"ވަގުތު" ގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

"ވަގުތު" އިން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ވަގުތު" ގައި ޑެޕިއުޓީ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތަކާއި އެސިސްޓެންޓް އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ޝަރުޢީ ދާއިރާ އާއި ފިލްމީ ދާއިރާ އަދި ކުޅިވަރު ދާއިރާ ގައި މަސައްކަތް ކުރާ ޖާނަލިސްޓުން ހޯދަން ބޭނުންވާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ޑެޕިއުޓީ އެޑިޓަރުންނާއި އެސިސްޓެންޓް އެޑިޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޮވުމަށް ހަމަޖެހިފައި ވަނީ ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށާއި، ނޫސްވެރިކަމުގެ ދާއިރާ އިން ނުވަތަ ނޫސްވެރިކަމާއި ގުޅުން ހުރި ދާއިރާ އަކުން ހޯދާފައިވާ ތަޖުރިބާއަށް ބެލުމަށް ފަހުއެވެ.

ޖާނަލިސްޓުންގެ ވަޒީފާ އަށް މުވައްޒަފުން ހޮވުމަށް ހަމަޖެހިފައި ވަނީ ތައުލީމީ ފެންވަރަށާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒަފުން ބެލުމަށް ފަހުއެވެ.

ހުރިހާ ވަޒީފާއެއްގެ މުސާރަ ވެސް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ވަޒީފާ އަށް ކުރިމަތިލާ ފަރާތާއި މަޝްވަރާ ކުރުމަށް ފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތައް ފޮނުވާނީ [email protected] އީމެއިލް އަށެވެ. "ވަގުތު" އިން އިއުލާން ކޮށްފައިވާ ވަޒީފާތަކުގެ އިތުރު މައުލޫމާތު "ވަގުތު" ގެ ނަމްބަރު 7907173 ނަމްބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

"ވަގުތު" އަކީ އެންމެ ގިނަ ދިވެހިން ޒިޔާރަތްކުރާ ރާއްޖޭގެ އެއް ވެބްސައިޓެވެ. ދުވާލަކު އެވްރެޖްކޮށް ދޮޅުލައްކަ އަށް ވުރެ ގިނަ މީހުން "ވަގުތު" ވެބްސައިޓަށް ޒިޔާރަތް ކުރެއެވެ.