މާލެ މަގުމަތިން ޒުވާން އަންހެނަކާއި ފޮށުނު މެދު އުމުރުގެ ފިރިހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާކުރި މައްސަލާގައި ހައްޔަރުކުރީ 56 އަހަރުގެ މީހެކެވެ.

އެ މީހާ ޒުވާން އަންހެނަކަށް ފޮށޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުންނެވެ. ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ އެ މީހާގެ ވީޑިއޯއާއެކު މީސް މީޑިއާގެ ސަމާލުކަމަށް، އެ މީހާ ފޮށުނު ޒުވާނާ ލުމުންނެވެ. އެ ޒުވާނާ ވީޑިއޯ ލުމާއެކު އެތައް ބަޔަކު އެ މީހާ ހައްޔަރުކުރުމަށް ގޮވަމުންދިޔައެވެ.

ފުލުހުން ވިދާޅުވީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ އެ މީހާގެ ފަރާތުން ފުރައްސާރަ ކުރިމަތިވެފައިވާ އިތުރު ފަރާތެއް ވާ ނަމަ، އެކަން ފުލުހުންނަށް އެންގުމަށް އެދިފައެވެ.