ސަންގު ޓީވީން ގެނެސްދިން "ރޯހާ" ޑްރާމާގައި ބަދުއަޚުލާގީ މަންޒަރުތައް ހިމެނޭ ކޮންޓެންޓް ދައްކާފައިވާތީ، އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި، ޑްރާމާގެ ލީޑް އެކްޓްރެސް ނާޖިހާ، އެ މަންޒަރުތަކަށް ޖަވާބު ދީފިއެވެ.

އެ ޑްރާމާގައި ޖިންސީ ގުޅުން ހިންގުމުގެ މަންޒަރުތަކެއް ދައްކުވައިދޭ ސީންއެއް ހިމަނާފައިވާ އިރު، އެ ޑްރާމާގެ މައްސަލައިގައި ޖަވާބުދާރީވުމަށް ސަންގްޓީވީއަށް ބްރޯޑްކޮމްއިން ވަނީ އަންގާފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އެ މައްޒަރުތަކަކީ އިސްލާމީ މިންގަނޑުތަކަށް ނުފެތޭ، އަދި މުޖުތަމަޢު ފަސާދަކުރާ ފަދަ މަންޒަރުތަކެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ނާޖިހާގެ ފޭސްބުކްގައި ލިޔެފައިވާ ސްޓޭޓަސްއެއްގައި ބުނެފައި ވަނީ، އެއްވެސް މީހަކަށް އޭނާއަށް ބުލީ ކުރުމުގެ ހައްގު ނޯންނާނެ ކަމަށާއި، ޑްރާމާގައި ދައްކާ މަންޒަރުން ފިރިހެން މީހާ ހިފަނީ އޭނާގެ ކޮނޑުގައި ކަމަށެވެ.

"ބުނަން މިއުޅެނީ ރާއްޖޭގައި ބުލީ ނުކުރާށޭ ކިޔާފައި ވަރަށް ވާހަކަ ދައްކާ. އެކަމަކު އެކަމަށް އަމަލުކުރަން ތިބީ ކޮންބައެއް. އޯކޭ.. އަހަންނަކީ އެކްޓްރެސްއެއް، އަހަރެން ނުޖެހޭ އިސްލާމީ މިންގަނޑާ ހިލާފުވާ އެއްޗެއް ކުޅޭކަށް. އެކަހަލަ އެއްވެސް މައްޒަރެއްގައި ފެންނާކަށް. އެކަމަކު ތި އެންމެނަށްވެސް ނޭނގިފައި އޮތް ވާހަކައެއް މިއީ، އެންމެން ތިކިޔައީ އަހަރެންގެ (ޖިންސީ ގުނަވަނުގަ)އޭ އޭނާ ހިފަނީ. އަހަރެން ގައިމަތީގައޭ އޭނާ އޮތީ. އެކަމަކު އޭނާ ހިފަނީ އަހަރެންގެ ޖިންސީ ގުނަވަނަކު ނޫން، އޭނާ ހިފަނީ އަހަރެންގެ ކޮނޑުގައި. އެކަމަކު އޯކޭ، ސިފަވަނީ އެތަނުގައި ހިފާ ކަމަށް،" ސްޓޭޓަސްގައި ބުނެފައިވެއެވެ.

"އެހެންވިއްޔާ ކޮބާ އަހަރެންގެ ކޮނޑު؟ އަހަރެން ކޮނޑު ނެތް މީހެއްތަމީ؟ ނޫނީ އަތް ނެތް މީހެއްތަމީ؟"، ނާޖިހާ އިތުރަށް ބުނެފައިވެއެވެ.

ނާޖިހާގެ ފޭސްބުކްގައި ބުނެފައި ވަނީ އޭނާގެ ހައްގުގައި ތެދުވަން އަމިއްލައަށް ބޭނުންވާ ކަމަށާއި، އޭނާ ކުޅެފައި ވަނީ "ބަދު އަހުލާހީ އަމަލު ހިމެނޭ ފިލްމެއް" ނޫންކަން އޭނާވެސް ހާމަކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި އަބަދުވެސް އެންމެން ބުނާ ވާހަކައަކީ ބުލީ ނުކުރަން ނަމަވެސް، މިހާރު އޭނާ މަގުމަތިން ފެނުނަސް "ބްލޫ ފިލްމް ކުޅޭ ސްޓާ" ކިޔާ ގޮވާ ހަދާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ އިރު، އެއީ އޭނާއަށް ކޮންމެ ދުވަހަކު ލިބެމުންދާ އަނިޔާއެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

 1. އަންމަޑޭ

  ނޫނޭ ގައިމަތީގަ ރަޖާ ގަނޑެއް އަޅައިގެން މަންޒަރު ބަލާ މީހުންނަށް މިތިބީ އޮރިޔާމުންކަން ދޭހަވާގޮތައް އަދި ދެމީހުންގެވެސް ބެޑްޝީޓު ދަށުން ފައިނެރެގެން މިކުރަނީ ކީއްކަން ދައްކަން އެ ޖައްސާވައްތަރު އެންމެ ގާތީ އޮރިޔާން ފިލްމުތަކުން ފެންނަ މަންޒަރުތަކާ...މުސްލިމް ގައުމެއްގަ އޭ ކިޔައިގެން އުޅޭ މިކަހަލަ ގައުމެއްގަ ތިކަހަލަ މަންޒަރުތައް ކުޅެފަ އައިއްސަ މީހަކު އެއްޗެކޭ ބުނީމަ ބުލީކުރަނީއޭ ސަންދޯކޭ ކިޔާނެ ކަމެއްނެތް.......ސް.

