ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އުޅެނީ އިސްލާމީ ތައުލީމް ވުޖޫދުން ފޮހެލަން ކަމަށާއި، އެކަމުގެ ފުރަތަމަ ފިޔަވަޅު ސަރުކާރުން އަޅާފައިވާކަމަށް ވިދާޅުވެ ކޮންގްރެސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވަރަށް ފާޑު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) އެއްކޮށްލައި، އެއް ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށް މިއަދު މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ.

ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުއެވެ.

އެ އިސްލާހާއި ގުޅިގެން މިއަދު އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަކަރުވެރި ހީލަތްތެރި ރޭވުމެއްގެ ދަށުން ދިވެހިންގެ ފަޚުރުކަމަށްވާ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފޮހެލުމަށް ފުރަތަމަ ފިޔަވަޅު އަޅާފައިވާކަަމަށެވެ.

"2008ގެ އެމްޑީޕީ ވެރިކަމަށް އައިސް ދިމާކުރީ އަރަބި އިސްލާމީ ތައުލީމް މި ގައުމުން ފޮހެލަން، އެ ފަހަރަކު ނުވި". އަދުރޭ ވިދާޅުވިއެވެ.

އިތުރަށް އަދުރޭ ވިދާޅުވީ، 100% އިސްލާމިކް ޔުނިވާސިޓީގެ ނަމުގައި ޔުނިވާސިޓީއެއް ހުުރުަމަކީ އެ ގައުމެއްގެ އިސްލާމީ ޝަޙުސިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެެވެ.

"އެ ގައުމެއްގެ ހައިބަތާއި ކަރާމާތް ހިފެހެއްޓުމަކީ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް". އަދުރޭ ވިދާޅުވިއެވެ.

މިއަދު އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޗާންސެލަރާއި ވައިސް ޗާންސެލަރު ރައީސް އައްޔަންކުރެއްވި ނަމަވެސް ޑެޕިއުޓީ ވައިސް ޗާންސެލަރު އައްޔަންކޮށް ވަކިކުރާނީ ޔުނިވަސިޓީގެ މަޖިލިހުން ކަމާއި، ޑެޕިއުޓީ ޗާންސެލަރުގެ މަގާމުގެ ދައުރާއި މަސްއޫލިއްޔަތު ކަނޑައަޅާނީ ވެސް ޔުނިވަސިޓީގެ މަޖިލިހުން ކަމަށް އެ ގާނޫނަށް ގެނައުމާއި، އެ ޔުނިވަރސިޓީގެ މަޖިލިސް އެކުލެވިގެންވާ އަދަދު 19 އަށް ބަދަލު ކުރުމަށް ވެސް ހުށަހެޅި އިސްލާހުގައި ވެއެވެ.

އައިޔޫއެމް އުފެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގާސިމު އިބުރާހިމު

    އިސްލާމީ ތައުލީމުގަ އޮވޭތޯ ދައުލަތުގެ މާލިއްޔަތުން ވައްކަންކުރުން. ޕޕއމ ގެ ވެރިކަމުގަ ދައުލަތުގެ މާލިއްޔަތުން ވައްކަންކުރީ އިސްލާމްދީނުގަ އެކަންކުރަން އޮންނާތީތޯ.

    11
    33
  2. 1111

    އޮހް.. އިސްލާން ދީނަށާއި އެދީނު އެންމެހާ ކަންކަމަށް އެންމެ ބޮޑަށް އުޅެމީހުންދޯ..!

    10
    13
  3. ސަޓޯ

    އަދުރޭ ބޭބެނުބުންޏަސް އަހަރެމެނަށް އެނގޭ ތިކަން... އޭނައަށް ވޯޓުދިން މުޅި އެމްޑީޕީގަ އުޅޭނާ ކާފަރު ސޮލީބީން... އެހެންވެ އެއްނު އެތިބެނީ ހިނިއައިސްފަ ބަލަހައްޓައިގެން ކަޅުކާޅު މިހުރިހާ ކަމެއް ކުރާއިރުވެސް

    22
    5
  4. ދަތްދޫނި

    ތިކަމަށްވުރެ މާ ބޮޑެންނު ތަމެން ތި ތިބީ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލު ހުސްކޮއްލައިގެންވިއްޔާ!

    7
    18
    • އުގޫފާރު މީހާ

      މިހާރު ބައިތުލް މާލުކައި ހުސްކުރަމުން ދާއިރު ދަތްދޫނި ކީއްކުރައް ބަލަހައްޓައިގެން ތިހުންނަނީ.

  5. ހަސަދު

    ކިޔެވުން އެއީ ކޯއްޗެއްކަން ނޭގޭ މީހުން ތައުލީމާ ބެހޭ ގޮތުން ވާހަކަ ދެއްކުން ހުއްޓޭނީ ކޮންދުވަހަކުންބާ!!!

    12
    3
  6. ހަސްބުނަﷲ

    އަދުރޭ އެއް އަދި އެހެން މީހަކު ބުނި ކަމުގައި ވިއަސް ތިއީ ކުރިން ވެސް ހަމަ އިނގޭ އަދި ދެކެވޭ ވާހަކަ އެއް. ހިތާމައިގެ ކޮޅެއް ނެތް.

    17
    3
  7. އަލްޖިބްރާ

    އިސްލާމް ދީނުގަ އޮންނަނީ ރައްޔިތުންގެ ފައިސާއިން ބިން ގަތުމާއި އެފައިސާއިން ވައްކަން ކުރުމާއި ރައްޔިތުންގެ ބިންތަށް ޣައެރު މުސްލިމުންނަށް ވިއްކާފަ ، އެފައިސާތަށް ކަލޭ މެން ބަޑުއެޅުންތަ ؟ !

    5
    3
  8. ޙޫން

    ޢިސްލާމްދީން ނޭ ކިޔާގެން ވާހަކަދައްކަން އަދުރޭ ކަލޭ ލަދުނުގަނޭތަ ދިވެހިރައްޔިތުންގެ ލާރިގަޑު ބަޑު އަޅާލުމަކީ އެއީ ދީނުގައި ކިހާވަރެއްގެ ކަމެއް
    ކަން ނޭގޭމީހަކު ދީނޭކިޔާގެން ވާހަކަ ނުދެއްކިއްޔާ
    ރަގަޅުވާނީ ................

    4
    2
    • އުގޫފާރު މީހާ

      އަދުރޭ ރައްޔިތުންގެ ލާރިގަނޑު ބަނޑުއަޅާފައިކައިނުވޭ. ވަރަށް ސާފު. ތީ ވަރަށް ބޮޑު އޮޅުމެއް. މިހާރު ރައްޔިތުންގެ ލާރި ގަނޑު ބަޑުއަޅާތައް ނުފެނޭތަ؟ މީ އެމްޑީޕީ އާލާތްގަނޑުމީ ކިހިނެތް ވެގެން ތެޅޭ ކާފިލާ ގަނޑެއްތަ. ބޮއި ހަލާކު.