ސެޕްޓެމްބަރުމަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީއިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި އެހެން ކެންޑިޑޭޓުން އަންގަވައިފިއެވެ.

ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ސަންގުން ދައުވަތު ދިނެވެ. ރައީސް ސޯލިހް ފިޔަވައި އެހެން ބޭފުޅުން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެންގެވުމުން، ސަންގުން ވަނީ އަނެއްކާވެސް ރައީސް ސޯލިހަށް ދައުވަތު ދެއްވައި އިތުރު ސިޓީއެއް ރޭ ފޮނުއްވާފައެވެ.

ސަންގު ބަހުސް އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ބަހުސް ސަންގުޓީވީން ކުރިއަށް ގެންދަން ބޭނުން ވަނީ ރާއްޖޭގެ އެހެން ޓީވީ ސްޓޭޝަންތަކާއި ގުޅިގެން ކަމަށް ވާތީ އެ ދައުވަތު ވެސް ސަންގުޓީވީން ވަނީ ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ފޮނުވާފައެވެ.

ސަންގު ޓީވީގެ ބަހުސްގެ ދައުވަތު ރައީސް ސޯލިހް އަދި ގަބޫލު ކުރައްވާފައި ނުވާއިރު 2018 ވަނަ އަހަރު އޮތް ރިޔާސީ ބަހުސްގައި ވެސް އެމަނިކުފާނު ބައިވެރިއެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނަމަ

    ރައީސް ސޯލިހް އަށް އެއްބުރުން ލިބޭނެހެން ހީވަނީކަންނޭގެ އެއްނު

    23
    3
  2. ކިއުންތެރިއެއް

    މުނާފިގުން ވަރަށް ފިނޑި ވާނެ. ޢިބޫއެެއީ ޢޭގެ މީހެއް. ޢަނގަ ހުޅުވައިފިނަމަ ހަދާނީ ދޮގު. ވައުދެއް ވެއްޖެނަމަ އެއާ ހިލާފުވާނެ. ކިޔޭނީ ލިޔެފާ ދިނީމާ. ގައުމީޓިވީގެ ބަހުސް ގަބޫލުކުރީ މަޖުބޫރުވެގެން- އެއީވެސް އެއައް އަތް ބޭނޭތި

    33
    3
  3. ކާޖާ

    މިވަރުގެ މީހުންދޯ މި އަލިއަރުވަނީ😂😂

    31
    2
  4. އިންތިޚާބު

    ބީޖޭޕީ ކެނޑިޑޭޓަކަށް ނުކެރޭނެ ބަހުސްގަ ބައިވެރިވާކަށެއް.

    38
    2
  5. މޕ

    އެއްވެސް ތައުލީމީ ފެންވަރެއް ހުރިނަމަ ތާ ބައިވެރިވާނީ.

    38
    3
    • ޙެހެހ

      ކީއްކުރާނީ ސުވާލަކަށް ޖަވާބުދެވޭނެ އެއްވެސް ކަމެއް ކުރިވފަައެއްނެތް ، ތަރައްޤީއަށް އަމިއްލަ ވިސްނުމުން ފަށައިގެން ނިންމި އެއްވެސް ކަމެއްނެތް ، އޮތީ ރ.ޔާމިން ވެރިކަމުގައި ފެށިކަންކަމުގެ ރިބަން ކެނޑިފަ އެކަނި ، ވެރިއަކު ނެތްނަމަވެސް އެކަންކަންވީސް ، ރ.ޔާމިން ދިޔައީ ، އެމްޓީސީސީ ، އާރުޑީސީ ، ވެމްކޯ ފަދަ ކުންފުނިތަކަށް ހުރިހާ ވަސީލަތެއް ޤާއިމްކޮށްދީފަ ، އިބޫ ގެ ވެރުކނަް ނިމޭއިރު އެއޮތީ ޖައްރާފްވެސް ފުނޑާލާފަ ، ދެންލަލަލާ