  823
  25
  • ކުރަފި ވިސްނުން

   ސިއްރުން ނަމަ ވެސް ނުޖައްސާ ވައްތަރެއް އޭގެން ފެންނަމަ ރަނގަޅު ތިހެން ކިޔަން. އަންހެނަކަށް ވިޔަސް އަދި ފިރިހެންކަށް ވިޔަސް މާ މާތް ވާން ނޫޅޭބަލަ.

   142
   53
  • ފިހުނު ހޮހޮޅަ

   އޮރިޔާން ފިލްމްތަށް ބަލާތީތާ އިނގޭނީ އޭގެއިން ދައްކާ މަންޒަރުތައް. ދެން ލަލަލާ

   41
   73
   • ނަމެއް ނެތް

    ފިލްމު ކުޅޭ މީހުންގެ މައްސަލައެއް ނޫން މީ. ޤާނުުނަކުން މިންގަނޑު ކަނޑަ އެޅިފައި ނެތީމަ ވެގެން އުޅޭގޮތެއް މީ.

 2. ޖަމްސީދާ

  އަދިވެސް އެއްޗެއް އޮތިއްޔާ ކުޅޭތި.. އަހަރުންނާ ދިމާލަކަށް ނާދޭ ފާޑުފާޑުގެ އެއްޗިހި ކިޔަމުންނެއް.

  555
  12
  • ކަތްދަ

   އާޔޭ ކޮޔަކީ އެކުޓްރެސްއަކީ

   106
   7
  • ކުރަފި ވިސްނުން

   މަންޖެ ސިއްރުން ކުރާ ކަންތަކުގަ ކާކު އެއްޗެއް ބުނަނީ. މަންޖެ ވެސް ތީ އިސްލާމް ދީނުގެ ހުރިހާ ކަމެއް ބަރާބަރަށް ކުރަމުން އަންނަ މީހެއްބާއޭ ހިތަށް އަރާ.... ހަމަ ދިމާލަކަށ ްވެސް ބަލާނުލާ... ލޮލް..

   85
   15
   • ކުރަފިބޭސް

    ޙަސަނަށް ހީވާނެ ފުޅަށްބުޑުން ގޮސް ކެޔޮގަނޑު ކަނޑާފާނޭ.. ކަލޭ ދުށިންތަ ޖަމުސީދާ ނަމުގަ ކޮމެންޓް ކޮށްފަ އިން މީހާ ގޮަތަކަށް ތެޅެނިކޮށް. ލޮލަށް ނުފެންނަ ކަންކަމުގައި މާ ޣައިބު ދަނެގެން އަނގަނުތަޅާ !!

    3
    2
 3. ޢާޝީ

  ޙަމައެކަނި އަންހެންކުއްޖާ އާ ދިމާލަކަށް ބްލޫފިލްމް ސްޓަރ އޭ ނުކިޔޭނެ. ފިރިހެންމީހާ ވެސް ޝާމިލްވޭ

  415
  21
  • ހަސަނާ

   ފިރިހެން ކުއްޖާ ނުބުނެއެއްނުން މީނަ އަތްލީ ތިމަންނަގެ ފޫޅަކުނޫނޭ އެއީ ތިމަންނަގެ ކަންފަތޭ. މިކުއްޖާ ނޫންތަ އައުރަ އެއް ސިފަވާ ވައްތަރުގެ ކޮނޑެއް މި ގެންގުޅެނީ. ބެޑުޝީޓު ދަށަށްވަނީމަ ދެން ހުރިހާގުނަވަނެއްވެސް ވާނީ އައުރަޔަށް. ޢެކޮއި އެތަނަށް ނުވަދެ އޮތްނަމަ ........ކޮނޑަކީވެސް ހިލޭއަންހެނެއްގެ އައުރަ.

   168
   7
   • ކުރަފި ވިސްނުން

    ހަސަނު ތީ ފިރިހެނެއް ނަމަ ހަސަނުގެ އައުރަ ނިވާ ކުރަން ކިހާވަރަކަށް މަސައްކަތް ކުރިން... ފޫޅާ ކަކުލާ އެދެމެދަކީ ފިރިހެނެއްގެ ތިބުނާ އައުރަކަން އެނގޭބާ؟؟؟ އެންމެހާ ޒަމާނީ ކުރު ސޯޓް ބުރިތައް ލައިގެން ނިކުމެ ތިބުނާ މާތް މުޖުތަމައުގައި އުޅޭއިރު... ތަންކޮޅެއް ހަމަ ޖެހޭ އެއްޗެއް ކިޔަން ވެއްޖެދޯ...

