މާލެ ސިޓީގައި ބުޅާ ގިނަވެ، ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކަމުގެ އުނދަގޫ ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭގައި ކެޓް ޝެލްޓާއެއް އަމިއްލަ ހަރަދުގައި ހަދައި ސިޓީ ކައުންސިލުންދޭ އުސޫލެއްގެ ދަށުން އެ ތަން ހިންގާނެ ފަރާތެއް ހޯދަން ކައުންސިލުން ކުރިން އިއުލާން ކުރިއެވެ. އެކަމަކު، މިއަދާ ހަމައަށް އައިއިރު ވެސް އެކަން ކުރާނެ ބިމެއް މާލެ ސިޓީން ހަމަޖެހިފައެއް ނުވެއެވެ.

މާލޭގައި ބުޅާ ގިނަވެ، އޭގެ އުނދަގޫ އިންތިހާ އަށް ރައްޔިތުންނަށް ވަނީ ފޯރައިފައެވެ. ބުޅަލުގެ ސަބަބުން މާލޭގެ މަގުތައް ނަޖިސްވުމުގެ އިތުރުން އާންމުންގެ ބައެއް މުދާ ވެސް ބައެއް ފަހަރު ހަޑިވާ ފަހަރު އާދެއެވެ. މާލޭގެ މަގުމައްޗަށް ނެރެފައި ހުންނަ ކުނި ކޮތަޅު ފަޅާލައި، މުޅި ސަރަހައްދު ހަޑި ކުރުމަކީ ވެސް މި ފަހުން ބުޅާތައް ކުރަމުން އައި ކަމެކެވެ. މާލޭގެ މަގުމަތީގައި ބުޅާ ގިނަވުމަކީ އާންމުން އިންތިހާ އަށް ކުރާ ޝަކުވާއެކެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ސްޓްރޭ ބުޅަލުގެ މައްސަލައަކީ އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމުން އެ މައްސަލަ އަށް ހައްލު ހޯދަން ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ. މިކަމަށް ހައްލެއް ގެންނަން ބަލާ އިރު ބަޖެޓުގެ ދަތިކަމާއި ކެޓް ޝެލްޓާއެއް ހަދާނެ ބިމެއް ނެތުމުގެ ދަތިކަން އެބައޮތް ކަން މޭޔަރު މުއިއްޒު ވަނީ ފާހަގަ ކުރައްވައިފައެވެ.

"މިއީ ޕްރޮފެޝަނަކީ ކުރަން ޖެހޭ ކަމެއްވީމަ ހަރަދުތަކެއް ވެސް ހިނގާނެ ކަމެއް. އެހެންވީމަ ކޮންމެވެސް ވަރެއްގެ ބިމެއް ކަނޑައަޅައި އެ ތަނުގައި ޕްރޮފެޝަނަލް މިންގަނޑަކަށް ބުޅާތައް ބެލެހެއްޓި މެނޭޖް ކުރެވޭނެ ގޮތެއް ހަދައިގެން ނޫނީ ސަސްޓެއިނަބަލް ގޮތަކަށް މިކަން ކުރަން (ޖެހޭ)" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގައި ކެޓް ޝެލްޓާއެއް ހެދުމަކީ ކުރީގެ ކައުންސިލުން ވެސް ކުރި މަސައްކަތެކެވެ. އެ ކައުންސިލަށް ހުށަހެޅި ޕްރޮޕޯސަލްއެއްގައި މިކަމަށް 8،000 އަކަ ފޫޓުގެ ބިމެއް ދިނުމަށް އެދި ހުށަހަޅާފައިވެއެވެ. އެކަމަކު މިކަމަށް އެންމެ އެކަށީގެންވަނީ 3،000 އަކަ ފޫޓުގެ ބިމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ބުޅަލުގެ ސަބަބުން މާލޭގެ މަގުތައް ނަޖިސްވެ، އާންމުންނަށް އިންތިހާ އަށް އުނދަގޫ ފޯރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތަށް ވެސް ނުރައްކާ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ބިމުގެ ވާހަކަ ނުދައްކައި ބުޅާތައް މެނޭޖް ކުރާނެ ގޮތެއް އޮތްތޯ ބަލައި އެކަމަށް އެދި ހުޅުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެޓް ސާވިސްގެ ހިދުމަތްދީ ބުޅަލުގެ ކަންކަން ވެސް މެނޭޖް ކުރެވޭނެ ގޮތަށް ސިޓީ ކައުންސިލުން ހުޅުވާލަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝީދު ވިދާޅުވީ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ބުޅާތައް ގެންގުޅެން ވަކި ހާއްސަ ރަށެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. ބުޅަލަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގެންގުޅެން ހެޔޮވާ ވަރުގެ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބުޅަލުގެ ސަބަބުން "ކުޑަކުދިންގެ ލޯ އަނދިރިވެ، އަންހެނުންނަށް ދަރިން ނުލިބޭ" ހާލަތަށް ގޮސް ގިނަ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމަށާއި ރާއްޖޭގައި ބުޅަލަށް ވެކްސިންދީ ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ނެތް ކަމަށް ސައީދާ ވިދާޅުވިއެވެ.

