2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ “ސަންގު ބަހުސް” ގެ މީޑިއާ ޕާޓްނަރުންނާއި އެކު ސޮއިކޮށްފިއެވެ.

ރިޔާސީ ބަހުސް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު މީގެ ކުރިން ރިޔާސީ ބަހުސް ގެނެސްދެމުން ގެންދިޔައީ ދައުލަތުގެ މީޑީޔާ ޕީއެސްއެމާއި އެމްއެންޔޫ ގުޅިގެންނެވެ. އެހެންނަމަވެސް މިފަހަރު މިބަހުސް ގެނެސްދެނީ ޕްރައިވެޓް މީޑިޔާއެއް ކަމަށްވާ ސަންގު ޓީވީންނެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުންގެ ވެސް ސިޔާސަތުތަކާއި މެނިފެސްޓޯގެ ތަފްސީލުތައް މިރޭގެ ބަހުސްގައި ހާމަވެގެން ދާނެއެވެ.

ސަންގު ބަހުސްގެ ޕާޓްނަރުންނާއެކު ސޮއި ކުރުން

ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ނަމަވެސް، ސަންގުޓީވީގެ ޕްރީ ޝޯވ މިރޭގެ 20:00ގައި ފަށާނެއެވެ.

މިބަހުސްގެ މީޑީޔާ ޕާޓްނަރުންނާއެކު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބަހުސްގެ މީޑިއާ ޕާޓްނަރުންނަކީ:

ވަގުތު މީޑިއާ – އެއްބަސްވުމުގައި ސޮއި ކުރެއްވީ: ވަގުތު ސީއީއޯ، އާދަމް ނަވާޒް

ހުވަދޫ މީޑިއާ- އެއްބަސްވުމުގައި ސޮއި ކުރެއްވީ: އެޑިޓާރ، ފާތިމަތު ތައުފީގް

އައިސް ޓީވީ – އެއްބަސްވުމުގައި ސޮއި ކުރެއްވީ: ކޮންޓެންޓް މެނޭޖާރ، ޒައިން މުހައްމަދު ޒަހީން

އަދަދު ނޫސް – އެއްބަސްވުމުގައި ސޮއި ކުރެއްވީ: އަދަދު ސީއީއޯ، ހުސެއިން ފިޔާޒް މޫސާ

ޗެނަލް 13 – އެއްބަސްވުމުގައި ސޮއި ކުރެއްވީ: ޗީފް ކެމެރާމަން، މުހައްމަދު ޝަހީމް

ދިޔަރެސް – އެއްބަސްވުމުގައި ސޮއި ކުރެއްވީ: ސީއީއޯ، އަހުމަދު އަޒާން މަރުޒޫމް

ވީމީޑިއާ – އެއްބަސްވުމުގައި ސޮއި ކުރެއްވީ: ޑިރެކްޓާރ އޮފް އޮޕަރޭޝަންސް، ހުސެއިން ނިޔާޒް

ދިވެހި ޗެނަލް – އެއްބަސްވުމުގައި ސޮއި ކުރެއްވީ: ސީއީއޯ، ޔާމިން ރަޝީދު

ޕީއެސްއެމުން ރޭ ބޭއްވުމަށް ހަމަޖެއްސި މި ބަހުސް ކެންސަލްކޮށްފައިވަނީ އެމްޑީޕީ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ބައިވެރިވެވެން ނެތުމުންނެވެ.

ސަންގު ބަހުސްގެ ޕާޓްނަރުންނާއެކު ސޮއި ކުރުން

ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތިގެން ބަހުސް ފަސްކުރުމަކީ އެހެން ކެންޑިޑޭޓުން ކެމްޕޭން ކުރަން ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.