    26
    73
  • ކުރަފި ވިސްނުން

   އެއީ ބުލޫ ފިލްމެއްނޫން... އަހަރެން ވެސް ތިބުނާ ޑްރާމާ ބަލާލިން. އަހަރެންނަކަށް އޭގެން ނުފެނޭ ތިވާހަކަ ތިދައްކާ މީހުން ސިއްރުން ނަމަވެސް ނުކުރާކަމެއް އޭގެން ކުރާތަނެއް... ކީއްވެތަ ދިވެހިންގެ ތެރެއިން ވަކި ބައެއް އެމީހުންގެ ފަރުދާގެ ފުރަގަހުގަ ނަޖިސް ހާކައިގެން ތިބެ، މާ މާތް ބަޔަކަށް ވާން އުޅޭނީ...

   30
   132
   • ހަސަން

    މީހުން ސިއްރުން ކުރާ ކަންތައް ކެމެރާކޮށް އެންމެނަށް ދެއްކުން ރަނގަޅޭތޯ ކުރަފި ތި ކިޔަނީ... ތިއޮށް ވިސްނުމެއް ދޯ. ދެމަފިރިން ކޮޓަރީގަ ކުރާ ކަންކަން ހިލޭ މީހުނާ އެއްކޮށް ސިއްރުން ވިއަސް ފާޅުގަ ވިއަސް ކުރުން ހުއްދަވާނީ ކިހިނެއްބާ.

    100
    5
   • ޙުއްތު

    އެއީ އިސްލާމް ދީނާއި ހިލާފް އަމަލެއް، ދިފާއުގަ ކޮމެންޓު ކުރާނެކަމެއްނެތް. މުންކަރާތް ނަހީކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއް

    76
 4. މާމަ

  ރާއްޖޭގައި ނިވާކަންކުޑަ ބާރު ތަކެތި ލާގެން ގުނަވަންތައް އެންގޭ ގޮތަށް ކުރު އެއްޗެހި ލައި ފިރިހެނުން ނާ އަންހެނުން ހިފައި ބައްދާ މަންޒަރު ހުރި ލަވަތަކާއި ފިލްމުތައްމަދެއްނޫން .ތިތަންތަން މީގެ ކުރިން ކޮބައަި.؟

  212
  39
  • ރާއްޖެ

   މީގެ ކުރިން އަޅާނުލާ ދޫކޮއްފަ ހުރުމަކީ މިހާރު އެ މައްސަލަތަށް ނުބަލާ ދޫކޮއްލަން ޖެހޭ ސަބަބެއް، އުޒުރެއް ނޫން.

   332
   9
   • ޜާގުނޑާ

    ޢެކަމަކުވާ ސާބަސް، ކަލޭމެން އެންމެން ވެއްޖެއްނު ކަލޭމެންގެ ދެފައިދޭތެރެއަށްލާ ފިއްތާލަން ޔާމީނު،

  • Anonymous

   ?

   50
   4
 5. ޙަމަ އަހަރެން

  ޥަކިމީހަކު ބުލީ ކުރުމައްޓަކަައި ތިކަން ކުރުން ރަގަޅެއްނޫން ޔާމީން ސަރުކާރުގަ ކާނިވާ ސަރަހައްދުގަ ހިންގި ޝޯރ މާބޮޑުތަނުން އޮރިޔާން ކަން ބޮޑު ލޫދިފާ ނަމަކަޢް ކިޔާ ފިލްމް ތަކައި މިނޫނަސް ރާއްޖޭގަ ކުޅެފަ ތިބި ކުރު ފީޗާ ފިލްމް ތައް ގޭ ސިޓިންގ ރޫމުގަ ލަދުވެތި އާއިލާއެއް ތހިބެގެން ނުބެލޭނެ

  83
  95
  • ނަހްސިން

   ސާބަސް. ޔާމީނުލާތި ކޮންމެ ތަނަކަށްވެސް.

   57
   6
 6. ޕިސް ޕިސް

  ފިލްމެއް ނުވަތަ ޑްރާމާއެއް ހަދަން ނަގާ މަންޒަރު ތަކުގެ ހަގީގަތް ބެލުންތެރިންނަށް އެނގެނީ ކިހާމިންވަރަކަށްބާ.މީހަކާއި ދިމާއަށް އިނގިލި ދިއްކުރަމުން ދާ އިރު ބާކީ ހުރި އިނގިލި ތައް ހުރީ ތިމާ އާއި ދިމާއައް ކަމެއް ނޭގޭތީ ދެރައީ.ވވ ހިތާމަހުރި ކަމެއް މީ