"ހުޅުމާލެ، ވިލިނގިލި، މާލޭގައި އެ އެއްޗެހި ގެންގުޅޭކަށް އަޅުގަނޑަކަށް ނުފެނޭ. ތިލަފުށި ނޫނީ ފަޅު ރަށެއް ހޯދައިގެން ކެޓް އައިލެންޑެއް ހަދައި ގެސްޓުން ލައްވައި ޓުއާ ހެއްދީމަ ލާރި ވެސް ލިބޭނެ." ކައުންސިލަރު ސައީދާ ވިދާޅުވިއެވެ.

ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް ވިދާޅުވީ ކެޓް ޝެލްޓާ އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިމެއް ހަމަޖައްސައި ދިން ކަމަށެވެ. އަދި އެ ބިމުގެ ޑިޒައިން ހަދަމުން އަންނަ ކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ބިމުގެ އަގަކާ މެދުގައި އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ނާޒިމާ ވިދާޅުވިއެވެ. ކެޓް ޝެލްޓާއެއް ހަދައި އާންމުންނަށް ހިދުމަތްދޭން ފަށައިފި ނަމަ ކައުންސިލަށް ވެސް އާމްދަނީ ހޯދިދާނެ ކަން ނާޒިމާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ކައުންސިލަށް އެއްބަސްވެފައި ވަނީ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް އެޅޭނެ ފިޔަވަޅުތަކުގެ ޕްރޮޕޯސަލްއެއް ހުށަހަޅަން އިއުލާން ކުރުމަށެވެ. އެއާއެކު ވެޓްގެ ސާވިސް ގާއިމް ކުރެވޭނެ ގޮތަށް އަމިއްލަ ހަރަދުގައި އެކަން ކުރާނެ ފަރާތެއް ހޯދަން އިއުލާން ކުރަން ވެސް ނިންމިއެވެ.

މި މައްސަލަ ފާސްވެފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަހުމަދު

    މާލެ ސިޓީކައުންސިލުން އެއްވެސް ވަރަކަށް ވިސްނާތޯ މާލޭގަ ދިޔަދޮވި ނުލާ ހުންނަ ގޭގޭގަ ދިޔަދޮވިލައްވަން އަދި އެއާރކޯނުން ފާބާ ފެންތަށް މީހުންގެ ބޮލަށް ނޭޅޭ ގޮތް ހަދަން؟

    50
    2
    • ސަމްކުޅިބޭ

      މީ ވަރަށްބޮޑުވެއްޖެކަމއް.ޚާއްޞޮކޮށް ހަނިގޯޅިތަކުގައި ހުންނަ އޭސީތަކުން ފެންފައިބާމައްސަލަ ވަރށްބޮޑު ސްކޫލްކުދިންގެ ޔުނީފޯމުވެސް ތެމިގެން މިދެވެނީ. އަދިހަނިގޯޅިތަކުގައި ސައިކަލްތައްހުރީމާ މީން ސަލާމަތްވާނޭ އެއްގޮތެއްވެސް ނެތް. މިދޭތެރެއަކުން ވިއްސާރަކުރި ރެއެއްގައި ދިލްކުޝާ ގޯޅިގައި ހުންނަ ގެއެއްގެ ދިޔަދޮވިން ބައެއްއޮތީ ވެއްޓިފައި. އެދިޔަދޮވީގައި ނިކަގަސްހެދި ބޮޑުވަމުން އައިސްފައިވަނީ. އެދުވަހު އެދިޔަދޮވިގަނޑު އެތާ ކައިރިއަށް އެއްފަރާތް ކޮށްލިގޮތަށް އަދިވެސް ނުނަގާ އެބައޮތް. އެގޭ މީހުން އަޅައެއްނުލާ. ދެން ސިޓީކައުންސިލުން ނޫނީ ވެމްކޯ އިން އެނަގަންވީ. އެގޭމީހުން ނަށް އެތަނުން ބަރާބަރަށް ކުލިލިބޭ. އެކަމަކު ދިޔަދޮވި ގަނޑެއް ނުނެގޭ. މީކަންތައް ހުންނަގޮތަކީ.

