ސެޕްޓެމްބަރުމަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ސަންގު ޓީވީއިން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.

ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ސަންގުން ދައުވަތު ދިނެވެ.

މީގެ ކުރިން ރައީސް ސޯލިހް ފިޔަވައި އެހެން ބޭފުޅުން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެންގިއެވެ.

ނަމަވެސް އެއިރު އެކަން ގަބޫލުފުޅު ކުރައްވާފއި ނުވާ ކަމަށް ސަންގު ޓީވީން ބުނެފައި ވެއެވެ.

ނަމަވެސް މިއަދު އެކަން ގަބޫލުފުޅު ކުރެއްވިކަމަށް ސަންގުން ބުނެފައިވާއިރު، ދައުލަތުގެ މީޑިއާއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ "ރިޔާސީ ބަހުސް" ވަނީ ކެންސަލް ކޮށްފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ސަންގު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށެވެ. އެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރމުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

ސަންގު ބަހުސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.

ސަންގު ބަހުސް އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޕ

    ތިގޮތައް ތިޔަ ނިންމީ ކުރިޔާލާ ސުވާލުތައް ދިނީމަ ކަން ޔަގީން. ތިޔަ ޓީވީ އަކީ އިބޫއަށް ސަނާކިޔާ ޓީވީއެއް. ދޭތެރެ އަކުން ދެކޮޅަށް އެއްޗެއް ބުނިޔަސް.

    17
    1
  2. Anonymous

    މިހާރު ތި ބަހުސަކަށް ޝައުގެއްނެތް

    12
  3. ބަހުސް

    ފަހުވަގުތު ޖެހޭއިރު ކޮންމެވެސް ތަނަކަށް ވަދެ އޮންނާނީ ފިލާ މާރިޔާ މެމް އަނެއްކާ ނޫސްވެރިންނާ ބައްދަލުކޮށްފަ މަތިއޮމާން ކުރަންޖެހޭނީ

    14
  4. Anonymous

    ލަވަބާޒީ ކުރަންޏާ އިބޫއަށް އެއްވަނަ ލިބޭނެ ބަހުސްގެ ބަދަލުގަ ލަވަބާޒީ އެއް ބާއްވަބަލަ

    10
  5. މޕ

    ތިޔަ ސަންގު ޓީވީ މެދުވެރިކޮއް އިބޫ ސޯލިހު ބޭނުން އެއްޗެއް ހަދާނީ އޭނަގެ ކޮންޓްރޯލް އޮތް ޓީވީ އެއް ތީ. ވިސްނާ ބަލާތި ހުރިހާ ޕާޓީތަކުން ވެސް، އަޑު އިވޭ ގޮތުން ހީވޭ ޑީލްއެއް ހަދާފަހެން އޮތީ

    13
  6. Anonymous

    ކައްވަޅުގެ ސުވާލާއި ޖަވާބަށް ވެސް ތައްޔާރުވެގެން އެންމެން ވެސް ތިބެންވީ.
    އެދުވަހުން ވެރިމީހާ ބުނެގެން ކެންސަލެއް ނުކުރެވޭނެ.
    ވެރިކަމަކީ ވެސް އަމާނާތެއް.
    އެއަށް ރައްކާތެރިވޭ. މުސްލިމުންގެ އަދުއްވުން ގެރިއަށް އަޅުކަން ކުރާ މީހުނަކީ. މާއަވަލައިގެން އުޅޭނެ ކަމެއްނެތް. އެމީޓ ބޭނުންވާ ގޮތަށް މިޤައުމު ބަދަލުކުރަންނޫޅޭ. ދިވެހިންގެ ރާއްޖެ ދިވެހިންނަށް. އަވައްޓެރިން މީގެ ކުރީގައިވެސް ތިބޭހެން ތިބޭ

  7. ސަންތި

    ސަންގު ޓީވީ އަށް ވަނީ ސުވާލްތަށް ޜައީސް އޮފީހަށް ކޮޕީ ފޮނުވުމަ އަންގާފަ ޖަވާބު ލޔެގެން ގޮސްނޫނީ ސޯލިހުއަށް ޖަވާބު ނުދެވޭތީ ކޮންމެ އަގެއް ދައްކާގެންވެސް ސުވާލުތަށަ ހޯދުމަށް ވަނީ އެދިފަ މީ މަޑިސީލަ އިންޓަލް އަށް ލިބިފަވާ ސައްހަ މައުލޫމާތު އެހެން ކެންޑިޑޭޓުން ސާލިހު ހަމަޖެހިލާގެނަ ޖަވާބްދޭނަމަ ވަގުތުން ބޮއެކަޓް ކުރާތި މިކަލޭގެ މީ ލިޔެފަ އޮންނަ އެއްޗެށްވެސް ރަނގަޅަށް ކިޔަންނޭގޭ ބޭފުޅެއް

  8. ޕޮޓޭޓޯ

    ނުވާނެ ސްލޯލިހަށް ތިކަމެއް. ތިމަސައްކަތް ހުއްޓާލާފަ ގެޔަށްޱޭ ދެން.

  9. ނުކެރޭނެ

    ޕީއެސްއެމުން ބާއްވާފަދަ އިލްމީ ބަހުސެއްގަ ބައިވެރިވާކަށް ނުކެރޭނެ.

  10. ސުން

    ޓެސްޓް ޕޭޕަރ ލިބިއްޖެނުން.ރަނގަޅަށް ފަރިތަކުރާތި.މެދުތެރެއިންވެސް ފަހަތުންވެސް ސުވާލެއް ކޮށްފާނެ.ދަސްކޮށްގެންދާނީ.