  35
  243
  • ހަސަން

   ފިލްމެއް ގައި ވިއަސް ހިލޭ ދެމީހުން ގައިގޯޅިވުން އެއީ ރަނގަޅު ކަމެއްބާ ޕިސް ޕިސް

   53
   4
 7. ދަޔާ

  ކޮޑުގަހިފިޔަސް އަތުގެ އިނގިލި ތަކުގަ ހިފި ޔަސް ބަލާމީހުނަށް އެފަދަ ގޮތަކަށް ހީވާގޮ ތަކަށް މަންޒަރުތައް ހުރެގެން ނުވާނެ ކުރީގެ ހިންދީ ފިލްމް ތަކުގަވެސް ދައްކާނެ ދެމީހުން ގަހެއްގެ ނިވަ ލަށް ވަދެފަ ނުކުންނައިރު އަންހެން މީހާ ތުންފަތް ފުހޭ ތަން ބޭނުމަކީ ބަލާ މީހުނަށް އެމީހުން ކިސްކުރީ ކަމަށް ދެއް ކުން މިފަދަ ގޮތަކަށް ހީވާފަދަ މަންޒަރުތައް ހުރެގެން ނުވާނެ ދިވެ ހިންގެ ޑްރާމާ ތަކުގަ އެއް

  134
  7
 8. ޣާދިރު

  ތިމާ އަމިއްލަ އައް ކުޅުނު އެއްޗެއް.. ބަލާމީހުންނައް ދައްކައްބޭނުންވީ ވެސް ހަމަ ތިޔަ ސިފަކުރާ ކުރުން..ބަދުއަހުލާގީ ގުޅުން.. ދެން ނޫސްތަކައް އަރާ ފަޅޮލޭ ކައްޓަލައޭ ގުލީއޭ ގޮވާނެ ކަމެއް ނެތް..

  282
  8
 9. މުނާޒް

  ތިމާއަށް ކުރެވުނު ލަދު ހަޔާތެއް ނެތް އަމަލަށް މަޢާފަށް އެދުމުގެ ބަދަލުގައި ތިމާގެ ކުށެއްނެތްކަން ދައްކަން ނުކުމަކީ ތިމާގެ އަޚްލާގީ ފެންވަރުގެ ދަށްކަން ދައްކަން އަންގައިދޭ ކަމެއް. ކަލޭގެ ތިޔަ ބަދު އަޚްލާގީ އަމަލަށް ހިތްވަރު ދޭ ބަޔަކުވެސް ތިބެދާނެ. އެމީހުންނަކީ މުޖުތަމަޢު ފަސާދަ ކުރާ މީހުން.ކަލެއަކީ އެމީހުން ބައިވެރިއެއް. ގެއްލިއްޖެ އަބުރެއް އަނބުރާ ނުލިބޭނެ

  157
  7
 10. އަމިއްލަ ދިފާޢުގައި

  މިވެރިކަމުގައި އެއްޖިންސު މީހުންވެސް އަމިއްލަ ދިފާޢުގައި ވާހަކަ ދައްކާނެ، ބޮޑެތި އަނިޔާ ވެރިންވެސް މިދުނިޔޭގައި އެމީހުންގެ އަމިއްލަ ދިފާޢުގައި ވާހަކަ ދައްކާ.

  64
  19
 11. ކޮރަލް

  އިމްތިހާން އެކެވެ. އިސްލާހް ވާން ވީއެވެ.

  91
  4
 12. 3ނިރު

  އެއވެސް މައްސަލައެއްނޫން އެއީ އެއަށްވުރެމާނުބައި ކަންކަންހިގާއެބަ

  9
  83
  • ބޯގަޅި

   ކަނޑުގަދަދުވަސް ދުވަހު ދަތުރުފަތުރު ކޮށްވެސް އުޅޭ. އެހެންވީމަ ދެންކަލޭ ކަނޑުދަތުކުރުން އެންމެރަންގަޅު ވާނީ މުސީބާތެއްފަދައިން ކަނޑުގަދަވާ ދުވހެއްގަ.

   17
   2
 13. Anonymous

  ރާއްޖޭގެ ޓީ.ވީ ތަކުން ދައްކާ އިސްތިހާރުތައް ( ހުރިހާ އިސްތިހާރުތަކެއްގައިވެސް) ދޭވޭ މެސެޖަކީ މުޅިންހެން ނެގެޓިވް އިމްޕެކްޓެއް އަންނަގޮތަށް ކުޅެފައިވާ އިސްތިހާރުތަކެއް. އިސްލާމީ މުޖްތަމައުތަކަށް ނުފެތޭ އެއިން އެއްވެސް އިސްތިހާރެއް. އެކަމަކު އެފަދަ އިސްތިހާރުތައް ދައްކާނެއް ފެމެލީ އެންމެން އެއްކޮށް ޓީ.ވީ ބަލަން ތިބޭ ގަޑިތަކުގައި.( މިސާލަކަށް ޙަބަރުތަކުގެ މެދުތަރެއިން) ހުވާ! ބަލަން ނުކެރޭ.

