އއ. އަތޮޅުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް 58 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

"ވަގުތު " އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝިއަލް ވިދާޅުވީ މި މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާ ކަމަކަށް ވާތީ، އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު އާންމު ނުކުރާނެ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މީހާ މި ހައްޔަރުކުރީ، އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ކުއްޖާ ވެސް ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލާގައި ފުލުހުން އިއްޔެ ބުނެފައި ވަނީ އެ މީހާ ހައްޔަރު ނުކުރެވި ލަސްވީ، އޭގެ ކުރިން ހޯދަންޖެހޭ ޑޮކިއުމެންޓުތަކެއް ނުލިބި ދިގުލައިގެންދާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    އއ ހިމަންދޫ. ހިމަންދޫގައި ފިރިހެނުން ވެސް މޫނު ބުރުގާ އަޅާގެން އަންހެނުން ކައިރިޔައް ވައްނަ ރަށެއް ތީ.

    3
    3
    • އީން އީން...

      މިކަމަކީ ބައެއްގެ ރޭވުމެއް ހެން ވަރަށް ހީވޭ... މަހުޝަރު ދުވަހުން އްމީހަކަށް ހަށްގުވާ ޝަޒާ އެމީހަކަށް ލިބޭނެ...ދޮގުތުހުމަތު ކުރުމަކީވަރަށް ނުބާކަމެއް..އެކުއްޖާ އަދި ހަގީގަތް ކިޔާދޭނެ...

  2. ބޮޑު ދެލޯ

    އިޖްރާޢަތު ފުރިހަމްނުވާތީ ދޫކުރުން އަވަސް ކޮއްލާ! އެއިރުން ބަރާބަރުވާނެ!