ގާނޫނު އަސާސީން ސުޕްރީމް ކޯޓު ތިބެންޖެހޭ ސައިޒު ކަމަށް ބަޔާންކުރާ "ސައިޒަށް" ސުޕްރީމް ކޯޓު ތިރިވާންޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ ޖޭއެސްސީ އަކީ ފަނޑިޔާރުގެ އަށް ފާރަވެރިވާން އުފައްދާފައި އޮތް މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި އެހެން ނަމަވެސް އެ މުއައްސަސާ އިން ފާރަވެރިވާން އޮންނަ ފަރާތުން، އެ މުއައްސަސާއާ މެދު ފިޔަވަޅު އެޅުމުން އެ މުއައްސަސާގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.

މީކާއިލް މިހެން ވިދާޅުވެފައިވަނީ ޝަރުޢީ ނިޒާމްގެ މައްސަލަތައް ހޫނުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ވެސް އަދި ދައުލަތުގެ މުއައްސަސާއަކުން ވެސް ނިންމާ އެންމެހާ ނިންމުމެއް ބާތިލް ވާނެކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޖޭއެސްސީ ޖަވާބުދާރީކުރުވަން ވަކި ފަރާތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަން ކުރުމަށް ހަވާލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހާއި ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާފުގެ މަގަށް ފެށި ދަތުރު އެއްވެސް ބިރަކާއި ނުލައި މަޖިލީހުން ކުރަމުންދާތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެދި މަޖިލީހުގެ ތަޅުމަށް މިއަދު ޖުޑީޝަލް ކޮމެޓީން ވަނީ ރިޕޯޓެއް ހުށަހަޅާފައެވެ.

މަޖިލީހަށް މިފަދަ ރިޕޯޓެއް ހުށަހެޅިއިރު ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވުމަށް ޖޭއެސްސީ އިން ނިންމާ، އެނިންމުމާއި ގުޅިގެން މުއައްސަސާތަކުން އަޅާ ކޮންމެ ފިޔަވަޅެއް ބާތިލްވާނެ ކަމަށް ސްޕްރީމް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރެއްގައި ވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޞިރާޠު

    ޢަދުލުއިންޞާފްގެ ދާއިރާއާ ހަމައެއްލަމައެއްނެތި ބެހި ، އެދާއިރާ ތިމާ ރުހޭ ހުރިހައިގޮތަކަށް ބައްޓަންކުރުމަށް ބާރުގެ ބޭނުން ހިފާނަމަ އެއީ އެތަނެއްގެ ހަލާކު ކުޑަތުންވުމެވެ. މާތްﷲގެ ރޭއްވެވުން ތިބާ މީކާއީލްގެ ތަދުބީރަށްވުރެ ވަރުގަދަވަނޭކަން ދަންނަންޖެހޭނެއެވެ. އިސްވެގޮސްފައިވާ ޤަވްމުތަކަށް މެދުވެރިވި އިލާހީ ފިލާވަޅުތަކުން ޢިބުރަތްލިބިގަތުން ހުއްޓެވެ. ތިބާއަކީވެސް ފައިސާހުއްޓަސް ނިކަމެތި ފަރުދެކެވެ. ﷲގެ އަޅެކެވެ. ބާރަކީ ވަގުތީ އެއްޗެކެވެ.

    56
  2. ހާދިމް

    ދޮންކަލޯ ސައިޒު އޮޅިގެން ނޫޅުއްވާ، އަދި ތިއުޅެނީ ފައިން ދޮންވެލި ނުހިކި، މައިތިރިވޭ. ކަލޭ އަދި ސައިޒަށް ތިރިކުރާނަން، މާ ގިނަ ދުވަހެއްނެތް.

    83
    • ???

      ކުކުޅަށްވުރެ ބިސްތޮށިނުވޭ ތީ މީހާއަށް ވުރެ ބޮޑެތިވާހަކަ ދައްކަނީ ތިމާއަކީ މާމޮޅުމީހެެއް ކަމަށްދެކެގެން. ޓިގޮޑީގަ އިށީދެވުނަސް ތިވަރު ތަންފުކެއް ބޮޑު

      11
  3. ޖާއިޒް

    ވަގު ސަރުކާރު ސައިޒަށް ތިރިވާތަން ބަލަން ކަލޭ ހުންނާތި! ރަމްޝީޝް2 ނިކަމެތިވެދިޔަގޮތް ކަލޭވެސް ކިޔާފަ ހުންނާނީ!