  76
  7
 14. އަހުމަދު

  އަައިސް ޓީވީއިން އެ އަންނަ އާޒޯނާ އޯ ...؟ އެހަރަ ކުދިންގެ ފައިކޮޅާ ކަކޫކޮޅުތައް ފެނިފަވެސް ފިރިހެނުން ހަލާކުވާނެ...

  71
  7
  • ޢަހްމަދު ބަފާ

   ބަލަ އަހުމަދު އަޒޯނާ ބަލާތީ އެއްނު ކަކުލާ ކޮނޑާ ކުޑަ ދުލާ އެފެންނަނީ ރާއްޖެ އަށް އެނޫން ޗެނަލް ތައް ނުފެންނަނީ ތަ؟ ނޫނީ އެ ނުބެލީމަ އަޒާބު ލިބެނީތަ؟ ބަލަން ޖެހޭ އެއްޗެއް ނުބެލެއޭ.ދީނީ ޗެނަލް ތައް ހުރީ ރާއްޖޭގަ ބްލޮކް ކޮށްފަތަ؟؟އަޖައިބެއް މީ

   16
   6
 15. ފަޒޫ

  ތިކަހަލަ ފިލުމު ކުޅުނުއިރު ނަޭގޭތަ މީހުންކިޔާނެ އެއްޗެހި

  81
  3
 16. Anonymous

  47
  1
 17. ރިނީ

  މުޖުތަމައުގެ ހާލަތު. ބަދު އަޚުލާގީ މަންޒަރެއް ކުޅެނީ އަބަދުވެސް އަންހެނާ. ބޯހަލާކު.

  25
  44
  • ޢަޖައިބު

   މީއަނެއްގަޅި. ފިރިހެންގޮލާ ނޫޅެޔެ ކުށެއްނެއްކަންސާބިތު ކޮއްދޭކަށް .. ހަބަރަަކަށް ނާރަޢެ.. ދެން ހަބަރަށް އަރާ މީހާވާހަކަ ދައްކާނީ.. ހަަބަރަށް އަރަނީި ޖަހާ ޕޮސްޓަކުން

   36
   4
 18. އާދަނު

  އެކްޓްރެސް އެކޭ މަށެއް ނުދެނެހުރިން

  74
  3
 19. ޢެހއން

  ބަލާބެލުމަށް އެކޮއި އެކަހަލަ ކަމެއް ކޮށްފާނެހެން ހިއެއްނުވޭ

  12
  53
 20. އަރީ

  ހަނުހުރިނަމަ މާތާހިރުވީސް!

  70
  4
 21. ރހހ

  ތީ އަދި ފެށުމެށް، ދުވަސް ކޮޅަކުން ހޭނިދާނެ. ހިންދީ ފިލްމުތައް ވެސް މިހާރު ކުރީގެ ހެންނެޢް ނޫނެއްނު. އެހެން ނޫނަސް ބަޕްލިކް ތަންތާ މިހާރު ބައެއްޒުވާނުން އުޅޭއުޅުމަކީ އާކަމެއް ނޫންދޯ. އެއްޗެއް ބުނެފިއްޔާ، ޖޭވީ، ކަލޭތީ ކާކު، މުސްކުޅި ވިސްނުމެއް، ނުވިތާކައް އެއްޗެއް ބުނިމީހަކާ ދިމާލައް ގަޔައްބޮލައްވެސް އަރާނެ.

  79
  1
  • ޢަޖައިބު

   ?

   23
   2
 22. އަޒީލް

  މި ނުބައި.މަންޒަރުގެ ނުބައިކަން ފާހަނގަކޮއް މީގައި އެކުލެވޭ ފިތުނައާއި މުންކަރާތް ޕަބްލިކް އެޓެންޝަންއައް ގެނެސް.. ދިވެހި ފިލްމީ ދާއިރާ އިސްލާމީ އަޚުލާގާއި އަދަބުތަކުން އެއްކިބާވެ އޮޔާގޮސްފައިވާ މިންވަރައް ސަމާލުކަން އުފައްދަވައިދިނީތީ އިސްލާމިކް މިނިސްޓަރީއަށާއި ބުރޯޑުކޮމްއައް ޝުކުރު ދަންނަވަން.

  34
  6
 23. ލައިލް

  އެއީ އޭގެ މީހެކޭ

  18
  2
 24. ޙަމަހަމަ

  ކޮޔާ މިއޮތީ ރަމަޟާން މަސް އަވަހަށް އިސްލާޙްވޭ! އަމިއްލައަށްވެސް ކުރެވުނީ ކުށެއްކަން ޤަބޫލްކޮށް އިސްލާޙްވުމަށް މަސައްކަތްކުރޭ!!!