  2. Anonymous

    މުއިއްޒުއައްކޮންކަމެއްބާމިކުރެވެނީ އިންސާނުންގެ ކަންތައްނުބެލއްޓޭބަޔަކު އަދިމިއުޅެނީ ބުޅަާ ބަލަހައްޓަން ތިއެއްޗެހިނަގާފަ ފަޅުރަށަކައް އުކާލަބަލަ ހުސްވާހަކަ

    15
    25
  3. ބުޅާ

    ސައީދާ ރަޝީދު އެހެން ބުނަން ލަދުގަންނަން ޖެހޭ! ހަޔާތްކުޑަ

    14
    3
  4. މުއްލާ

    އަނިޔާނުކޮށް ބަޑިޖަހާ މަރާފަ ވަޅުލަބަލަ ކޮން އިތުރުބޭކާރު ޚަރަދުކުރާކަށް ތިފައިސާ އެހީޔަށްއެދި އާދޭސްކުރާމީހުންނަށް އެހީވުނަމާއައުލާކަންބޮޑު

    11
    17
    • ބުޅާ

      ދިރޭތަކެއްޗަށް ނަހަމަ ގޮތުގަ އަނިޔާ ކުރުމަކީ ކަނޑައެޅިގެން ހަރާންކަމެއްކަން ހަމަ ނުދަންނަނީތަ؟ މިކަހަލަ ހަޑި މުޑުދާރު ދީނުގެ އަސާސުތަކާ މުޅިން ޙިލާފު ކޮމެންޓު ވަގުތު ނޫހުން އެޕްރޫވްކުރާކަމާމެދު ހަމަ އަންތަރީސްވޭ

      3
      1
  5. ކޮމެންޓު

    ބުޅާތައް މަރާލާ. ކެޓް ޝެލްޓާ ހަދާނެ ކަމެއް ނެތް އަހަރުންގެ ލާރީގަ

    10
    16
    • ރިޕްލައި

      ކަލޭ ކަހަލަ އިންސާނިއްޔަތު ކަމެއް ނެތް މީހަކު އުޅޭނެ ކަމެއް ނެތްި ރާއްޖޭގައި. ކަލޭބޭރުކުރަންވީ މި ގައުމުން. ކޮން އަހަރުންގެ ލާރިއެއް ކިޔާކަށް

  6. Anonymous

    ތިޔަ މައްސަލަ އަށްވެސް ހައްލު ލިބޭނީ މަޖިލީހުން.

  7. އިސްޢާފް ސަލީމް

    ބުޅާތައް މަރައިގެން ނުވާނެ "ކޮމެންޓް" ބުންޏަސް!

  8. ޢަދުރޭ

    ކާނިވަލް ގައި ބުޅަލަށް ޚާއްސަ 500 އެއްހާ އަކަފޫޓްގެ ޒޫ އެއް ހަދާނެ ބިން އެބައޮތް . ކުދިވެރިން އެތަނަށް ގޮސް ބުޅާ ބަލަން ސިޓީކައުންސިލުން މިފަދަ ޒޫ އެއް ތައްޔާރު ކޮށްދެއްވައިފިއްޔާ ކިހާ ތާރީޚީ ކަމަކަށް ވާނެ. އަޅުގަނޑުމެންނަށް އެނގުނު ކުޑަކުދިންގެ ޕާކުގައި އޮތް ކިނބޫ ބަލަންވެސް ކުދިން ދިޔަވަރު. ޖަނަވާރަކީ ވެސް ބައޯ ޑައިވަސިޓީގެ ބައެއް .އެއާ ނުލާ އިންސާނުންނަށް ނޫޅެވޭނެ . އުނދަގޫ ވާ ހުރިހާ އެއްޗެއް މަރާކަށް ނުޖެހެ. މަދިރިވެސް ކޮންޓްރޯލް ކުރީ! ބުޅާވެސް ކޮންޓްރޯލް ކުރޭ

  9. Anonymous

    ކުރާނެކަމެއް ނޭންގިގެންތަ މިއުޅެނީ

  10. ރަނގަޅު

    އާނ. ތީ ބޮޑުވެފަ އޮތް ކަމެއް މިތާ. މާ ބުޅާދެކެ ލޯބިވާ ބަޔަކު މީއްޗިހި މަގުމަތި ކޮށްފަ ވަނީ.