    53
  4. ފަރޫ

    ތިޔަބޭފުޅުންގެ ގައިން ދިލަނަގާ ރޮޔެހޭރޭ ދުވަސްވެސް މާދުރަކުނޫންއޮތީ އެދުވަހުން މަޖުލިސްގެ ރައީސެއް އެހެންމީހެއް ސަލާމަތަްކުރާކައް ނުހުންނާނެ އެހެންކަމުން ތިޔަބޭފުޅުންވެސް މިއަދު ސައިޒުގަ ތިއްބަވަން އިލްތިމާސްކުރަން

    61
  5. ކުލިން

    ހާދަ ފޮނި މީހެއްދޯ މީނަގެ ސައިޒް މީނައަށް އޮޅިއްޖެ. އެމް.ޑީ.ޕީ ގައުމުގެ ހަލާކު

    67
  6. އަލީ

    މީ ދެން ކާކުތައް؟ އުމުރު ހަމަވެސް ނުވާ ސޮރެއް މި އީ މާބޮޑު އަގައެއް

    57
  7. ގަލޮޅު

    ގޮލޮޅުގައި ތިބި މުސްކުޅިންގެ ބޯކާލައިގެން ހޮވުނު މީހެއްމީ ގަލޮޅަށް ކޮށްދިން އެންމެ ކަމެއް ބުނެލަބަލަ ތިމާ އަށްވުރެ އަނގަބޮޑު ވެގެން އުޅެނީ ގާނޫނީ ތަރަހައިގަ ހުރޭ މީނާ ޔޯ ދެންއަންނަ ދައުރުގައި އަންނިގެ ނައިބަކީ ރާއްޖޭގެ ނައިބު ރައީސްކަން ކުރާ ވަރަށް ކުފޫ ހަމަ އެއް ނޫން

    52
  8. ހުސޭނުބޭ

    މިއަދު މަޖިލީހަށް ހޮވުނީމާ ސައިޒް އޮޅިގެން ތި އުޅެނީ! ތިހެން އުޅެނިކޮށް ކުރީފަހަރު ވީގޮތަށް ބޯކޮޅު ވަތަށް ވެއްޓުމަކީ ވުން އެކަށީގެންވާ ގޮތެއް!

    52
    1
  9. ވެރިން

    ކަލޯ ކަލޭވެސް ސައިޒައް ތިރިވާން ޖެހޭ.ކަލެއައް ކަލޭގެ ސައިޒް އޮަލިގެން ތި އުޅެނީ

    53
    1
  10. ދދދ

    ލާދީނީ ބޯއީ އަށް ވެސް އަސްލު ސައިޒް އޮޅިފަހުރިހެން ހީވަނީ އަބަދު ތިހެން ނުހުރެވިދާނެ

    47
  11. މޮހަނު

    ހުރިހާ މީހުންވެސް އެމީހެއްގެ ސައިޒުގަ އުޅެންވީ ނަމަވެސް މަޤާމް ލިބުމުން މިކަން ހަނދާން ހުންނަނީ ކާކުބާ؟

    40
  12. އަންނި

    ކާކުތަ މީ. ދެނާޅި ބަތް ނުކެވޭ ސޮރެއް އަދި. ހަމަ ހޭގައި ހުރެފަ ޝަހާދަތުގެ ދެކަލިމަ ކިޔާލަން ނޭނގޭ ރނޑ އެއް

    58
  13. މީކާކު 18 ޖޫން 2019

    އޯއި މާއަވަހަށް ތެފުއްޕަނީ މައިތިރިވޭ

    15
    1
    • ޛގފ

      ބުއްޅަބޭއެއް ދޯ މިގޮލާއަކީ

  14. ޙަން

    ގައުމު މިއޮތީ އެމްޑީޕީ އަށް ހަވަރަށްދީފަ! ޢެހަދަނީ ހަދާނެ އެއްޗެއް!ހަމައެއްލަމައެއް އެބައޮތްތަ! ޙުރިހާކަމަކަށް އަތްބާނަނީ! ޕޯޗުގީޒުންގެ އަޅުވެތިކަން ނަން ވާނީ!

    14
  15. ޢަހުމަދު

    މީނާގެ ސައިޒު އޮޅިއްޖެހެން ހީވަނީ

    17
  16. އަނބާއި ދަނބު

    އަބްދުﷲ ދީދީ ސަސްޕެންޑުކުރަން ނިންމި ޖޭއެސްސީ، ޖޭއެސްސީގެ ނިންމުން މަޑުޖައްސަން އަމުރުކުރި ސްޕްރީމްކޯޓު، ސްޕްރީމުކޯޓުގެ އަމުރު ބާތިލުކަމަށް ނިންމި ޖޭއެސްސީ، ޖޭއެސްސީގެ ނިންމުން ބާތިލުކުރި ސުޕްރީމްކޯޓު، ސްޕްރީމްކޯޓުގެ އަމުރު ބާތިލުކުރި މަޖިލީސް، މަޖިލީހުން ނިންމިނިންމުން ގާނޫނު އަސާސީއާ ހިލާފުކަމަށް ނިންމި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، އެ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމި ނިންމުން ބާތިލުކޮށްދޭނީ ކާކު؟

  17. ބީޗް

    އެލް ޖީ ބީ ޓީ އަށް ތާއީދު ކުރާ ބަޔަކު އެބައުޅެއެވެ.

