މިހާރު ބޭނުންކުރަމުން އަންނަ 2 ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެމްއެމްއޭ އިން ބުނީ ދެ ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވަނީ ދެ ރުފިޔާގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމާއި ގުޅިގެންކަމަށެވެ.

އެގޮތުން 2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން 25 ޖޫންގައި ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަލަށް ނެރުނު ދެ ރުފިޔާގެ ފައިސާފޮތި ވިޔަފާރީގައި ބޭނުން ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

މި ފައިސާ ފޮތީގެ ބޭރުގައި ބޭނުންކޮށްފައި ވަނީ ނިކަލް ބްރާސްގެ މައުދަން ކަމަށްވާ އިރު އެތެރޭގައި ބޭނުންކޮށްފައި ވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ.

މި ފައިސާ ފޮތި ކުރީގެ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވުރެ ލުއި ވާނެއެވެ. އެގޮތުން މި ފައިސާ ފޮތީގެ ބަރުދަނުގައި 6.20 ގްރާމް ހުންނާނެއެވެ. އަދި ފައިސާ ފޮތީގެ ވަށައިގެން 25.50 މިލިމީޓަރު ހުރެއެވެ.