މަސްތުވާތަކެއްޗާއިއެކު ޕާޓީ ކުރަމުން ދިޔަ އަންހެނުންތަކަކާއި ފިރިހެނުންތަކެއް ހައްޔަރުކޮށްފިއެވެ.

ނަމަވެސް ޕާޓީ ކުރަމުން ދިޔަ ބަޔަކު ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން ސާފު ޖަވާބެއް ނުދެއެވެ.

ފުލުހުން ވިދާޅުވީ އާއްމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭ ހުޅުމާލެ އަދި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ފިރިހެނަކާއި އަށް އަންހެނަކު ވަނީ މަސްތުވާތަކެތި ބޭނުންކޮށް، މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައި ކަމަށެވެ.

އެމީހުންގެ ބަންދާއިމެދު ނިންމި ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ޕާޓީ ޑްރަގްސް ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕާޓީ ޑްރަގްސް ބޭނުންކުރުމުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ޒުވާނުން މަރުވުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ.

ރާއްޖެ އަށް އެތެރެކުރަނިކޮށް ޕާޓީ ޑްރަގްސް އަތުލައިގަންނަ މިންވަރު ވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވިޖާޒު

    މިރޭދޫކޮއްލާނެ

    42
    1
  2. Anonymous

    "ދުނިޔެ ނަފުރަތުކޮށްފިއޭ ތަންތަން ބަލައި ހޯދައި އުޅުން
    ސަބަބަކީ މީހުން ކުރާ ހަޑި ޢަމަލު ބެލުމަށް ނުކުޅެދުން"
    އަޅުގަނޑު ހިތާމަ. ޤައުމުގެ ހިތާމަ. ހިތާމައިގެ ކޮޅެއް ވެސް ނެތް. ހަމަ ގައިމު މިކަންތަކުގައި މަސްޢޫލުވާން ޖެހޭނޭ ފަރާތްތަކެއް ވާނެ. އަދި އެފަރާތްތަކާއި ސުވާލުކުރެވޭނެ. އެދުވަސް އެބަ އާދޭ. މިތާ ދުނިޔޭގައި ވަގުވަގުން ވާތްފަރާތުން ވެރިޔާ ކައިރިއަށް ގޮސް ނިންމާލާހެން އެދުވަހުން ފިލައިގެންނެއް ނުދެވޭނެ.

    46
    1
  3. މައޮ

    ދޫކޮއްލާނެ ، ތިތާގައި ސިޔާސީ ވެރިންގެ ދަރިންވެސް ހިމެނޭނެ ،

    38
    1
  4. ކައިލީ ޖެނާ

    ތިޔާތާ އުޅެނީ އުމްރާ އަދާކުރި ބަޔެއް

    22
    1
  5. ޅާމް

    ތީ.ހުސް ފޭކު. ޙައްޔަރު ކުރީ ކޮންތަނަކުންކަން ނުޖަހަނީ އެހެންވެ. މުޅި މާލޭގައ އެތިބީ މަސާޖުޕާލާ އެތަންތަނުގައި ތައިލޭންޑު އަންހެނުން ލައިގެން ގަންނަގަނޑު ލޮލަކަށް ނުފެނޭ ކަންފަތަކަށްނީވޭ އެ ވާހަކައެއް ނުދެއްކޭ ބަޔަކު ކޮން ޕާޓީއެއްގެ ވާހަކަތަކެއްތަ ދައްކަނީ.

    35
    2
  6. މޯޑް ޝާނީ

    އަނެއްކާ ޓިކްޓޮކް ތަރި ރޫމީ ނޫންބާ؟ ނޫޒޫ ނުހިމެނޭބާ

    21
    1
  7. ޢަލީ

    ޑުރަގު ވިއްކާ މީހުން އެމީހުންގެ މަސައްކަތުގައި ބަރާބަރަށް މިނިވަންކޮއް އުޅޭ ގައުމެއްގައި އެކަން އޮންނާނީ އެހެން ނޫންތޯ.

    10
  8. ޝާމް

    ޑުރަގު ވިއްކާ މީހުންނާއި އެމީހުންގެ އެޖެންޓުން ދަންނަންޖެހޭ ހަގީގަތަކީ ރާއްޖެއަކީ ކުޑަ ގައުމެއްކަމާއި އަދި މިތަން ހަލާކުވެދިޔާމަ އެމީހުންނަށްވެސް އެކަމުގެ ގެއްލުން ބޮޑުވާނެކަމެވެ. އަދި މަހުޝަރަތް ދުވަހު މާތް ރަސްކަލާނގެ ހަޒްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން އެންމެން ހަނދުމަ ކުރަންޖެހެއެވެ.

  9. Anonymous

    ޖަޒީރާ ރާއްޖެ! އެޖެންޑާ އެފެންޑާ 19 ވަރަށް ސަޅި ވާނެ! އަނެއްދިވެހިރާއްޖެ މި އަދު ފެނޭނުންތޯ!

    10
  10. ޜަނާ

    ޢިތުރު މައުުލޫމާތެއް ނުދޭނެތާ ރޯޔަލް ފެމިލީގެ މެމްބަރުން ތިބެދާނެތާ

  11. ަިަައިބޫ

    މިހާރުވެސް ދޫ ވެއްޖެ....ނެއިތް ހެއްކެއް

  12. ހެހެ

    ތިމީހުން ބިރަކާއި ނުލަ މަޖާ ކުރަނީ ސަލާމަތް ވާނެ ކަން ރަނގަޅައް އެނގި ހުރެ. މި ގައުމުގެ އެއްވެސް ކޯޓަކުން ތިމީހުން ނަކަށް އެއްވެެއް ކަމެއް ނުކުރާނެ.. ގައުމު މި އޮތީ އޯވާ ހޯލު ކުރަން ޖެހިފައި. ފަޝަންޖެހެނީ ރައީސް މީހާ ހަމައިން..