ރާއްޖޭގެ މެދު ތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ހުރު އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު އިންޒާރުގައި ވަނީ، މެންދުރު 13:00 އާއި 16:00 އާއި ދެމެދު މެދު ތެރޭގެ ބައެއް ރަށްތަކަށް އުދަ އަރާފާނެ ކަމަށެވެ.

މިދިޔަ ހަތަރު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފައި ވެއެވެ. އަދި ބައެއް ރަށްތަކަށް އުދަ އަރާ ރަށު ތެރޭގައި ފެންބޮޑުވެސް ވިއެވެ. އަދި ބައެއް ރަށްރަށުގައި ރަށު ތެރެއަށް އުދަ އެރުން ހުއްޓުމަށް ވެލި ބަސްތާ ޖަހާފައިވެސް ވެއެވެ.

މިއަދު މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެން ވާކަމަށްވެސް ބުނެފައި ވެއެވެ.