ރިޔާސީ ކޮމިޝަންތަކަށް ބާރު ލިބުމުން އިންސާފާއި ތެދުވެރިކަމަށް މަގު ފަހިވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު ތަސްދީގު ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގަ އެމަނިކުފާނު ވިދާޅުވެފައިވަނީ ކޮމިޝަންތަކަށް ބާރު ލިބިދޭ ޤާނޫނުގެ ސަބަބުން އިންސާފާއި ތެދުވެރިކަމަށް ވާސިލްވެވޭނެ މަގު ފަހިވެގެން ދާނެ ކަމަށެވެ.

އެބިލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ. އެހެން ނަމަވެސް އެބިލް ނިމިފައިވަނީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އާ މަޖިލީހުން ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ މަސައްކަތް ވަނީ ވަރަށް ބާރު ސްޕީޑުގައި ނިންމާލައި ކޮމެޓީ މަރުޙަލާގައި ގެންނަންޖެހޭ އިޞްލާހުތައްވެސް ވަނީ ގެނެސްފައެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ގާނޫނަކީ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. އަދި އޭގެ އިތުރުން ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ގާނޫނުން ބާރުތަކެއް ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ކުރީކޮޅު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. ނަމަވެސް ބިލު ފާސްކުރަން ވޯޓަށް އަހާނެ ވަރަށް އެއްވެސް ފަހަރެއްގައި މަޖިލިސް ތަޅުމުގައި މެންބަރުންނެއް ހާޒިރެއްނުވެއެވެ.

ކޮމިޝަންތަކަށް ބާރުތައް ދިނުމުގެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ބިލު ފާސްކޮށްފައިވަނީ 67 މެމްބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބެއްޔާ

    ކޮމިޝަނަށް ބާރު ދިނީމަ ރައްޔިތުންގެ ފައިސާ އިސްރާފުވަނީ. ބަޖެޓުހުސްވަނީ. ތަހުޤީޤުކުރަން އެތައް އިދާރާއެއް ހުރީމަ އޮޅުންބޮޅުންއަރަނީ. ވެދާނެ ޕޮލިހަށް އިތުބާރުނުކުރާތީ ރުޅިއަންނަ މީހުންނަށް ޒާތީ ހަސަދަ ފިލުވާލަން ޕާޓީ ކުދިންލައްވާ ހިންގުވަނީކަމަށް. ދެން ސުޢޫދުއަށް އުއްތަމަ ފަނޑިޔާރުކަން ދިނީމަ އިންސާފު ގާއިމުވީދޯ.

    28
  2. ކާފަ

    ޕާޓީކުދިން ހިތްއެދޭގޮތަށް އިންސާފު ލިބޭނެ. ޕީޓީ މީހަކާ ދެކޮޅަށް ޝަރީޢަތެއް ނިމިއްޖެ ނަމަ އެއީ އިންސާފަކަށް ނުބަލާނެ.

    29
    1
  3. ާއަހުމަދު

    ހުރިހާކަމެއްވެސް ރައީސުއޮފީޖުން ކުރާގޮތަށް ހަމަ ޖެހުނީމަ ހަރަދު ކުޑަވާނެހެން ހީވަނީ

    27
  4. ހަސަން ނ

    އިންސާފުހޯދައިދެވޭނީ އިންސާފުވެރިޔަކަށް
    މަނިކުފާނު އިށީދެތިއިންނެވި ގޮނޑިއަކީ
    ވެސް އިންސާފުންހޯއްދެވި ގޮނޑިއެއްނޫން

    74
    1
    • ޓ

      ތެދު ވާހަކަ އެއް..

      3
      3
  5. މުގުރާން

    ދިވެހި ރާއްޖޭގެ ދުސްތޫރީ ނިޒާމް ފުނޑާލި ރައީސްގެ ލަގަބު ތިލިބުނީ!!! މަނިކުފާނަކީ ފައްކާ މަރުމޯލެއް.