  18. ތައްހާނު

    މީދެން ކާކު ލަަދީނީސޮރެއް

  19. ގުއިރޯނު

    އޭތް އޭތް އަދިބޮލައްތެޔޮ އަރާގެން އުޅޭވަރެއްނުވޭ. ކަލޯއިންގޮނޑިން ނުތެދުވެވޭ ފަދަނިކަމެތިހާލު މެދުވެރި ކުރެއްވިނަމަ ވެސްތިހާ އަނގަފުޅާކުރެވިދާނެތަ؟ ނިކަން ތަޖުރިބާކޮށްލަބަލަ! އުއްބަތީގެހުޅުކޮޅަށް އަތްދިއްކޮށްލާ ހޫނުއިހްސާސްވާވަރަށް އެހުޅުކޮޅައަތްކާރިކޮށްލާގެން އިންދެލެވެނީ ކިހާއިރެއްވަންދެންތޯ ބަލާލަބަލަ. ކުޑަހިނދުކޮޅެއްތެރޭ އަތްފިހިފޮޅުލާނެ. ތިމާއަށް ލައްކައެކޭހީވިޔަސް ބާރަކީ ނެތިދާނެ ވަގުތީ ކަމެއް. ތިޔަޖެހެނީ ގުއިރޯނުގަ. އަދިވަގުތުފާއިތެއްނުވޭ. އިސްލާކުރެވޭނީ އިސްލާވެހުރެގެން.

  20. އަލީ

    ކޮބާތަ މީކާއިލް ކަލޭ ތިކިޔާ ސައިޒަކީ. އެއީ ކަލޭ ބުނީމަ ބުނާހާ ގޮތަކަށް އަމަލުކުރުންތަ. މީކާއިލް ކަލޭ ދޭބަލަ އަންނި ކޮޓަރީގެ ފާހާނާ ސާފުކުރަން

  21. އަވަދި

    ދެން ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން ތިކަހަލަ ވާހަކަ ދެއްކެވީމަ އަހަރުން އިތުރަށް ބުނާނީ ކީކޭ؟ގައުމެއްގެ ސުޕްރީމް ކޯޓަކީ ކިހާވަރެެއްގެ ތަނެއްކަން ގާނޫނުހަދަން މަތިކޮށްފަތިބޭ މީހުންނަށް އާންމު ރައްޔިތުމީހާ ކިޔާދޭން ޖެހުމަކީ ދެރަވަރު ކަމެއް.

  22. އަބްދޫ

    ގައުމެއްގަ ހުންނަ ސްޕްރީމް ކޯޓަކީ އެގައުމެއްގެ އެންމެ މަތީ މުވައްސަސާ.ޢެކޯޓް ގެއަމުރަކީ ފަހުބަސް އެ ބަހަށް ރައީސް ވެސް މަޖިލިސް ވެސް އެންމެހާ ރައްޔިތުންވެސް ތަބާވުން ލާޒިމް މަޖިލީހުން ރައީސް ވަކިކުރަން ފާސް ކުރުމުން ސްޕްރީމް ކޯޓުން އެ ފާސް ކުރުން ބާތިލް ޖުރެޥިދާނެ.މަޖިލިސް އުވާލަން ރައީސް ނިންމެވުމުން އެނިންމެވުން އެ ކޯޓުން ބާތިލް ކުރެވިދާނެ އެއްވެސް ފަރާތަކަށް ސްޕްރީމް ކޯޓް ނިންމުން ބާތިލެއް ނުކުރެވޭނެ

  23. ލޯކަ!

    އެންމެ ހިތާމަ ހުރިކަމަކީ ގަސްގަހަށް ގަޅިއުކާ
    ވައްތަރުގެ އުޑެއް ބުޑެއް ނުދަންނަ މީހުން މަޖިލިހަށް ހޮވާފައި ތިބިކަމެވެ. އޮރިޔާން ވާއިރުވެސް ތިމާގެ ޙާލު ތިމާއަށް ދެނެގަންނަށް ނޭގޭކަމެވެ. ލަދުހަޔާތް އަރުއްވައި ގެންފައި ތިބީމާ ދެން ކިޔާކަށް ވަކިއެއްޗެއް ނޯންނާނެއެވެ.

  24. މިކީ

    އަވަހޭދޯ ސައިޒް އޮޅުނުލެއް.. ކަލޭ ސައިޒައް ތިރިކުރަން ޖެހިދާނެ. ސައިޒް ހަނދާންކޮއްގެން އުޅޭ ނޫނީ ސައިޒައް ތިރިކުރާނަން

  25. 3ވަނަވިސްނުން

    ފަޑިޔާރު ގެއާ ސަރުކާރު މުއައްސަސާ ނުބައި ވަނީ އެތަނުގަ ވެރިން ނުބައިވެ ގެން ! އެފަދަ ބަޔަކު އަމިއްލައަށް ދިއުން ތީގެ ހައްލަކީ