  38
  2
 25. އަހަރެން

  މާލޭ ގިނަ ގޭގޭގަ އާއިލާ އެއްކޮއް އެއްކޮޓަރީގަ އުޅެން ޖެހުމުން ތިކަހަލަ މަންޒަރު ގޭތެރެއިން ވެސް ފެންނަމުން ދަނީ ، އަދި ބައެއް ފަހަރު އެއްބަޑު އެއްބަފާ ދެމީހުން ވެސް ބަދުއަހުލާގީ އަމަލު ހިންގާ.

  22
  8
 26. ތައްހާނު

  ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ކޮބާތަ ކަލޭގެ ލަދު މީހުން ކުރިމައްޗަށް ހެނދުން ލައިގެން ނިކުމެ އުޅެން

  38
  4
 27. ނާދިން

  މި ފިލްމު ވާހަކަ ކިޔާއިރު ބަލާބަލަ ނިވައި ރޯޅި. އެ ފިލްމު ފަށާއިރު ދެ މީހުން އެއްކޮށް ފެންވަރަން ޖަސްސާލައިގެން ތިބެނީ ބިލިގާ ތެރޭގަ. ބެލުންތެރިންނަށް މި މީހުން ތިބެނީ ނޭކެޑް ކޮށް ކަން ސިފަވާ ގޮތަށް....... ދެން ކީއްވެ ބާއޭ މި މަންޒަރުތަށް ނުފެނުނީ..؟؟؟

  31
 28. ކަހުރަބު

  ނޫނޭވާ މިތިބީ މުސްލިމުންތަކެއް. ހިޔެއް ނުވޭ ދުވަހަކުވެސް އެފަދަ ކަމެއް ކުރިހެންނެއް. އަދި ކީތް، އަމުދުން އެފަދަ މަންޒަރެއް ވެސް ނުބަލާނެ. ދެފުށުގައި ހުންނަ ތެރެސް ދެކެބަލަ

  17
  6
 29. ޒަމނާ

  އަދިވެސް ފިލުމުކުޅޭށޭކިޔާގެން ސޮފްޓުޕޯން ހެދޭތޯބަލާ..

  29
  3
 30. Anonymous

  ކަލޭ ކުރާނެހާ ކަމެއް ކޮށްފަ އާޚިރު ބުލީކުރަނީއޭ ބުނުމުގެ ހައްގެއް ލިބިގެން ނުވޭ. މުޖުތަމައަށް ކަލޭ ދޭންބޭނުންވި މެސެޖް އެއޮތީ ލިބިފައި. ދެންވެސް ކުރެވުނު ކަންތަކަށް މާފަށް އެދެންވީ

  37
  2
 31. ރަންގަޑު

  ކޮންމެހެން އޮޅުލަ އޮޅުލާފަ ތި ސަކަރާތް ނުޖެހިޔަސް ރޫމް ދޮރުލައްޕާލާތަން ދެއްކިޔަސް އަހަރުންނަށް އެގޭނެ ތިކަހަލަ ގަނޑެއް ގަތީކަން. މުސްލިމުން އެބަ ޖެހޭ ރީތި އުޅުން ދަސްކުރަން. ރާއްޖެ މީހުން މިސްރާބު ބަދަލުކޮށް ހަމަ މަގަށް އަޅުވާނެ ބަޔަކު އެބަ ބޭނުންވޭ. މިކުދިންގެ ސިކުނޑި ޅައީ ކަމެއް ޖާހިލުކަން ކަމެއް ނޭގެ

  38
  3
 32. އިލިޔާސޫ

  ކަލޭމެން ޖަޒީރާ ރާއްޖެއަށް ވޯޓްލީ މިކަން އާންމު ކުރަން . ދެން ކޮން ފެލުމެއް. ތިބެންޖެހޭނީ .

  15
  31
 33. މެޑާމް

  މީޑިޔާ ނެޓުން އެދައްކާ ޗެނަލް ތަކުން ވަރިހަމަ ބުދަށް އަޅުކަން ކުރާތަން ދެއްކިޔަސް.. ކިތަންމެ ލާދީނީ ވިޔަސް.. ބަރަހަނާ ވެގެން ގޮސް ލައިޓް ކީއްކުރަން ހާޑް ޕޯން ދެއްކިޔަސް އޯކޭ އޯކޭ.. މަގުމަތީގައި ސައިކަލް މަތީގައި ހެޔޮ އޮޅުލައި ބައްދައި ތަތްވެ ގަޔާއި ދެތުންފަތް ނުނެއްޓޭވަރަށް ތިބެގެން ދުއްވިޔަސް އޯކޭ.. ހުޅުމަލޭގެ އަނދިރި ހިސާބުތަކުގައި މީހުން އާންމ،ުކޮށް ނުދާ ހިސާބަށް ގޮސް ތިބެ ލޯބިވެރިންނާއި ޖިންސީ އަރާމުދޭ ކުދިން ރޭކުރިއަސް އަރާމު ހޯދިޔަސް ޖިންސީ އަލާ ފިލުވިޔަސް ހަމަ އޯކޭ.. މަގުމަތީގައި ކިތަންމެ ބަރަހަނާ ހެދުމެއް އެޅިޔަސް ޑަބަލް ޓޭޕް ފޮތިން ހެދުން ލައިގެން ވަނާތަކުގެ އެކްސްރޭ ކޮށްގެން އުޅުނަސް އަޅުގަނޑުމެންނަށް އޯކޭ.. އެމަންޒަރުތައް ބަލަން ފިރިހެނުންނަށް ވެސް އަންހެނުންނަށް ވެސް އޯކޭ.. މިއީ އަޅެ ކޮންފަދަ މުޖުތަމަޢެއްތަ؟

