މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ސަރަހައްދެއްްގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމަކު ތަކުލީފު ނުޖެހޭ ގޮތަށް، ރައްޔިތުންގެ ބައިވެރި ކޮށްގެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެެއެވެ.

މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސިޓީ ކައުންސިލާ އާރްޑީސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަަވަމުން ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ އެ މަސައްކަތުގައި ޝާމިލްވާ ހުރިހާ ފަރާތްތަކާއި އެކު ގުޅިގެން ކަމަށާއި، މަސައްކަތް ކުރައްވާނީ ބާރު ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ގެންގޮސް ކުރު މުއްދަތެއްގެ ތެރޭގައި މަގުތައް ނިންމާލުން ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން 105 މަގެއް ހަދާނެއެވެ.

"ހުރިހާ މަގެއް އެއް ފަހަރަކާއި ކުރިއަށް ގެންގޮސް، ސްޓޭކް ހޯލްޑަރުންނާއެކު ކުރެވޭ މަސައްކަތުގެ ނަތީއްޖާ އަކަށް ވާނީ ގިނަ ވެގެން ދެ އަހަރު ތެރޭގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުން" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ދެއްވި ޔަގީން ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކާއެކު ގުޅިގެން ބަދަހިކޮށް މަސައްކަތް ކުރެވޭނެ ކަމެވެ.

"ވަރަށް މުހިއްމުކަމެއް އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކުރުން"

އޭނާ ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމުމަކީ މާލޭގެ އާބާދީއަށް ބަލާއިރު ގިނަ ބަޔަކަށް އޭގެ ތަކުލީފު ދިމާވާނެ ކަމެއް ކަމަށެވެ. މަގުތައް ބަންދު ކުރުމަކީ ރައްޔިތުންނަށް ތަކުލީފްތަކެއް ދިމާވާނެ ކަމެއްކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން އެކަން ކުރިއަށް ގެންދާކަމަށްވާނަމަ ނަތީޖާ ފޮނިވާނެ ކަމަށެވެ.

"މަޝްރޫއު ކުރިއަށްދާނީ ރައްޔިތުންނަށް ގުޅިގެން، މަސައްކަތް ކުރިއަށްދާގޮތް ކުރިއާލާ ރައްޔިތުންނަށް އަންގައިދީގެން، ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދާނީ" މުއިއްޒު ޔަގީންކަން ދެއްވިއެވެ.

މި މަޝްރޫއުގެ ދަށުން 16 މަގެއްގައ ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ މި މަޝްރޫޢުގެ އަމާޒު ކުރިން ހުރީ މަގުތަށް އެންމެ ރަނގަޅު ފެންވަރަކަށް ހެދޭގޮތަކަށް ނޫނެވެ. އެހެންވެ ކައުންސިލުގެ އަމާޒު ބަދަލުކޮށް ނިންމީ ދާއިމީ ހައްލެއްގެ ގޮތުގައި ބޮޑެތި މަގުތަކުގައި ތާރު އަޅާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުމީހާ

    މާލޭގެ ރައްޔިތުންނައް ރައްރަށުގަ ގޯތިދޭހެން ގޯތިދޭން ފައްޓަނީކޮންދުވަހަކުންތޯ މިބޭއިންސާފް ނާތަހުޒީބް ނަސްލީތަފާތްކުރުންނައްތާލާނީކޮންދުވަހަކުންތޯ މަލޭގެރައްޔިތުންނައް އިންސަފްހޯދާދެއްވިދާނެތޯ މިކަމުގައި ވެދުން

    • ހިލޮލތޮ

      ރާއްޖެ ތެރޭގަ ބިން ހުސްވެފަ އޮތް ރަށަކުން ގެތިދިން ރަށެއް އިނގޭތޯ؟

  2. ޑީސަލް

    މިހާރުވެސް މިއުޅެނީ ސްކޫލްކަންތަކުގައި ބައިވެރިވާން ޖެހޭލެއް ގިނަވެގެންގޮސް ބޯސަކަރާތްވެގެން، އަނެއްކާ މަގުހަދަން ............