ވިސާ ނެތި ޤަވައިދާ ޚިލާފަށް ސްރީލަންކާގައި ދިރިއުޅެމުން އަންނަ 291 ދިވެހިން ޑީޕޯޓް ކޮށްލަން ތައްޔަރުވަމުން އަންނަ ކަމުގައި އެގައުމުގެ އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ލަންކާގެ "ސަންޑޭ ޓައިމްސް" އަށް ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލާ ޕަސަން ރަތުނަޔަކަ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިސާ ނެތި ލަންކާގައި ދިރިއުޅެމުން އަންނަ 8000 އެއްހާ ބިދޭސީން ޑީޕޯޓްކޮށްލުމުގެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ލަންކާގައި ޤަވައިދާ ޚިލާފަށް އެންމެ ގިނައިން އުޅެމުން ދަނީ އިންޑިއާ އާއި ޕާކިސްތާން މީހުންނެވެ.

އޭނާ ވިދާޅުވި ވިސާ ނެތި އުޅޭ މީހުންގެ ތެރޭގައި ގިނައީ، އޭޝިޔާގެ ހަ ގައުމަކަށް ނިސްބަތްވާ މީހުން އެވެ. ރަތުނަޔަކަ ވިދާޅުވީ ލަންކާގައި ވިސާ ނެތި 291 ދިވެހިން ދިރިއުޅެމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ވަޒީރުންގެ މަޖިލީހުން މީހުން ޑީޕޯޓް ކުރުމުގެ ހުއްދަ ލިބުމާ އެކު ޤަވައިދާއި ހިލާފަށް ދިރިއުޅޭ އެންމެން ވެސް ޑީޕޯޓްކޮށްލަން ކޮލަމްބޯގެ ޑިޓެންޝަން ފެސިލިޓީއަކަށް ގެނެވޭނެ. އެ މީހުން ގައުމަށް އަނބުރާ ފޮނުވާލެވެންދެން އެތަނުގައި ތިބޭނީ." ރަތުނަޔަކަ ވިދާޅުވެފައިވެ އެވެ.

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް 30 ދުވަހުގެ ވިސާ ލިބެއެވެ. އަދި ބޭނުން ނަމަ ޓުއަރިސްޓް ވިސާ އިތުރު ދެމަސް ދުވަހަށް އިތުރު ކުރެވެއެވެ. ތައުލީމް ހާސިލް ކުރަން ނުވަތަ ދިރިއުޅެން ލަންކާ ގައި އުޅޭނަމަ ކޮންމެ އަހަރަކު އެއްފަހަރު ވިސާ އާކުރަން ޖެހެއެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވުމުން ވެސް ވިސާ އާނުކޮށް މަޑުކުރުން އެއީ ލަންކާގައި އުޅޭ ދިވެހިން އާއްމުކޮށް ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހައްހައް

    ލުތުފީވެސް ޑީޕޯޓު ކުރާނެތަ؟ ނޫނީ އެމްބަސީން އޭނައަށް ގޮތް ހަމަ ޖައްސައިދީފިތަ؟

    25
    2
  2. ޒާދު

    އެއޮއް ބޮޑު ލަންކާގަ ވިސާނެތި އެންމެ 8000 މީހުން މި ރާއްޖޭގަ ލައްކައަކާ ގާތްކުރޭ

    29
    1
  3. ޅަބޭބާ

    ލަސްވެއްޖެ. ޤައުމީ މައްސަލައަކަށް ވުމުގެ ކުރިން ފިޔަވަޅު އަޅާ!

    27
  4. ޢޭޢެމް

    ރާއްޖޭގައި ގަވާއިދާހިލާފައް އުޅޭބިދޭސިން ޑީޕޯޓްކުރުމައް ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ބިލެއްފާސްކޮއްދެއްވުމައް މަޖިލީހުގެރައީސް ރައީސްނަސީދައް އާދޭހާއެކު ދަންނަވަން

    14
    1
  5. ހުސޭނުބޭ

    މި ރާއްޖޭން ތިވަރުކަމެއް ކުރާނީ ކޮން އިރަކުންބާ! ރާއޖެއަށް ބަންގާޅިން އަތްގަދަކޮށް ދިވެހިން ރެފިއުޖީންގެ ގޮތުގައި ވާންޖެހޭ ދުވަހަކުންތަ؟

    10
    1
  6. އަހްމަދު

    ލުތުފީ ނުފޮނުވާތި.

    5
    1
  7. ޒާ

    ތިޔަކަންވެސް ނުވަނީ ދިވެހިރާއްޖޭގައި. ވިސާނެތި އުޅެވޭ ސުވަރުގެއަކީ ދިވެހިރާއްޖެ. ކޮންމެ މީހަަކަށް ވެރިކަން ލިބޭއިރު ލާ ކޮންޓްރޯލަރު އަނގަފުޅާކޮށްފައި ބިދޭސީންގެ މައްސަލަ ހައްލު ކުރާނެ ވާހަކަ ބުނާނެ. ވާކަމެއް ހަރާމް. މިހާރު އޭނާވެސް އެހެރީ ވަށައިގެން އެނބުރޭ ފައިސާތައް ފެނިފައި ދެއްކިވާހަކަމަތީން ހަނދާން ނެތިފައި.

  8. ޒާ

    ދިވެހިރާއްޖެއަކީ ވިސާނެތި ގަވާއިދާ ޚިލާފަށް ބިދޭސީންނަށް އުޅެވޭ ސުވަރުގެ މިގައުމުގައި ލަންކާ، އިންޑިއާ ބަންގާޅުމީހުން ވިސާނެތި އުޅޭ ބައިވަރު. އަލަށް އައި ކޮންޓްރޯލަރު އަނގަފުޅާކޮށްފައި ބިދޭސީން ފޮނުވާލައި މައްސަލަ ހައްލު ކުރުމަށް ދެއްކިވާހަކަ މިހާރު ހަނދާން ހުރިމީހަކުނެތް. އިބޫވީ ވަޢުދުތައް ވަޅުލެވުނުއިރު އެވަޢުދުވެސް ވީ ވަޅުލެވިފަ. ކޮންޓްރޯލަރުގެ ވަށައިގެން އެނބުރޭ ފައިސާތައް ފެނިފައި އޭނާމިހާރު ބިދޭސީ މައްސަލަ ހައްލުކުރަން ކަހާތަން ހިރުވާވެސް ނުލާ. ކޯޓާ ވިއްކާ ވިޔަފާރި ފެށިފައި އެއޮތީ ޓްރޭޑް މިނިސްރީގެ ވިޔަފާރިއެއްގޮތަށް.

    7
    1
  9. ކިނބޫ

    ހަހަަހަހަހަހ. ފަހަރުވަ ލެވިއްޖެ

  10. ސަމުގާ

    ބައްލަވާ ލުޔުފީ އެބަހުރި އެމްބަސިގަ ބައްލަވައްޗޭ؟؟؟

    1
    1