    1
    1
  11. Anonymous

    ސްޓްރޭ ބުޅަލުގެ މައްސަލަ ހައްލުކުރަން ދައުލަތުން އަދި އަމިއްލަ ފަރާތަކުންވިޔަސް ޚަރަދުކުރުންފަދަ އެއްވެސް ތަކުލީފެއް އުފުލަންޖެހޭ ކަމެއްކަމެއް ނުބެލެވޭ، ސަބަބަކީ ބުޅަލަކީ ރަށުތެރެ ނަޖިސްކުރުން ފިޔަވައިވެސް އިންސާނުންނަށް އެއްވެސް ފައިދާއެއްނުލިބޭ ޖަނަވާރަކަށްވާއިރު އެއީ އިންސާނުންނަށް ނުހަނު ގެއްލުންތަކާއި ބަލިތައް ޖައްސާއެއްޗެކެވެ. ޢެތަކެތި ފަޅުރަށަކަށް ގެންގޮސް މަރާލުން ނުވަތަ އަންދާލުމަށް ފަސްޖެހޭނަމަ ފަޅުރަށަކަށް ދޫކޮއްލުމަކީ އެއްމެ ރަނަގަޅުގޮތްކަމަށް ބެލެވޭ، އެއިރުން އެއިން މީހުންނަށް ލިބޭ އުދަގޫތައް ހައްލުވެ އެ ބުޅާތަކަށްވެސް މީހުންގެ ފަރާތުން އުނދަގުލެއްނުލިބި މިނިވަންކަމާއިއެކު އެސޮރުމެބްވްވެސް އުޅެމުންދާނެ އުތެ؟؟؟

    3
    1
  12. ސަޑުހަސަނު

    ބުޅާ ވަކިސަރަހައްދުތަކެއްގައި ގިނަވަނީ އެސަރަހައްދުގައި ބުޅަލަށް ކަން ބަހައްޓާތީ. ޖަމާލުއްދީން ސުކޫލް ކައިރިން ރަށްދެބައިމަގު ހުންނަ ގެއެއް ކައިރީގަ އޮވޭ ބުޅާ ފައުޖެއް. ހަގީގަތް ބަލާލިއިރު އެގޭގައި ދިރިއުޅޭ މީހަކު ބުޅާތަކަށް ކާންދެނީ މަގުމަތީގައި. އެހެންވެ އެކި ސަރަހައްދުތަކުގައި އުޅޭ ބުޅާތައް އޮންނަނީ އެތަނަށް ޖަމާވެފަ. މުޅި ސަރަހައްދުގައި ޕޭމަންޓް މަތީގަޔާ އެއްކޮށް އޮންނަނީ ނަޖިސް. އެތާކައިރީގައި ދިރިއުޅޭ މީހުން ބުނަނީ ވަރަށްބޮޑު އާންމު އުނދަގުލަކަށް ވެފައިވާ ކަމެކޭ. ސިޓީ ކައުންސިލަށް ހުށަހެޅުމުން ވެސް އެކަމަށް ފިޔަވަޅެއް ނޭޅިޔޭ.

  13. އިހްސާން

    ތެދެއް މިދާހާއްޔަކައް ގައުމުހަދާ ބަލަ އެއީ އިންސާނުން ހިތްހަމަޖެހުމައް ލައްވާފަވާ އެއްޗެކޭ ތިމާހުރިހާއެއްޗެއް ކާންއުޅުނަކަސް ކަމަކުނުދާނެ ބުޅަލަކީ މާތްއެއްޗެއް މިގައުމުގަ އިލްމުވެރިންނޭ ކައިރީގަ އަނހާބަލަ

  14. ހުތްބެ

    މި އެތިބޮނޑި ކަނޑައް އަޅައިގެންވެސް ހުސްކުރަންވެއްޖެ ކާން އަޅާ ކުދިންވެސް ގޭދޮށައް އަޅާބަލަ ޕާކިންޒޯނު ތަކުގަވެސް ހުސް ބުޅާގުއި

    1
    1
  15. އަހަންމާ

    ކޮން ބޭކާރު ޙަރަދެއް ކުރާކަށް. މަގުމަތީގަ އުޅޭ ބުޅާތައް ހިލޭ މަރާލަދެވިދާނެ. ހުރިހާ ބުޅަލެއް މަރާ ހުސްކުރަންވީނު..

    1
    1