އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ދަފްތަރު ނަމްބަރު 2997 ޝައިމް އަބްދުﷲ ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އަންގާރަ ދުވަހު ހެނދުނު 09:29 ގައެވެ.

ޝައިމް ޢަބްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

ޝައިމް ޢަބްދުﷲ އެންމެ ފަހުން ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އަދި އޭނާ މިހާތަނަށް ދިރިއުޅެމުން އައި ރަށެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އޭނާ ގެއްލިފައި ވަނީ ކޮންރަށަކުން ކަމެއް ސާފެއް ނުވެއެވެ. އެމައުލޫމާތު ކަށަވަރު ކުރަން ފުލުހުންނަށް ގުޅުމުން ފުލުހުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ

    ކުއްޖާގެ ފޮޓޯއާ ނަންވެސް ސިއްރުކުރިނަމަ. ރާއްޖޭގެ ފުލުހުންނަކީ ހަމަ އެއްކަމަކަށްވެސް ބޭނުންހިފޭ ބައެއް ނޫން

    45
    3
  2. މާމިގިލީ މީހާ

    ފުލުހުން ކުއްޖާޔާ ބެހޭ މައުލޫމާތު ނުދެއްޏާ. ކޮންމެހެން ރައްޔިތުން ހޯދާން އުޅޭނެ ކަމެއް ނެތް.

    36
    2
  3. ކިނބޫ

    މިދިޔަ ނޮވެންބަރު 17 އިން ފެށިގެން މުސީބާތްތައް ފުލުފުލުން އަންނަމުން ދަނީ. ޔާ ﷲ މި އަނިޔާވެރިން ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައި ބާރުތައް ލުހެލައްވައި ބަލާ މުސީބާތުން މިންޖު ކުރައްވާފާނދޭވެ. އާމީން!

    40
    15
  4. އަސްލަމް

    އެކުއްޖާ މީގެ ކުޑަދުވަސް ކޮޅެއްކުރިން ޖެންޑާއަށް ވަނީ ގެންގޮއްސަ. އަދި އެކުއްޖާގެ ކޮއްކޮ އާއެކު. ހަމަ ޔަގީނުންވެސް އާއިލާއާއި ހަވާލެއް ނުކުރޭ މިވަގުތާ ހަމަޔަށް. މިއީ ތެދު މައުލޫމާތު.

    29
  5. Anonymous

    މަކަރުން މީހުންގެ ދަރީން ގެންގޮސްގެން ހިފަހައްޓައިގެން ތިބީ ކިތައް މީހުންތަ މިރާއްޖޭގަ؟

    20
    1
  6. ޒަބާދުކުޑޭ

    ކުއްޖާ ގެއްލުނީ ޖެންޑާގެ ހަވާލުގައި ހުއްޓާ. އެހެންވެ އެކަން ހާމަނުކުރީ. ޝިދާތާ އިސްތިއުފާދީފާ ގެއަށްދޭކޭ.

    38
    2
  7. ކެޔޮޅު

    ޝިދާތާ އިސްތިއުފާ .ޝިދާތާ އިސްތިއުފާ. ޝިދާތާ އިސްތިއުފާ. ޝިދާތާ އިސްތިއުފާ.

    27
    3
  8. ކެޔޮޅު

    ކުއްޖާ ގެއްލިގެން އިއުލާންކުރިކިއްކުރަށް. އެއްވެސް މައުލޫމާތެއް ނުހިމަނާ. ގެއްްލުނީކީނޫން. ގެއްލުވާލީދޯ.

    24
    2
  9. ރަށްދު

    ތީގެއްލިގެން އުޅޭ ކުއްޖެއްނޫން ފޮރުވައިގެން އުޅޭ ކުއްޖެއް

    11
  10. ޢަސްލު

    ތާޖުއްދީން ސުކޫލު ގްރޭޑް 8 ގެދަރިވަރެއް

  11. ސމީ

    ދަފްތަރު ބަލިފން ތަ އެތަން ފުރަތަމ ބުލުން ރަނގަޅީ