މަޝްހޫރު ވިޔަފާރިވެރިޔާ އެލަން މަސްކްގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސް ގެ ރޮކެޓަކުން 24 ސެޓެލައިޓް އެއްފަހަރާ ފަޒާގެ ތެރެއަށް ފޮނުވާލައިފިއެވެ.

ދުނިޔެ ވަށައިގެން މި ސެޓެލައިޓްތައް މިހާރު ދައުރުވާން ފަށާފައިވާއިރު ފަލްކަން ހެވީ ނަމަކަށް ކިޔާ މި ރޮކެޓް ލޯންޗް ކޮށްފައިވަނީ އެމެރިކާގެ ކެނެޑީ ސްޕޭސް ސެންޓަރުން ރޭގެ ވަގުތެއްގައެވެ.

މި އީ ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް އަކުން މިހާ ގިނަ އަދަދެއްގެ ސެޓެލައިޓް ތަކެއް އޯބިޓަށް އެއް ފަހަރާ ފޮނުވާލި ފުރަތަމަ ފަހަރެވެ. ކުރިން މި ރިކޯޑް އޮތީ އިންޑިއާ އަތުގައެވެ.

ފަލްކަން ހެވީ ރޮކެޓް ބޭނުން ކޮށްގެން ރޭ ލޯންޗް ކޮށްފައިނީ ހުސް ކޮމިއުނިކޭޝަން ސެޓެލައިޓްތަކެވެ.

އެލަން މަސްކްގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސް ގެ ރޮކެޓަކުން 24 ސެޓެލައިޓް އެއްފަހަރާ ފަޒާގެ ތެރެއަށް ފޮނުވާލައިފައިވާއިރު ސްޕޭސް އެކްސް އިން ދަނީ އިންސާނުނާއެކު މާސް އަށް ދާނެ ރޮކެޓެއްވެސް ބިނާކުރަމުންނެވެ.

ތަފާތު ގޮތަށް ހުރި 120 ފޫޓްގެ މި އުޅަދުގެ ނަކަލު ފުރަތަމަ ފަހަރަށް ދައްކާލައިފައިވާއިރު ސްޕޭސްއެކްސް އަކީ ޖައްވަށް މީހުން ފޮނުވުމުގެ މަޝްރޫއު ހިންގާ އެންމެ އުއްމީދީ ކުންފުންޏެވެ.

މި ރޮޖެޓް އާއި ގުޅޭގޮތުން ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީގެ ސީއީއޯ އެލޮން މަސްކް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ހަނދަށް ކުރާ ދަތުރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް ވެސް މި ޒާތުގެ އުޅަދެއް ބޭނުން ކުރާނެ ކަމަށެވެ.

އިލޯން މަސްކްއަކީ ދެކުނު އެފްރިކާއަށް އުފަން ވިޔަފާރިވެރިޔެކެވެ. އޭނާއަކީ މަޝްހޫރު ބައެއް ކުންފުނިތައް ކަމަށްވާ ސްޕޭސް އެކްސް، ދަ ބޯރިންގް ކޮމްޕެނީ އަދި ސޯލާރ ސިޓީގެ އިތުރުން ޓެސްލާ ފަދަ ކުންފުނިތައް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. އޭނާއަކީ ވިޔަފާރީގެ ދުނިޔޭގައި އެންމެ ނުފޫޒުގަދަ އަދި ވިސްނުންތޫނު އެއް ފަރާތްކަމުގައިވެސް ވަނީ ބެލެވިފައެވެ. އިލޯން މަސްކްގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ޕްލެނެޓް މާރސްގައި އިންސާނުންގެ މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަހުލު

    ޖާހިލިއްޔާގެ ކުދިންނަށް ފެނޭތަ ދުނިޔެ ކުރިއަރަމުން ދާތަން. ކޮން ބައެއްކަން އެކަންތައް އެކުރަނީ؟ ކަލޭމެން ބުނާތީ އިސާކު ދަނޑިކޮޅަކުން ދަތްކޮށްޓާލަ ކޮށްޓާލާ އަހަރެމެން ތާއަބަދު މިހެން ޖާހިލުކަންމަތީ ތިބެންވީތަ؟

    2
    10
    • ހޭލާ

      އެމީހުންނަށް އިނގޭނެ ދުނިޔޭގެ ކަންތައްތައް. އެވެސް އެމީހުންގެ ތެރެއިންވެސް މަދު ބަޔަކު. އެކަމަކު އެމީހުންނަކަށް އާޚިރަތުގެ ކަންކަމެއް ނޭންގޭނެ. ރޫމް ސޫރަތުގެ ފެށޭ އާޔަތް ތައް އޭރުގަ ދުނިޔަވީ ގޮތުން އެންމެ ކުރިއަރާފައިވާ ރޫމީންނާއި ބެހޭ ގޮތުން މާތް ﷲ ބާއްވާލައްވާފައިވާ އާޔަތް ބައްލަވާ އެއާއި މެދު ފިކުރު ހިންގަވާ. ކީރިތި ޤުރްއާން އުޅެނީ ޢިލްމީ ގޮތުންނާއި ސައިންސްގެ ގޮތުން މާ ކުރީގައި.

      11
      2
  2. ނެތެމެ

    އަބޫޖަހުލު އެވެ. ގަމާރުކަމާ ޖާހިލުކަން ކަލޭގެ މައިދާގަ ހިފާފަ ވަނީ ކޮކަޑިއާއި ބާރޫޒު ޖަހައިގެން ވެސް ނުފިލާހާވަރަށެވެ. އުނގެނިގެން ހޯދުމަށް ކީރިތިގުރުއާނުގެ ފުރަތަމަ އާޔަތްބާއްވާ ލެއްވުނުކަމާއި އަދި ކަލޭއާއެއްފެންވަރުގެ މީހުން ދެކޮޅަކަށް ކިރިކިރި ބެލެންސްގެއްލި އުޅޭނެކަމާއި އަދި ނިމިދާނީ ރަނގަޅުގޮތްވަކިނުވެކަން ވެސް އެ މާތް ފޮތުގައިވެއެވެ. ހަމަކަށަވަރުން ފިކުރުކުރާމީހުންގެ ތެރެއިން ކަލޭނުވަމެވެ. ކަލެއަށް ތެދުމަގު ލިބުންއެދި އައްރަހްމާނުސޫރަތް ތަފްސީރާއެކު ކިޔެވުމަށާްއި އަދި ﷲގެ އިންޒާރު ތަކާމެދު ބިރުވެތިވާހާލު ތަރައްގީއަށް ފިކުރު ހިންގުމަށް ނަސޭހަތްެރިވަމެވެ. ކީރިތި ރަސޫލާ ބައިތުލް އިއްޒާއަށް ކުރެއްވި ދަތުރުގެ މުރާދު ހޯދާށެވެ. އަބޫޖަހުލަކީ އެޒަމާނުގައިވެސް މި ދަތުރުގެ ހަގީގަތް ހޯދުމަށް އެަކަލޭގެފާނު ފަޟީހަތްކޮށްލުމަތް ނިކުތް ޖައްލާދެވެ.