ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި އެޤައުމަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީ އިން ވިދާޅުވީ މިއީ ދިވެހިރާއްޖެއާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ފުރަތަމަ ފަހަރު ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ލަވްރޯފްއާއި ބައްދަކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމަށާއި މި ދަތުރުފުޅުގައި ދެޤައުމުގެ ރައްޔިތުންނަށް އެއް ޤައުމުން އަނެއް ޤައުމުގައި ވިސާ އެގްޒެމްޕްޝަންގެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ދެޤައުމުގެ ޚާރިޖީ ވަޒީރުން ސޮއެކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ރަޝިޔާއިން ލިބޭނެއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއިއެކު އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުންކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ދިވެހިރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑިރެކްޓަރ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ މަރިޔަމް އާސިފްއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލުޠުފީ

    ޤަވްމަށް ފައިސާ ވަންނާނޭ މަސައްކަތެއް ކުރަން ނޭނގި ، ކުރީގެ ވެރިޔާ ހޯދަފައިހުރި މުދަލާ ފައިސާއިން އަޗާތަޅާ ، ޤަވްމުތަކަށް ސަލާންޖަހަން ދުއްވުމަކީ ޤަވްމަށް ބަލާއިރުވެސް ހުތުރު އަދި ލަދުވެތި ކަމެކެވެ.

    50
    6
  2. ޥޯގާނާ

    ސާބަހޭ.. ހިބަރުވަދާ...ދިވެޖިރައްޔިތުން ތިޔަައޮތީ ދައުލަތުގެ ބޭތުލްމާލު ހަވާލުކޮށްފަ.. ހަށީހޭނުބަހައްޓާތި!! ބޭރަށްހިންގާނަމަ ވާނީ ތިޔަހެން. ވެހޭތާފެންނަގަން ހިބަރުވަދު ވަރަށްފަރިތަވެފަ ތަޖުރިބާހުންނާނެ. ލިފްޓުވަގު.

    41
    3
  3. އަބްދުލް

    ސާބަހޭ!! ދަތުރު ދަތުރު..ހަމަ އެތަނަކަށް ގޮސްގެން ނޫނީ ނުވާނެ ތިކަމެއް. އަދި ހަވާލުވިފަހުން ރާއްޖޭގަ މަޑު ވެލާނެ ފުރުސަތެއް ނުލިބޭ

    47
    3
  4. ހަމީދު

    ކަލޯ ސާބަހޭ ދައޮލަތް ހުސްކޮށްލާ.

    48
    2
  5. ތައްހާނު

    ހެޔޮވާނީ ކިހިނެއް މިކަލޭގެ ހުސް ވައްކަން މިކުރަނީ

    32
    1
  6. ހުސޭނުބޭ

    ޕްރިޕެއިޑް ގުޅުން ފަދަ ގުޅުންތަކެއް ހިންގަނީބާ! އަންބޮނޑިއަށް ލައިގެން ނިއުކްލިއަރ ބޮމެއް ނިކަން އަހަރެމެންނަށް ގެނެސްދީބަލަ!

    25
    2
  7. ބެއްޔަގެފުތާ

    ހިބަރު ވަދެއް އެއްލާއިގެންވެސް ފައިސާކޮޅެއް ލިބޭތޯ ބަލަންވާނެ. ސަލާން ޖެހުމަށް މިވަރެއް ނެތް ލިބޭ އެއްޗެއް ހަރާން ބައިތުލްމާލު ގާއި ރައްކާކޮއްފާ ހުރި އެތިކޮޅުވެސް ސަލާންޖަހާ ދަތުރުތަކަށް ގޮސްހުސްވާނީ އެއްކޮންހުސްވެ ބޮލާފޮށާއެޅުނީމަ ފިލާރައްކާވާނީ ރައްޔިތުންގެ ބޮލެކޭ މީދާކޭ އުނބެކޭ ތަފާތެއް ނެތް

