އައްޑޫގައި ތަރައްޤީ ކުރަމުންދާ ހޮސްޕިޓަލް އިމާރާތުގެ (ކުރީގެ ކޮންވެންޝަން ސެންޓަރ) ފުރާޅުގެ ޓިނު ބަދަލުކޮށް އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އެދިލެއްވުމުގެ މަތިން، ސ. ހިތަދޫގައި ޤާއިމްކުރާ ހޮސްޕިޓަލް އިމާރާތުގެ (ކުރީގެ ކޮންވެންޝަން ސެންޓަރ) ފުރާޅުގެ ޓިނު ބަދަލުކޮށް އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކޮންވެންޝަން ސެންޓަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިހާރު ވަނީ ހުޅުވަން ތައްޔާރު ވެފައެވެ.

ފުރާޅުގެ ޓިނު ބަދަލުކޮށް އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި40,000.00 ރުފިޔާ (ސާޅީސްހާސް ރުފިޔާ) ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 30 ޖުލައި 2019 ވާ އަންގާރަ ދުވަހުއެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ހުރިހާ ބޮޑެތި މަސައްކަތެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމިފައެވެ. ޔާމީންގެ ސަރުކާރުން ވަނީ އެހޮސްޕިޓަލަށް ބޭނުންވާ ސާމާނު ގަންނަން ފައިސާ ދައްކާ ތަކެއްޗަށް އޯޑަރު ވެސް ދީފައެވެ.

ޔާމީންގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. ޔާމީންގެ ސަރުކާރުން ރާވާފައި އޮތީ މިއަހަރުގެ ކުރީކޮޅު ހޮސްޕިޓަލް ހުޅުވާށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން ހޮސްޕިޓަލް ނުހުޅުވި ވަނީ ލަސްވެފައެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހަދަނީ ޖުމްލަ 161.8 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަރާޙް

    މިޔަށް ކިޔަނީ ދަނޑިބޭނުން!

    21
    1
  2. ސަންތިމަރިޔަބު

    އެއީ ޒީރޯޓޮލަރަންސް ގެ ދަށުން ހިންގާޕުރޮޖެކްޓެއްތޯ؟ ހަމަހިނި އަންނަނީ

    20
    1
  3. ފޫޅުދިގު

    ޢެޖެންޑާ ނަވާރައިގެ ކުށުވެރި ކަމަކާ ވައްތަރީ

    17
    2
  4. އައްޑޫސިޓީ

    ތަޅުންގަނޑުވެސް ބަދަލުކުރަން ފެނޭ. ކޮންމެބަޔަކުވެސް ވެރިކަމަށްއަރާ ކުރީގަވެރިކަންކުރި ސަރުކާރުން ކަންކަންކުރީ ގޯސްކޮށްކަން ރައްޔެތުމީހާއައް ވިސްނާދިނުމަށް މިކަހަލަކަންތައް ކުރީމަ މީގެހުރިހާގެއްލުމެއް މިވަނީދިވެހިރައްޔަތުމީހާ އައްކަން މިމީހުނަށް ނޭންގެނީބާ!

    21
    1
  5. ޢަބްދުއްލަޠީފު

    ޓިނުބަދަލު ކުރަން އަންނަ ބައިގަނޑުގެ ފައި ބިންދާލާނަން. އައްޑުއަށް ނާރާތި. ކިހާބޮޑުބަލާވެރިކަމެއްތަ. އެއްބަޔަކު ބޮޑު ބާޣީއެއް ޙިމާޔަތް ކުރުމުގަ އަވަދި ނެތި. ބުނަން. ރުޅިމަޑުކޮށްގެން އަބަދަކު މިހެން ނުތިބެވޭނެކަން ދަންނާތި. ހޭއަރުވާލާނަން ހޮސްޕިޓަލަށް ކިތަންމެ ކުޑަ ގެއްލުމެއްދިނަސް.

    12
    1
  6. ބޮލި މުލައް

    އާނ މިސަރުކާރުން ކުރިކަމެކޭ ކިޔާފަ ކޮންމެސް ކަމެއް ދައްކަންވާނެ

    9
    1
  7. ބުރޯ

    މިއުޅެނީ ބަޔަކަށް އިންތިހާބީ ފައިސާ ހަވާލުކުރުމަށް ކުރެވޭ ކަންކަން މިއީ 2008 ގަ ވަެސް މިފަދަ ކިތަންމެ ކަމެއްކުރި ފައިސާ އިން ވައްކަން ކުރަން މިވެރިނަ ކުރާކަންކަނމަކީ މިއީ . 2008 ގަ ބިއްލޫރި ޖެހިގެއަށް މާލޭ ސިޓީކައުންސިލަ ބަދަލު ކުރަން ވެސް 3 މިލިއނ ރުފިޔާ ހަދރަދުކުރި މާލޭގަ 100 ފެންފޯއްރުއް އިނަދަން 3،600،000 ހަރަދުކުރި މިހެންގޮސް ކިޔާނެ ކަމެްނެތް ޑިޒަސް މެނޭޖްމަންޓް އިން ގެއްލުނު 60 މިލިއަން އެއީ ކަންނެލި ދީނީގެ ދަތުރު ދޯންޏަށް ދިންފައިސާއޭވެސް ކިޔާ.

    10
    1
  8. އަހްމަދު

    މިޕްރޮޖެކްޓަށް ބޭނުންވާ ހުރިހާކަމެއްހުރީ ކުރީސަރުކާރުން ނިންމާފާ. މަސައްކަތްއެކަނި ނިންމަން ޖެހެނީ. އެހެންކަމުން މިތަނުން އެއްވެސް ކަޓެއް ނެގެންނެތީމާ ކަޓެއްދަމާގަންނާނެ ގޮތެއްހެދީ.

    2
    1