    27
    1
  6. ޢަބްދުﷲ

    ކޮމިޝަންތަކަށް ޤާނޫނު އަސާސީއާއި ޤާނޫނާއި ޢުރުފާއި ދީނާއި ޚިލާފަށް ދެއްވާނެ އިތުރު ބާރުވެރިކަމެއް މަނިކުފާނު ހޯއްދަވާނީ ޖަންގަލީގެ ޤާނޫނުންތޯ؟ މާތްﷲ އަށް ބިރުވެތިވާށެވެ. މިރާއްޖެއަކީ، އަޅުކަންކުރާ މުސްކުޅިންނާއި ކުށްނުކުރާ ކުޑަކުދިންނާއި، ވީހާޢުމުރުގެ އަންހެނުންވެސް ހިމެނޭ މުސްލިމުންގެ މައްޗަށް މާތްﷲގެ ޙިކުމަތްވަންތަ ކަމުން ކުރިއަރާފައިވާ ބާއްޖަވެރި ރާއްޖެއެކެވެ. މަލާބާރީންނަށްވެސް އަދި އަނދިރިއަނދިރިންނަށްވެސް ނުކުރެވުނުކަމެއް ތިޔަބައި މީހުންނަށްވެސް ނުކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ މިރާއްޖެ އޮންނާނީ، އިސްލާމީ ގައުމެއްގެ ގޮތުގައެވެ.

    18
  7. އިބްރާހިމް

    މަރަށްމަރު ހިފުމުމުގައި މިހާރު ދެއްކޭނެ އެއްވެސް އުޒުރެއްނެތް.

    11
  8. ދިވެހި ދަރިއެއް

    ކޮންޕްލިކްޓް އޮފް އިންޓަރެސްޓް އޮންނާނެ، މިނިވަން މުސްތަޤިއްލު ބަޔަކު ތީގައި ނެތީމައި. އިސްސާފުވެރިއެއް ނުވެވޭނެ، ހިފާނީ ބަދަލު

    15
  9. ހެހެހޭ

    ބަލަން މިތިބީ

    10
  10. އިމަނާ

    ތިމަންގެ ޕާޓީމީހެއްމަނަ ކުށެއްކޮށްފައެއް ނުހުންނާނެ. އެވެރިންގެ މައްސަލަބެލޭނެ ގާނޫނެއް ތިޔަ އުފަންވީ. މިއީ ދެރަކަމެއް. ކުށެއްވާނީ ކުށަކަށް، އެވަރިހަމަ ކޮންމެ މީހަކު ކުރިޔަސް. އިންސާފު ގާއިމު ކުރުމުގެ ނަމުގައި ކުރާކޮންމެކަމެއް ނުވާނެ އިންސާފަކަށް. މިހާރުވެސް މުޖުރިމުންނަށް ދޭ ހަދިޔާ މަދެއްނޫން. ތިޔަ ގާނޫނު ނާއިންސާފުގެ ގާނޫނަކަށް ވުމުގެ ފުރުޞަތުބޮޑު.

    14
  11. ޒާ

    ތި އަނިޔާވެރިޔާ ވެރިކަމަށް އެރީ ޖަލުގައި ތިބި މަސްފަލަ ކުށްވެރިން ދޫކޮށް ޔާމީނު ޖަލަށް ލައި އަނިޔާދޭން. ކަލޭ ޖަލުގައި އޮންނަދުވަސް ދައްކަވާނެކަންވެސް ވިސްނުމުގައި ބަހައްޓާތި ބަރަވެލި ހިރިލާހެން ވެރިކަން ކުރާމީހާ.

    20
  12. ގޫބެ

    މިކަލޭގެ ޖަލަށްލާދުވަހު ޅަވިޔަނި އަތޮޅު ހުރިހާރަށްރަށަށް ކާށިން ޒަކާތް މަދޭނަން.

  13. އަނެއް

    ލިޔަންކިޔަންނޭނގޭ މީހާ މިހާރުވެސް އެއްވެސްބާރެއް ނެތީތަ މުޅިމަޖިލީހުގައި އިބުރެގެދެފައި ލަދުންބޯހަލާކު .

  14. ޟ

    ޢާނ ދެން މިތިބީ ބަލަން ތި މަންޒަރު..އެއްވެސް ބާރެއް އޮތް ރޢީސެއް ހެނެއް ހީއެއް ނުވޭ..އައްނިގެ ބާރު މާގަދަ ހެން ހީވަނީ..