    23
    1
  8. އަބޫ

    އަދި ކިރިޔާ ރަނގަޅު ދިމާލަށް ތިމިސްރާބު ޖެހީ

    8
    6
  9. ޒާ

    މި ޝާހިދުގެ ބޭނުމަކީ މިވެރިކަން ނިމުމުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރުމުގެ ރެކޯޑެއް ހެދުން. ދައުލަތުގެ މާލިއްޔާ ފަތުއަޑުކިޔާފައި ދަނީ ދަށަށް. ތަަރައްގީއަށް އެއްވެސް ކަމެއް ނުކުރާ ސަރުކާރެއްގައި މީވެސް ޚަރަދު ބޮޑުކުރުމަށް ޖެހިފައިވާ މުސީބާތެއްކަހަލަ މީހެއް.

    20
  10. ބުމަރޭން

    ރައްޔިތުންވިސްނަންވެއްޖެއެއްނު މިކަލޭގެއަކު ވެރިކަންބަދަލުވީއްސުރެން ދެފައި އެއްތާނުޖަހާ ރައްޔިތުންގެފައިސާ ޚަރަދުކުރަމުން މިދުވަނީ އެއްވެސްތާކުން އެއްޗެއްލިބެނީއެއްނޫން އެއްޗެއްލިބިއްޖެނަމަ ފެންނަނީއެއްނޫން ޤައުމުވަނީހައްތާފަޤީރު މުސާރަދޭވަރައްވެސްނޭންގެ ހުރިކަމެއް އެކަމަކުވެސްމީނަހަމަ އަޗާތަޅަނީ މީކިހާދެރަކަމެއް

    12
  11. މާރިޔާ / ބާރަށް

    ދައުލަތުގެ ފައިސާ ގަޑުހުސްކޮއްފި

    10
  12. ...

    ޙޭބޯ ނާރާ ސަލާން ޖެހުމުގަ. ޤައުމަށް ކޮށްދެވުނު ކަމެއް ނެތް (ޤައުމު ވިއްކާލުން ފިޔަވާ) . ހިބަރުބޭ ވ.ސަލާން

    14
  13. ޙެ ހެ

    ލާރިފޮއްޗެއް ދޭނެ މީހަކުނުވެގެން ތެޅެނީ

    10
  14. އަހްމަދު

    ސާބަހޭ ޝާހިދު މިސަރުކާރު ނިމެންވާއިރައް 100 ފާހާނަ ހުރިގެއައް އަނެއްކާވެސ އަޅާނުލެވުނިއްޔާ މިނިސްޓަރުކަންކުރެވުނުކަމަކަށްނުވާނެ

    10
  15. ވެލެޒިނީ

    ދީން އުވާލަން ކުރާމަސައްކަތް... އެމެރިކާ އާއި އެއްކޮޅަށް ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުނަށް އެމެރިކާގެ ސަރުކާރުން ނަސާރާ ދީން ފެތުރުމާއި ބެހޭ ވުޒާރާއިން ވަނީ ސަރުކާރުގެ ހަޔަރ ލެވަލްގެ ބޭފުޅަކު ދީނަށް ކެރިގެން ހަޖޫޖަހާނަމަ ހިމާޔަތް ދޭނެކަމަށާއި އެބަޔަކަށް ފުރައްސާރައިގެ ބާވަތަށް ބަލާފައި ބޮޑެތި އަދަދުތަކުން ރިސްވަތުގެ ފައިސާ ލިބޭނެ ސިއްރު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައި... ވވވ ވާހަކަ މިއީ...

  16. ބާރީ

    މީނަ ހިތުން ފަތުހުއްﷲ ހެދިފަމިހުރީ. ގައުމުގެ ރިޒާރވް ތަޅާ ހުސްކުރަނީ..ބާކީބައި ބުއްދާ އިންޑިއާއަށް ދީގެން.