ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފު، ރަސްމީ ދަތުރުފުޅެއްގައި ޕޯޗުގަލްއަށް ވަޑައިގެންނެވުމާއި ގުޅިގެން އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ހަވާލުކުރައްވައިފިއެވެ.

މިނިސްޓަރ މަހުލޫފް ޕޯޗުގަލްއަށް ވަޑައިގެންނެވީ މިނިސްޓާސް ރެސްޕޮންސިބިލިޓީ ފޯ ޔޫތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިނިސްޓަރ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުއެވެ.

ޔޫތު މިނިސްޓްރީން ބުނީ، މަހުލޫފު އެނބުރި ރާއްޖެ ވަޑައިގެންނެވުމާ ހަމައަށް ވަގުތީ ގޮތުން މިނިސްޓްރީގެ ހިންގެވުމާ ހަވާލުވެ ހުންނަވާނީ ހެލްތު މިނިސްޓަރު އަމީން ކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާތީ، ވަޒީފައަށް ނުނިކުމެ ގޭގައި މަޑުކުރެއްވުމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްއަށް އެންގި ދުވަސްވަރު، ޔޫތް މިނިސްޓްރީ ވަގުތީގޮތުން ހިންގެވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކަމަށް ކޮލިފައިވުމުގެ ސަބަބުން ޕޯޗުގަލްގެ ޔޫތު މިނިސްޓްރީ ހިންގުން އަނެއްކާ ހަވާލުކުރެއްވީބާ! މިތާ ހުރެ ކުރިގާވެސް ކަމަކީ އެމްޕީއާރުސީ ލާރިކޮޅު ކޮޅައިލުން!