  31
  11
  • މަ

   އޯކޭ އެއް ނޫން

 34. މޮހަނު

  ހިފާ މޮޑެނީ ކޮން ތަނެއްގައި ކަން ނޭނގޭ ގޮތަށް މިފަދަ މަންޒަރެއް ލުމުގެ ބޭނުން މަންޖެ ބުނެދީފާނަންތޯ

  32
  3
 35. ހަސަނު

  ތި ޑްރާމާފައި ތި އަންހެންކުއްޖާގެ މޫނާ ފައިގެ ކުލަވެސް އަހަރުން ހަމަ އަޖައިބު ހީވެ،
  ދެބުރި ދެކުލައިގެ ބޭސް ގުޅައެށްހެން ހީވަނީ

  24
  2
 36. ލަދު

  ކިތަންމެ ވަރަކަށް ދިފާއުގައި ނުކުތަސް އެ މަބްޒަރުތަކުން ދައްކައިދޭންއުޅެފައިވަނީ ވަހުޝީ އަމަލެއް. ޑްރާމާއެއްކުޅުނަސް ޑައިރެކްޓަރ ބުނާހާ ކަމެއް ކުރާކަށްނުޖެހޭ. އަޒާބު ދެއްވާނީ ހަމަ ތިމާގެ އަމަލަށް އަދި ވެއްޓޭނީވެސް ތިމާގެ އަގު. ދެންވެސް މަޑުންހުރުން މާބުއްދިވެރި ފައި އަކުނިވަޔަށް ދެމީމާ ދެޖިންސްގެ ދެމީހުންވެގެން ދެފައި އުނގުޅާކަމެއް ނުދެނެހުރިން.

  24
  1
 37. ބޯހަލާކު

  ދިވެހި ފިލްމް ނިއުމާގަ ބައްޕަ އާއި ބޭބެ އާ ވެގެން ކޮޓަރިއައް ވަދެފަ ނިކުންނަމުން ދާ ފޮހޭމަންޒަރު ވަރަށް ނޭނގޭ ކީއް ކޮއްފަ ކަމެއް އައީ... ވީރާނާ ފިލްމްގަ ކުޑަ ކުއްޖަކު ލިއްވާ އެފަދަ މަންޒަރެއް ކުޅުނު އިރުކޮބާ ތި ދީންވެރިން؟؟؟ މި މުޖުތަމައުގަ ބަންދު ކޮޓަރީގައި އެންމެންވެސް ކުރާ ކަނކަން އެކްޓު ކޮއްފަ ދެއްކީމަ މައްސަލައަކީ؟؟؟ މުސްކުޅިއެއް، ކުޑަކުއްޖެއް ބޮޑުމީހެއް މީހެއްގެ ފިރިއެއް ނޫނީ އަންބެއް ނޫނީ ޝައިޙެއް ނެތް ސިއްރުން މިކަން ނުކުރާ... ބަލާ ބެލުމައް ނުބައި ތަނެއްގަ ހިފާ ހެން ހީވީ ފުރަތަމަ... އެކަމް ފަހުން އިނގޭ ހިފީ ކޮނޑުގަ ކިން... އެ ކުއްޖާއައް އެމަންޒަރުކުޅެގެން ކުރާ ބުލީ އެހެން ފިލްމް ތަކުން ފެނިގެން އަތް ޖެހީކިތައްމީހުންބާ؟؟؟؟ ކޮބާ އިންސާފު؟؟؟

  7
  25
 38. އަނެއް ބޯހަލާކު.

  ބޯހަލާކު މިތާހުރި އެންމެ ވިސްނޭމިހަކީ. ތިޔަބުނީ ފިސާރި ތެދުތަކެއް.

