ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީއިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު މިނިވަން އަމިއްލަ ކެނޑިޑޭޓުނަށް ވެސް ހުޅުވާލައިފިއެވެ.

ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް އެ ޓީވީ އެންމެ ފުރަތަމަ ދައުލަތު ދިނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށެވެ.

ނަމަވެސް މިނިވަން އަމިއްލަ ކެނޑިޑޭޓުން ވެސް ބައިވެރިކުރުމަށް ސަންގުން ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމަށް ޕޯލްއެއް ހުޅުވާލިއެވެ.

އެ ޕޯލްގައި ވޯޓް ދެއްވި 90 އިންސައްތަ މީހުން ބުނެފައުވަނީ ރިޔާސީ ބަހުސްގައި އަމިއްލަ މިނިވަން ކެނޑިޑޭޓުން ބައިވެރިކުރުމަށް ފެންނަ ކަމުގައެވެ.

މިއާއެކު ސަންގު ޓީވީން ބުނެފައިވަނީ ނަތީޖާއާ އެއްގޮތަށް މިނިވަން އަމިއްލަ ކެނޑިޑޭޓުން ބަހުސްގައި ބައިވެރިކުރަން ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވީ ޕާޓީތަކުގެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއެވެ.

އެ ހުރިހާ ފަރާތްތަކުން ވަނީ ދައުވަލު ގަބޫލްކޮށް ބަހުސްގައި ބައިވެރިވާނެ ކަމަށް އިއުލާނުކޮށްފައެވެ.

ސަންގު ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.

ސަންގު ބަހުސް އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުނެދެއްވާ

    ކޮންސުވާލުތަކެއްތޯ ކުރާނީ މިހެން މިއަނހާލީ މައެހާ ހާޒިރުޖަވާބައް މޮޅުނޫންވީމަ ކުރާސުވާލެއްނޭންގިހުއްޓާ ކުއްލިއަކައް ކޮއްލާ ސުވާލަކައް ހޔތއވސގވދާނެތީ

    8
    1
  2. ތޯތޯ

    ސޯލިހަށް ވަނީ މިހާރު ސުވާލުތަަކުގެ ސޮފްޓްލިބިފަ ކަމަށް މަޑިސީލަ އިންޓަލް އަށް ލިބިފަ ޖަވާބުލޔެގެން ގޮސް އެތަނުގާ މޮޔަގޮވަން ވަނީ ހިތުދަސްކުރުމުގަ ސަންގުޓީވީ ބަހުސް ބޮއިކަޓްކުރަން ގޮވަަލަން ސީދާ ލާރިޔަަށް ބަހުސްގަ ކުރާސުވާލް ތަށް ފޮނުވާފަ ސޯލިހުއަށް ނޭގޭނެ ފުރީ ސްޕީޗް މީހަކު ކުރާ ސުވާލަަށް ޖަވާބުދޭކަށް މިކަލޭގެ ފަސޭހަކަމާއެކު ޖަވާބު ދޭކަމަށް ވަންޏާ ޑީލް ހެދީ މީ ތާކު ހުރި ގަމާރެއް ކިޔޭ ނުކިޔޭ އެއް ނޭގޭނެ އެހެން ކެންޑިޑޭޓުން މިކަމަށް ސަމާލް ވާތި

    14
    1
    • ޜަނާ

      ޜިޔާސީ ކެންޑިޓޭޓުންގެ މެދުގަ ބާއްވާ ބަހުޘެއް ވިއްޔާ އަމިއްލަ ވިޔަސް ބައިވެރިކުރަން ޖެހޭނެ ނޫންތޯ.

  3. ފިލާ

    ސުވާލާ ޖަވާބު ފޮނުވައިގެން ވެސް އެންމެން ބައިވެރި ވޭތޯބަލާތި މިފަހަރު.

  4. ހާމިދު ޝާހިދު

    އިބްރާހިމް ސޯލޭ ބައިވެރިވޭތޯ! އަނެއްކާ ޖަލްސާއެއް ނެތްތޯ ފުށޫއަރާގޮތަށް ހަދާފައި. އޭނާ ބައިވެރިވާނަމަ ގައިމުވެސް ސުވާލުތައް ހުންނާނީ ކުރި ކުރިން ދީފައި. ވަރަށް ތައްޔާރުވެގެން އިބްރާހިމް ހުންނާނީ! އެކަމަކު މުއިއްޒު މެން، އުމަރުމެން ގާސިމުމެން ގެ ކިބައިން ސަލާމަތެއް ނުވާނެ!

  5. އަންސަރު

    މަރުޙަބާ. ސަންގުޓީވީ. ވަރަށްރަނގަޅު ނިންމެވުމެއް. ޚިޔާލުތަކުގެ އަޑުއަހާ އެއދައްކަނީ ޙައްޤުވާހަކައެއްނަމަ ނުވަތަ ގިނަބަޔަކު އެކަމަކަށްއެދޭނަމަ އެއަޑު އެހުމީރަނގަޅުސިފައެއް. އަފާކުރަން. މިކަމުން އެހެންފަރާތްތައްވެސް ނަމޫނާނަގާނެކަމަށް ހީކުރަން.

  6. ކެކެކޭ

    އަސްލު މުއިއްޒައް ވާހަކަ. ދައްކަން ނުއެގޭ.އަދި އިލްމެއް ލިބިފައި ހުއްޓަސް ވާހަކަ ދައްކަން ނުއެގި ހުރެދާނެ..ވާހަކަދެއްކުމުގެ އިލްމަކީ ވަކިކަމެއް ޕޯޑިއަމް ތަކުގައިވެސް މުއިއްޒު. ވާހަކަ ދައްކާ އިރު ވަރައް އުނދަގުލުން ކިޔާހެން ވަރައް އުނދަގޫ އަޑުއަހަން ިިިި