  6. އހ

    ނުކިޔިވާ ހުރި އިބޫ

    32
    3
  7. ހަގީގަތް

    އެއްވެސް އެއްޗެއް ނޭގުނަސް ވެރިކަމައް ބޫތު ކީފަ ތިބޭ މީހުން

    30
    2
  8. ރޯޒް

    އެއްޗެއް ލިޔެފައި ދިނަސް އަމިއްލަ އިބާރާތް ބޭނުންކުރާނީ.. ތަނަކަށް އަރާފިއްޔާ އަހަރެމެން ލަދުން ދެފައިކާރި ނުކުރެވޭ.. ގަޓްހުރިއްޔާ ބައިވެރިވާންޖެހޭނެ..

    32
    2
  9. މުއިއްޒު މިފަހަރު

    ގަނޑު ބަލައިގެން ރަނގަޅަށް ކިޔަން ނޭގޭ ޗޯރޭއަކަށް ނުކެރޭނެ ބަހުސްގެ ބައިވެރިވާކަށް.

    30
    3
  10. ހުސެން ބ

    އިލްމެއް ހިލްމެއް ހުނަރެއް ނެތް ކޮހަކު ދައްކާނެ ވާހަކަ އެއް ނޯންނާތާ.މީނަ އަށް ވޯޓު ދޭ މީހުން ހަމަތޯ

    30
    2
  11. ހުސޭނުބޭ

    ސޯލިބެއަކީ ބަހުސްކުރާ މީހެއްނޫން! ސޯލިބޭއަކީ ބައިތުލްމާލުން ފައިސާ ވަގަށްނަގާގެން މީހުން ގަނެލާ މީހެއް! ތިހެން އުޅެނިކޮށް ސަންގު ޓީވީ ގަނެލާފާނެ! އޭރުން ސަންގު ޓީވީ ބުނާނެ ބަހުސް ކެންސަލޭ!

    34
    3
  12. Anonymous

    ގަމާރު އިއްބޭ އަކައް މީހުންނާ ފޭސްކުރަން ނުކެރެޭނެ

    24
    4
  13. ހަސަން

    ފިޑި މީހުންނަށް ނުޖެރޭނެ މީހުނާ ކުރިމަތި ލާކަޢް

  14. އއއ

    މީނަ އަކީ ލައިވް ޕްރޮގްރާމެއްގަ ކޮއްފާނެ ސުވާލުތަކައް ޖަވާބު ދެވޭކަހަލަ ތޫނު ހާޒިރު ޖަވާބުގެ މީހެއްނޫންކަމާ މިކުރެވެމުންދާ ފައިސާދީފަ މީހުން ގަނަނަކަމުގެ ތުހުމަތުތަކުން ސަލާމަތް ނުވެވޭނެކަން އޭނައަށް އެގޭތީ އޭނަ ބައިވެރިނުވީ. !!!! އކަމަކު އޭނާހޮވަން މަސައްކަތް ކުރާ ގައްދާރުން އޭނަގެ ދިފާއުގައެއްމެފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރާނެ.!!!

  15. Anonymous

    2018 ވަނަ އަހަރު ޔާމީންއާއެކު ބަހުސްކުރަން ނުކެރުނީ އިބޫ ފަޟީހަތް ވެދާނެތީއެވެ. ކުރިމަތިލާން ކެރޭނީ ޢިލްމީ އަދި ކަމަށް ކުފޫ ހަމަވާ މީހުންނަށް. އިބޫ އަކީ ފިނޑި އަދި ޝަރުޢިއްޔަތާ އަހުލިއްޔަތު ގެއްލިފައިވާ މީހެކެވެ.

  16. ފަހީމު

    މިފަދަ މީހުން ހޮވަން ބޮލުގަ ފޮތި އައްސައިގެން މީހުން މިދުވަނީ!! މީނާ ހޮވަން ނިކުންނަނީ ބުއްދިއެއް ނެތްބައެއްތާ ދޯ؟