ސަިއޒުން ބިން ވިއްކަންވީ. ގަނެވޭވަރު ސައިޒުތަންކޮޅެއް ގަންނާނީ. 500އަކަ ފޫޓު ގަނެވޭމީހާ އެވަރު..1500އކފ ގަނެވޭމީހާ އެވަރު. ހިލޭ ބިން ދޭއުސޫލު ނިމުމަކަށް ގެންނަންޖެހޭ މިރާއްޖެ ފަދަ ބިން ނެތް ގައުމެއްގައި.

    12
    6
  14. ނަޝީދު

    ނިކަން ދީބަލަ. ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްލާނަން..
    12 މިލިޔަން ރުފިޔާއިން މަތީ އަގުގެ ބިން ބޯހިޔާވަހިކަމުގެ ނަމުގައި ވަކި ބަޔަކަށް ނުދެވޭނެ. މުޒާހަރާވެސްކުރާނަން. މަގުމަތިން ދިމާވެސްކުރާނަން.

  15. ޑައެލޯގް

    އެމްޑީޕީ ހިއްކައިގެން ދިންބިމެއް މާލެސަރަހައްދަކު އަދިނެތެވެ. އަދި އަމިއްލައަށް ފައިސާހޯދައިގެން ކުރިކަމެއްވެސް ނެތެވެ. ހައްތާވެސް ފެންނަނީ ޔާމީނު ކޮށްފައިހުރިމަސައްކަތުގެ ރިބަންކަޑާތަނެވެ. މަހާޖައްރާފުން ބިންހިކަނީއެވެ. ގޯތިދެނީވެސް ޔާމީނުހިއްކިބިމުންނެވެ. ކާޅުހާލިހެދީމަ ކޮވެލިބިސްއަޅަނީއެވެ.

  16. ރައްޔިތުމީހާ

    ތިޔަހެން ކިޔާ އަޑު ނީވޭތާ ދުވަސްކޮޅެއް ވެއްޖެ... އަނެއްކާވެސް ފެށުނީ އުތަ؟

  17. ކާން

    ކޮންމެ އެއްޗެއް ދިނަސް އެއީ ކަލޭމެންނާ ބެހޭކަމެއް ނޫން، ހަމަ އެއްޗެއް ޖަހާލާ އިރަށް މާލެ މީހުން މާލެ މީހުންނޭ ކިޔާފަ މި ތެޅިފޮޅެނީ. ކަލޭމެން މި ރަށް ހަޑިކޮށް ސުއްނާ ފަތި ކުރާ އިރު އެއްޗެކޭ އެބަ ބުނަންތަ؟ ނުބުނަމެއްނު. އެކަމު ތިއިން ރަށަކަށް އަރާލިޔަށް މަގެއްގެ މަތިން ނުދެވޭނެ "ތީ ކޮންރަށެއްގެ ކުއްޖެއް؟" "ކޮންރަށަކުން؟" ނާހާނެކަމަކަށް. އަހަރެން އެބް ގޮސް ހުންނަންތަ 1 ނަންބަރު ޖެޓީގެ އަންނަހާ މީހެއްކައިރީ ތީ ކޮންޜަށަކުން އަި މީހެއްތޯ އަހަން.

  18. ލައިވް

    ކަލޭމެންނަށް ކޮންކަމެއް ދެން؟ ހަމަ އެއްޗެކޭ ބުނާ އިރަށް މާލޭ މީހުންނޭ މާލޭ މީހުންނޭ ކިޔައިގެން ފަށައިގަންނަނީ. އަމިއްލަ ރަށް ކަމަސް ބަލައިގެން ރީތިކޮށް ކަމޭހިތައިގެން ރަށް ބަލަހައްޓަނީކީނޫން، ތިއިން ރަށަކަށް ގޮސްލޮޔަށް "އޭ ކޮންރަށެއްގެ ކުއްޖެއް" ނާހާ މީހަކާ ދިމާނުވާނެ. އަހަރެމެން ތިބެންތަ ގޮސް ޖުމްހޫރީ މައިދާނުގެ އަންނަހާ މީހެއްކައިރީގަ "ކަލޯ ކޮންރަށެއް؟" އަހަން.