ސްޕްރީމު ކޯޓުގެ ނިންމުމަކާއި އެއްގޮތަށް އަމަލު ކުރުމަކީ ދައުލަތުގެ އަނެއް ދެ ބާރު ހިމެނޭ ގޮތަށް ހުރިހާ އެންމެންގެ މައްޗަށް ވެސް ގާނޫނޫ އަސާސީން ލާޒިމު ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ވައިސް ޗާންސެލާ އަހުމަދު މާޖިދު ވިދާޅުވީ ޖޭއެސްސީން ވިޔަސް، ކޯޓަކުން ވިޔަސް ކަންތައްތައް ކުރުމުގައި ފޮލޯ ކުރަންޖެހޭ ޕްރޮސެސްއެއް އޮންނާނެ ކަމަށެވެ.

މާޖިދު އިތުރަށް ވިދާޅުވީ ފަނޑިޔާރު ދީދީ ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަކީ ސްޕްރީމު ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ މައްސޫލިއްޔަތެއް ކަމަށެވެ.

" ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައިގައި ޖޭއެސްސީގެ އިހުތިސޯސްތަކުގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެފައި ނުވޭ ސްޕްރީމް ކޯޓުން އަމުރެއް ނެރުމުން އެއަށް ފުރަގަސްދީ އެއަަށް އަމަލު ނުކުރުމަކީ އޮންނަ ކަމެއް ނޫން" މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ، މީހަކާއި ދެކޮޅަށް ޝަކުވާއެއް ނުވަތަ ދައުވާއެއް އުފުލުނަސް އެމީހަކަށް ޖަވާބުދާރީ ވާނެ ފުރުސަތު ނުދިނުމަކީ ނެޗުރަލް ޖަސްޓިސް މަނާ ކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ ބާރަކުން އެއްބާރުން އަނެއް ބާރަށް އިހުތިރާމް ނުކުރުމަކީ ހަމަ އެކަނި އިހުތިރާމް ނުކުރެވޭ ނުވަތަ އިހާނެތިކޮށް އަމަލު ކުރެވޭ ބާރަށް އެކަނި ލިބޭ ނިކަމެތިކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ގާނޫނޫ ހުކުމް ގެއްލި، އަދުލު އިންސާފު ވެސް ގެއްލި، ދުސްތޫރީ ނިޒާމް ހަލާކުވެ ދައުލަތް ފެއިލްވެގެން ދާނެ ކަމަށް މާޖިދު ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ޝަރުއީ އަދި ގާނޫނީ ސައްހަކަން ކަނޑައެޅުމަށްޓަކައި އެއްވެސް އިޖުރާތެއް ހިންގުމަށް ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ޖާގަދީފައި ނުވޭ " މާޖިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިީހީ ހަލާކު

    ކޮބާަތޯ މިީގެ ކުރިން ތި ސްޕްރިންގް ކޯޓުން ނެރުނު އަމުރު. އެއިރު ތިބޭފުޅުން ކޮބާތޯ! ތީ ދެން ބޮޑުވަރެއް ކޮރަޕްޓްވިޔަސް.

    2
    8
  2. ކޮއި

    ތިޔަ ބުނާ ގޮތަށް 2018 ވަނަ އަހަރުގެ ފެބްރުއަރީގައި އަމަލު ނުކުރެވުނީ ކިހިނެއްވެގެންބާ!!! ހަމަ އަޖައިބު، އޭރު ކަލޭމެން މީ ތަނެއްވެސް ނޭނގެ!

    4
    9
  3. ސިންޕަތީ

    އެއްކޮޅަކަށް ވިކި ހުސްވެފަހެން ހީވަނީ ރ ޔާމީނުވީމަ ދިޔު ޕްރޮސަސް ސްޕްރީމް ކޯޓުން ނެރޭ އަމުރުތަކަށް ޑިއު ޕްރޮސަސް އަދި އެތަނުގެ ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި ދެންވެސް ބަޔެއް އެހެން ޣާޒީން ވަގަށްނަގާ ރަހީނުކުރުން އޯކޭ

    3
    9
    • ޢަބްދުއްލާ

      ކޮންމަގާމެއްގަހުރި ކާކު ލައްވާތަ ޓިނުނެގީ ތީހުސްދޮގު.

      މިޔޮއްބަނޑައްޖެހެނީ. ދެންވައްކަން ކުރަން ނުކުމޭ. އޭރުން އަދި ބޮޑަށް ޖަޒީރާވާނީ.