ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ އަމުރު ޤާނޫނާއި ހިލާފު ކަމަށް ނިންމި ނިންމުމާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމެޓީތަކުން ވެސް ނިންމީ ނިންމުންތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފު ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައި ވާތީ ސުޕްރީމް ކޯޓާއި މެދު ގޮތެއް ނިންމައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅި ހުށަހެޅުމާއި މެދު މިއަދު މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސުޕްރީމް ކޯޓުގެ އަމުރު ކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރެވިދާނެ ހުށަހެޅުމެއް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އާޒިމް މަޖިލީހަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީ އިން ބެލުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމަށެވެ.

އާޒިމްގެ މިހުށަހެޅުމާއި އެކު ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ޖޭއެސްސީ އިން ނިންމާ، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަ މަަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މަޖިލީހުން ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާ އެބޭފުޅުން މަގާމުން ދުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

މިއަދުގެ ޖަލްސާ ނިންމާލުމުގެ ކުރިން އާޒިމްގެ ހުށަހެޅުމަށް ވެސް މަޖިލީހުގައި ވޯޓް ނަގާނެއެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ނިންމާލާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވުމަށް ފާސްކުރުމަށް ފަހު ކަމަށް ބެލެވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް މަގާމުން ދުރުކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ފަނޑިޔާރުން މަގާމުން ދުރުކުރެވޭނީ އެބޭފުޅުން މަގާމުން ދުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މޮހަނު

    ސްޕްރީމް ކޯޓު އުވާލާފަ އެބާރުތައް ރައްޔިތުންގެ މަޖްލިސް އަށް ނަގަންވީނުން، ބަޔަކަށް ބާރެއް ލިބުނަސް މިދެން ބޮޑުވަރު،

    64
    11
    • ހުސޭނުބޭ

      ކަމަކުނުދޭ ތިގޮތެއް! ސްޕްރީމް ކޯޓް އުވާލާފައި ކެނެރީގެއަކީ ސްޕްރީމްކޯޓު ކަމުގައި ހެދިއްޔާ އެންމެ މޮޅުވާނީ!

      70
      5
    • ސައުދީ

      ކޮރަޕްޓު ފަނޑިޔާރުން ހަމަ ބޭރުކުރަންވީ!

      2
      7
  2. ކޮރަލް

    ނަން ވާނީ ޔާމީން އެވެ. މަޖްލިސް އުވާލަން ވީއެވެ.

    68
    12
    • ސައުދީ

      5 ފަނޑިޔާރުންނަށްވުރެ ރައްޔިތުން ހޮވާ މެންބަރުން ނިންމާ ގޮތް ރަނގަޅުވާނެ!

      3
      6
  3. ބޯހަލާކު

    ޓީޏޤޞާޜޫ ޢޭޢޤ ޏޫޚޫޜާޏޤ ޙާޅޭޅޭޥީ މީހުން މީ. ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ މި މީހުންގެ ހުރި ނުލަފާކަން

    37
    3
  4. ބުޚްތާން

    ސުޕަރ މެޖޯރިޓީއޭކިޔާފަ ބަރޫލިބުނީމަ ރައްޔިތުން ގަންހިންގަންވިތަ
    ތިޔަފާޑަން ކަންތައްތައް ކުރަންފެށިމާ ކިޔާނީ މިހަރު މިޤައުމުގަ މިކުރަނީ ބަރާވެރިކަމެކޭ
    އެހެންނޫންތަވާނީ މިއީ ޞައްޙަގޮތުގައި ރައްޔިތުން ދިންވޯޓަށް ލިބިގެންއުޅޭވެރިކަމެއްނޫންވިއްޔާ މިއީ އެއުޅޭ ތިމަރަވަގު އަމިއްލަ އެދުމްން ފޯގެން ވޯޓް އޮޅުވާލައިގެން ރައްޔިތުންގެ އަތުން ފޭރިގަނެގެން އިބޫ ޞާލިޙަށް ދީގެންއުޅޭވެރިމެއްވިއްޔާ
    މާތްﷲ އިރާދަކުރެއްވިޔާ އަދި ޙަޤަށް ނަޞްރުލިބޭނެ އާމީން

