ޕޯސްޓްގެ ޒަރިއްޔާއިން ތަފާތު ހަތަރު ފަހަރެއްގެ މަތިން ރާއްޖެއެތެރެ ކުރަން އުޅުުނު ޕާޓީ ޑްރަގްސްތަކެއް އަތުލައިގެންފިއެވެ.

ޕާޓީ ޑްރަގްސްގެ އިތުރުން ރާއްޖޭގައި އާއްމު މަަސްތުވާތަކެތީގެ ބާތައް ކަމަށްވާ ކެނަބިސް ވެސް ވަނީ ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައެވެ.

ތުރުކީވިލާތުން ފޮނުވި 37 ގްރާމް ކެނަބިސް 13 ޖޫން ގައި އަތުލައިގެންފައި ވާއިރު ޕާޓީޑްރަގްސްގެ ގޮތުގައި ފާހަގަ ކުރެވޭ އެމްޑީއެމްއޭ (އެކްސްޓެސީ)ގެ 61 ގްރާމް (ކްރިސްޓަލް) ޕެކޭޖަކާއި 32 ގްރާމްގެ ޕެކޭޖެއް އިނގިރޭސިވިލާތުން ފޮނުވުމުން 19 ޖޫންގައި އަތުލައިގެންފައިވެއެވެ. އަދި ހަމަ އެދުވަހު ސްރީލަންކަ އޮން ފޮނުވި އެމްޑީއެމްއޭ (އެކްޓެސީ) ގެ 02 ގްރާމް (ފަސް ގުޅަ) އަތުލައިގެންފައިވެއެވެ.

މި ތަކެތީގެ ބަރުދަނުގައި ޖުމުލަ 132 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެެއްޗާއެކު މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އެކި ފަހަރުމަތިން ކަސްޓަމްސް އިން އަތުލައިގެންފައި ވެއެވެ.

ފާއިތުވި ދެތިން އަހަރު ޕާޓީ ޑްރަގްސް ރާއްޖެ އިން އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ. ޕާޓީ ޑްރަގްސް ބޭނުން ކޮށްގެން ބައެއް މީހުން މަރުވި މައްސަލަތައް ވެސް ފަހަކަށް އައިސް ފެންމަތިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޓޯ

    ތިފޮނުވި މީހަކުވެސް ގެނައި މީހަކުވެސް ނެތްދޯ ؟؟؟

    12
    1
  2. ޕާޓީ19

    ތިވާނީ އެޖެންޑާ 19 ޕްރެޒިޑެންޓް އަށް ފޮނުވި ޕެޒެންޓަކަށް އަވަހަށް ހަވާލުކުރޭ
    ކުއްލި މައްސަލައެއް ހުށަނާޅަނީސް
    އެހެންނޫނީ ކޮމެޓީ އިއްތިފާގުން ނިންމާނެ ވަޒީފާއިން ވަކިކުރަން

    11
    3