  6
  12
 39. ޥިސްނާ

  މި ފެނުނު މަންޒަރު ކިތަންމެހާވެސް ދެރަ އެކަމަކު ތި ނެޓުން ތިދައްކާ އެއްޗެހީ ގަ ފެންނަ މަންޒަރު ބަލަންވެސް ހަމަ ކުޑަ ކުދިން ތިބޭ އެކަމް އެ މަސަލައަކަށް ނުވަނީ ކީވެބާ އެކަމަށް ފިޔަވަޅު ނޭޅެނީ ކީވެބާ އެކަން ނުބެލެނީ ކީވެގެން ތޯ؟ މީ ވެސް ހަމަ ރާއްޖޭގައި ހުއްޓުވަން ވީ ކަމެއް

  8
  2
 40. ކަމަނަ

  ޙުވާ ޑުރާމާ ގަ ވެސް އައްޒަ ގައިމަތީ ވަރިކުރި ފުޅުއޮވޭ މިކަމާ އުޅެބަލާށޭ ކިޔަން އެހެން މީހަކާ އިނަސް ކޮންމެ ދުވަހަކު އެއްފަހަރު މިކަން ކުރަން އަންނަން ވާނޯ މި މަންޒަރު އިސްލާމު ދީނަށް ފެތެނީބާ އޭގަވެސް ދައްކާ ރޭފުކޫރާތީ ވެސް

  14
  1
 41. ބުލީޗް

  ބުލީ ކުރާނެ ދޯ ބުލޫ ފިލްމް ކުޅުނީމަ ދެން

 42. ޢަބްދުﷲ

  އައި ސަރުކާރެއްގެ ސަބަބުން ހީވީ ތޯއްޗެ ބޭނުން އެއްޗެއް ކުޅެ ދެއްކިދާނެއޭ. މައްސަލައަކަށް ނުވާނެއޭ.

 43. ލީލާ

  ތިޔަކުޅޭ ފިލްމުތަކުގެސަބަބުން ވާނުވާނޭންގި މީހުން އިސްލާމްދީނަކީ ހައްދުފަހަނައަޅާފައިވާ ދީނެއްކަމަށް ވާނުވާނޭންގި ކިޔާ އުޅޭ. ގޭގޭ ސިޓިންރޫމްތަކުގަ 24ގަޑިއިރު ތިޔަ އަޅުވާ ޑްރާމާތަކާއި ލަވަތައް ވެސް އެއީ އިސްލާމުން ބަލަން އެކަށީގެންވާއެއްޗެއްތޯ ފަރުދީ ޒިންމާގެ ތެރެއަށް ހަމަބުއްދިން ވިސްނާލަންވެއްޖެ. ނުވާކަން ކުޑަ ހެދުންތައް ލައިގެން މުޖުތަމައުގެ ފާސިދުކުރުން ހުއްޓަންވެއްޖެ. ދަރިން އިސްލާމީ ރިވެތި އަޚްލާގުން ޒީނަތްތެރިކޮށް މަރާލައިގެން އަލިފާނުން ސަލާމަތްވާކަށްނެތް. ﷲއަށް ބިރުވެތިވުމަށް ނަސޭޙަތްތެރިވަން.

 44. ޝޜ

  ކީއްވެތަ ފިލުމު ކުޅުނުމީހުންގެ ވާހަކަ ދައްކަނީ. ކޮބާ ޑައިރެޓަރު

  9
  1
 45. ޙާސް

  ކޮން ވާހަކައެއްދައްކާކަށް، މާ މާތް ބަޔަކަށްވެގެން. މަޖްލީލުގެ ޑެޕިއުޓީ ސްޕީކަރ އީވާ ގެ ބިކިނީ ފޮޓޯޔޯ! ޢީވާ ވީމަ މަޖްލީހަށް ހޮވާފަ، އެމަޤާމްދޭންވެސް އޯކޭ. ކޮން ސަތޭކަ ޕަސެންޓް މުސްލިމުންނެކޭ ކިޔާކަށް!

  10
  1
 46. ޔަޤީން

  ޙުރިހާ ހަޑިއެއް ހާވާފަ ދެން މަތިއަޅަން އުޅުނީމަ ..... ތީތި ކަޑަ

  4
  1
 47. ޜިޕަބްލިކް އޮފް ވަރިހަމަ

  ކޮންމެސް މީހަކު ބުނަންވީނުން އެކޮޔެ ކައިރީ މީގަ ހުރި ކޮމެންޓްތައް ކިޔާލާ އިސްލާހުވެލަން.

 48. ޢަހުމަދު

  ތިކަހަލަ ގޮތެއް ނެތީމަ.ފިލްމީ ދާއިރާ ގެ އަގެއް ނޯންނަނީ

 49. އިންސާނާ

  ކަމަނާ ކަމަނާ އަމިއްލަޔައް ތެދުވެފަހުރޭ އެކަމަކު ކަމަނާ ހަނދާންކުރާތި އޮތްތަނުން ހިރިނުލެވޭދުވަހު ބަޔަކުމީހުން ކަމަނާ ފޮއްޓަކަށްލައިގެން އުފުލާފަދާދުވަހަކުން ތިގޮތައް ވާހަކަނުދެއްކޭނެކަން ވީމާ އެދުވަހައް ތައްޔާރުވުމައްނަސޭހަތްތެރިވަން

 50. ނިނާ

  ނާޖިހާއަށް ބުނެލަން އޮތް ވާހަކަ އަކީ ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން ގައިގޯޅި ވުމަކަށް އިސްލާމް ދީން ހުއްދަ ކުރައްވާފައެއް ނުވާކަން .