    60
    6
  5. ޢާއިޝަތު

    ސާބަހޭ މަނިކުފާނު ބާރެއް ލުނެއްކަމަކު ތީދެން ބޮޑުވަރު

    32
    4
  6. ޗާލު

    ބޮޑުވަޒީރުކަމަށް ނާދެވިގެން މުޅިޖުޑިޝަރީ ފުނޑާލަނީ. ވައްކަންނުކުރެވިގެން ސްޕްރީމްކޯޓް ފުނޑާލަނީ. ސްޕްރީމްކޯޓުން 1 ފެބްރުވަރީގެ އަމުރުގެ ރަހަ މިހާރު ހުންނާނީ ފަނޑިޔާރުންގެ ކަރު ބުޑަށް ލެވިފަ. ކޮބާ މައުމޫން. ޤާސިމް ލަނޑުދީފަ ފިލައިފި.

    23
    2
  7. ކާފަ

    ރައްޔިތުން މާލެ ގެނެސް ސްޕްރީމްކޯޓް ތެރެއަށް ވައްދަންވީ..

    13
    3
  8. އޮރެންޖު

    ސްޕްރީމް ކޯޓް ކަލޭ ޖީބަށް ލާބަލަ. ތިންބާރު ތިވަކި ކުރަނީތަ؟؟

    15
    2
  9. ޙޯރަ ބޭ

    ސުޕުރިން ކޯޓުއުވާލަންވީ

    6
    12
  10. ބަރުގޮނު

    ކޮންމެހެން ވަގުތު ދިގުކުރުމުގެ ބޭނުމެއްނެތް. މުޅި މަސްއަލާގެ މައިގަޑު ބޭނުމަކީ ރައީސް ނަޝީދަށް ޙުކުމް އިއްވި ފަޑިޔާރަށް ނަޝީދު ބަދަލު ހިފުން. ސްޕްރީމް ކޯޓާ ޖުޑީޝަލް އާ ދެމެދު ގެ ކަންތައްގަޑުގެެ ފެށުމަކަށް ވީވެސް ހަމަ އެފަޑިޔާރާމެދު ޖުޑީޝަލުން ނިންމި ނިންމުމާމެދު ސްޕްރީމް ކޯޓްން ބަޔާނެއް ނެރުން. މަސްއަލަ ހުށަހެޅީ ނަޝީދު ، މަޖްލިސް ގެ ރައީސަކީ ނަޝީދު ، މެޖޯރިޓީ އޮތީ ނަޝީދު ގެ ޕާޓީއަށް. ޖުޑީޝަލް ގައިވެސް ނަޝީދު ހިމެނޭ. ނަޝީދުގެ ކޮންމެ ބަހަކަށް އާހޫނ ކިޔާނެ މެމްބަރުން ވެސް ޖްޑީޝަލްގައި އެބަތިބި. މެޖޯރިޓީ މެމްބަރުންނަށް އެބަފެނޭ ފަޑިޔާރުން ބަކަތަޅާތަން. ދެންހަމަ ނަޝީދު މިގޮތަށޭ ބުނީމާ އެއޮތީ ނިމިފައި. ޖްޑީޝަލުންވެސް ބުނާނެ އެއްޗެއް ނޯންނާނެ. ދިގުދަންމާ ވަގުތު އިތުރު ކުރާނެ ކަމެއްނެތް. ނަޝީދު ހުށަހެޅި މަސްއަލަ ނަޝީދު ނިންމާލަންވީ.

  11. ބޮޑޭ

    ސްޕްރީމް ކޯޓުވެސް އުވާލަންވީ މަޖިލިސްވެސް އުވާލަންވި އޭގެ ފަހުގައި އިސްލާމީޝަރިޢަތް ހިންގަންވި.

    4
    1